ތިރީގައިވާ މަޢުލޫމާތު ހޯދައި، ދަސްކުރޭ! ނޭގޭނަމަ ޓީޗަރާއި ސުވާލުކޮށް އޮޅުންފިލުވާށެވެ!
ދަސްކުރަންޖެހޭ ބައިތައް:
§ ކޮންމެ ފިލާވަޅެއްގެ ތަޢުރީފް.
§ އެކި ކަންކަމުގެ ޙުކުމްތައް (ފަރުޟު، ވާޖިބު، ސުންނަތް، މުސްތަޙައްބު، މަކްރޫހް، ޙަރާމް، ޖާއިޒު، ހުއްދަ، ވާޖިބުވުމުގެ ޝަރުޠުތައް، ޞައްޙަވުމުގެ ޝަރުޠުތައް)
§ އާޔަތްތަކާއި ޙަދީޘްތައް މާނަޔާއެކު. (ދޭހަވާ މާނަޔާއެކު)
§ އެއިއެކި އަޅުކަންތައް އަދާކުރާ ގޮތް (ތަރުތީބުން).
§ މުހިންމު މީސްމީހުންގެ ނަންތައް.
§ މުހިންމު ތާރީޚްތަކާއި ދުވަސްތައް.
§ މުހިންމު ތަންތަން
§ އެކު ދުވަސްވަރު ހިނގާފައިވާ މުހިންމު ޙާދިޘާތަކާއި ކަންތައްތައް.
§ ތަޖުވީދުގެ ޤަވާޢިދުތައް.
§ ބަސްބަހުގެ މާނަ.
1. ތިރީގައިވާ ކަލިމަތަކުގެ ތެރެއިން "ރާ" ލުއިކޮށް ކިޔަންޖެހޭ ކަލިމަތަކުގައި (ލ)، އަދި "ރާ" ބަރުކޮށް ކިޔަންޖެހޭ ކަލިމަތަކުގައި (ބ) ލިޔެ، ފާހަގަކުރާށެވެ.
ü فَسَبِّحْ بِحَمْدِ رَبِّكَ ( )
|
ü مِرْصَادًا ( )
|
ü فَاصْبِرْ لِحُكْمِ ( )
|
ü فَكَانَ كُلُّ فِرْقٍ كَالطَّوْدِ ( )
|
ü إِنِ ارْتَبْتُمْ ( )
|
ü قِيلَ ارْجِعُوا ( )
|
ü إِلَّا مَنِ ارْتَضَىٰ ( )
|
ü يَوْمَئِذٍ يَصْدُرُ النَّاسُ ( )
|
2. ސޫރަތުލް ޢަޞްރު އަދި ސޫރަތުލް ހުމަޒާ މާނަޔާއެކު ލިޔެ ދަސްކުރޭ!
3. ޖަލާލަތުގެ ލަފްޡު ބަރުކޮށް ކިޔަންޖެހޭ ހަމައާއި ލުއިކޮށް ކިޔަންޖެހޭ ހަމަ ބުނެދީ!
4. ރާ ބަރުކޮށް ކިޔާ 5 ހަމައެއް ލިޔޭ!
5. ރާ ލުއިކޮށް ކިޔޭ 3 ޤަވާޢިދެއް ލިޔޭ!
6. ތިރީގައިވާ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނަ، އަދި އެ އާޔަތްތަކުން ދޭހަވާ މާނަ ދަސްކުރޭ!
7. ﷲ ގެ އެއްކައުވަންތަކަމާއި، ކުޅަދުންވަންތަކަމާއި، ދެނެވޮޑިގެންވުމާއި، އައްސަވާ ވޮޑިގެންވުމާއި، ބައްލަވާވޮޑިގެންވުމާއި މި ސިފަފުޅުތަކުގެ މާނަ ދަސްކުރޭ!
8. މަތީގައިވާ ސިފަފުޅުތައް ﷲ އަށް ލިބިވޮޑިގެންވާކަން ބުއްދީގެ ހެކިތަކުންނާއި ޤުރުއާނުގެ ހެކިތަކުން ސާބިތުކޮށްދޭށެވެ.
9. ޒަކާތްނެރުމަކީ ކޮބައިކަމާއި، ޒަކާތުގެ ނިޞާބު ހަމަވެއްޖެނަމަ މުދަލުގެ ވެރިޔާގެ މައްޗަށް ވާޖިބުވާނީ ކޮން ކަމެއްކަން ބަޔާންކުރޭ!
10. ނިޞާބަކީ ކޮބާ؟
11. ޒަކާތުގެ ޙައްޤުވެރިންނަކީ ކޮބައިކަން ޤުރުއާނުން ދަލީލާއެކު ބަޔާންކުރޭ!
12. ރޯދަ ގެއްލޭ ކަންތައް ލިސްޓްކުރޭ (ތިން ބައި ވަކިވަކިން)
13. ރަމަޟާންމަހުގައި ރޯދަ ދޫކޮށްލުން ހުއްދަވާ ޢުޒުރުތަކަކީ ކޮބައިކަން ބުނެދޭށެވެ.
14. ޙައްޖާއި ޢުމުރާއަށް އިޙްރާމްބަނުމާ ގުޅިގެން (ވަކި ވަގުތަކާ ޖެހެންދެން) ޙަރާމްވާ ކަންތައްތަކަކީ ކޮބާ؟
15. ތަލްބިޔާއަކީ ކޮބާ؟ ޙައްޖަށް އިޙްރާމްބަނދެ ގުނަގިނައިން ތަލްބިޔާ ކިޔުމުގެ ޙުކުމަކީ ކޮބާ؟
16. ޙައްޖަށް ނުވަތަ ޢުމުރާއަށް އިޙްރާމްބަނުމަކީ ކޮބާ؟
17. ޠަވާފުކުރާ ގޮތާއި، ސަޢުޔުކުރާ ގޮތް ވަކިވަކިން ބަޔާންކުރޭ!
18. ތިރީގައިވާ ޓޭބަލުގައި ޙައްޖާއި ޢުމުރާގެ ރުކުންތަކާއި، ވާޖިބުތަކާއި، ބައެއް ސުންނަތްތައް ފާހަގަކުރާށެވެ.
ޙައްޖާއި ޢުމުރާގައި ކުރާ ބައެއް ކަންތައްތައް
|
ޙައްޖުގެ ރުކުނެއް
|
ޢުމުރާގެ ރުކުނެއް
|
ޙައްޖުގެ ވާޖިބެއް
|
ޢުމުރާގެ ވާޖިބެއް
|
ޙައްޖުގެ ސުންނަތެއް
|
އިޙްރާމްބަނުން (ޙައްޖަށް ނުވަތަ ޢުމުރާއަށް ނިޔަތްގަތުން)
| |||||
މީޤާތު ފަހަނަޅާ ދިޔުމުގެ ކުރިން އިޙްރާމްބަނުން.
| |||||
ތަލްބިޔާކިޔުން.
| |||||
ޢަރަފާތުގައި ހުރުން.
| |||||
މުޒުދަލިފާގައި ރޭކުރުން.
| |||||
އަލްމަޝްޢަރުލްޙަރާމްގައި ހިނދުކޮޅަކަށް މަޑުކޮށް، ހެޔޮ ދުޢާކުރުން.
| |||||
ޖަމްރަތުލް ޢަޤަބާއަށް 7 ހިލަކޮޅު އުނކުން.
| |||||
ހަދްޔުކަތިލުން.
| |||||
ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުން.
| |||||
ޠަވާފުލް އިފާޟާކުރުން.
| |||||
ސަޢުޔުކުރުން.
| |||||
އައްޔާމުއް ތަޝްރީއުގެ 3 ރޭ މިނާގައި ރޭކުރުން.
| |||||
އައްޔާމުއް ތަޝްރީއުގެ 3 ދުވަހު 3 ޖަމްރާއަށް ހިލައުކުން.
| |||||
ޠަވާފުލް ވަދާޢުކުރުން (ފުރަންވުމުން)
|
19. ކުއްޔަށް ދިނުމާއި ޢާރިޔާއަށް ދިނުމާއި ހިބައިން ދިނުމާއި ހުރި ތަފާތު ބަޔާންކުރޭ!
20. ޢާރިޔާ ނުވަތަ އިސްތިޢާރާއާއި ކުލީގެ މުޢާމަލާތް އިސްލާމްދީނުގައި ހުއްދަކުރެއްވުމުގެ ޙިކުމަތް ބުނެދޭށެވެ.
21. ހިބަ، ކުލި، ޢާރިޔާ މިއިން ކޮންމެ މުޢާމަލާތެއްވެ ތަޢުރީފް (ތަޢާރަފް) ވަކިވަކިން ބަޔާންކުރޭ!
22. ކުއްޔަށް މަސައްކަތްކުރުމާއި، މަސައްކަތް ކުރުވުމުގައި ބަލަންޖެހޭ ކަންތައްތަކަކީ ކޮބާ؟
23. އާރިޔާގެ ގޮތުގައި އަދި ކުލީގެ ގޮތުގައި ދެވިދާނެ ތަކެކެއްޗާއި ނުދެވޭނެ ތަކެތީގެ 4 މިސާލު (ސަބަބާއެކު)
24. އަބޫބަކުރުގެފާނުގެ ގޮވާލެއްވުމަށް އިސްލާމް ދީން ޤަބޫލުކުރެއްވި، ޞަޙާބީންގެ ނަން.
25. ޢުމަރުގެފާނާއި، ޢަލީގެފާނު ޝަހީދުކޮށްލި މީހުންގެ ނަން.
26. ޢުމަރުގެފާނުގެ ހިތްވަރުފުޅު ގަދަކަމާއި ޖެހިލުންކުޑަކަން ހާމަވާ ޙާދިސާތައް.
27. ތިރީގައިވާ މަޢުލޫމާތު ދަސްކުރޭ!
§ ޚުލަފާއުއް ރާޝިދޫންގެ ހަތަރު ޚަލީފާއިންގެ:
· ފުރިހަމަ ނަންފުޅު.
· މަންމާފުޅާއި ބައްޕާފުޅުގެ ނަންފުޅު.
· ލަޤަބު. (އެ ލަޤަބު ލިބިވަޑައިގަތް ގޮތާއެކު)
· ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަހަރު.
· ދުނިޔެ ދޫކުރެއްވި އަހަރު ނުވަތަ ތާރީޚް.
· ޚަލީފާކަން ލިބިވަޑައިގެންނެވި ގޮތާއި ތާރިޚް.
· ޚާއްޞަ ސިފަތައް.
· އިސްލާމް ދިނަށްޓަކައި ކުރެއްވި ޚިދުމަތްތައް (ރަސޫލާގެ ޙަޔާތްޕުޅުގައާއި ޚަލީފާކަމުގެ ދުވަސްވަރު)
އިސްލާމްދީނުގައި ހުއްދަ އަދި ބޭނުންކުރުމުން އޭގެ އަޞްލަށް ބަދަލުނާންނަ ކޮންމެ އެއްޗެއް ނުވަތަ ތަނެއް ދެވޭނެ.
|
އިސްލާމްދީނުގައި ޙަރާމް އެއްޗެއް ނުވަތަ ޙަރާމްކަމެއް ކުރުމަށް ކުރުމަށް ހުއްދަ އެއްޗެއް ވެސް ނުދެވޭނެ.
|
ބޭނުންކުރުމުން އޭގެ އަޞްލު ސަލާމަތުން ނޯންނަ އެއްޗެއް ވެސް ނުދެވޭނެ.
|
ގެއެއް، ޚަތިމެއް، ހަރުގަނޑު، ޓީވީ،
ކޮޓަރި، ބުރުމާ، ކާރު، ގަމީސް،
ގޮވާން ހައްދުމަށް ބިމެއް،
ފަޓުލޫނެއް.
|
ރާވިއްކުމަށް ފިހާރައެއް،
|
ރިހާކުރު، ހަނޑޫ،
ސައިބޯނި، ބަރަބޯ، ފަޓްލޫނެއް ފެހުމަށް ފޮތިގަނޑެއް،
|
28. ވަކި ޤައުމަކަށް ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވީތީ އެއް ބަޔަކު އަނެއް ބަޔަކާ ތަފާތުކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ހެއްޔެވެ؟
29. މީސްތަކުނެގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަ ބަޔަކީ ކޮބައިކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ލިޔޭ!
30. ބުއްދިވެރިޔަކީ ތިމާގެ ހަވާނަފްސުގެ އެދުންތަކުގެ އެދުންތަކަށް ތަބާވެ، ﷲ ގެ ޙަޟުރަތުން ހެޔޮކަމަށް އުންމީދުކުރާ މީހާއެވެ.
31. ﷲ ގެ ނިޢުމަތަށް ޝުކުރުވެރިވުމަކީ ކޮބާ؟
32. ސާފުތާހިރުކަމަށް އިސްލާމް ދީނުގައި ދެއްވާފައިވާ އަހައްމިއްޔަތު ހާމަވާ ކަންތައްތައް ލިޔޭ!
33. އިސްލާމްދީނުގައި (ނުވަތަ ﷲ ގެ ޙަޟުރަތުގައި) އެއްބަޔަކަށް ވުރެ އަނެއްބަޔަކު މަތިވެރިވާ މިންގަނޑަކީ ކޮބާ؟
34. ކީރިތި ޤުރުއާނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
35. ޙާލުގައިޖެހިފައިވާ މީހުންގެ ބައެއް މިސާލު
36. މުސްލިމުން ހީވާގިވެ، މުރާލިވުމަށް ބާރުލިބޭ އެންމެ ޚާއްޞަ އަޅުކަމަކީ ކޮބައިކަން ސަބަބާއެކު ބަޔާންކުރޭ!
No comments:
Post a Comment