Tuesday, October 30, 2012

ސުވާލާއި ޖަވާބު ގ7

1.   ޢަޤީދާއާއި، އިސްލާމީ ޢަޤީދާގެ ތަފާތު ބަޔާންކުރޭ!   ޖ: ޢަޤިދާއަކީ ހިތުގައި ޝައްކުކަމެއް ނެތި ކަމެއް ޤަބޫލުކުރުމެވެ. ނުވަތަ އެފަދައިން ޤަބޫލުކުރާ ކަންތައްތަކެވެ. ނަމަވެސް އިސްލާމީ ޢަޤީދާއަކީ ދީނީ ގޮތުން ތިމާ ޤަބޫލުކުރަންޖެހޭ ކަންތައްތައް ޝައްކުކަމެއް ނެތި ކަމެއް ޤަބޫލުކުރުމެވެ. ނުވަތަ އީމާންކަމުގެ ރުކުންތައް ޝައްކުކަމެއް ނެތި ކަމެއް ޤަބޫލުކުރުމެވެ.

2.   އީމާންކަމަކީ ކޮބާ؟ ޖ: ހިތުގައި ޝައްކުކަމެއް ނެތި އީމާންކަމުގެ ރުކުންތައް ތެދުކޮށް ޤަބޫލުކުރުމެވެ. މިގޮތުން މީހެއްގެ އީމާންކަން ހާމަވެ އެނގިގެން ދާނީ އެމީހެއްގެ ބަހާއި ޢަމަލުންނެވެ.

3.   އީމާންކަމޭ ބުނުމުން ދޭހަވާ މާނައަކީ ކޮބާ؟           ޖ: އީމާންކަމޭ ބުނުމުން ދޭހަވަނީ، އީމާންކަމުގެ ރުކުންތައް ހިތުން ތެދުކޮށް ޤަބޫލުކުރުމުގެ މާނައެވެ.
4.   ފުރިހަމަ އީމާންކަމެއްގައި ހިމެނޭނެ މައިގަނޑު ތިން ބަޔަކީ ކޮބާ؟ ޖ: ހިތުން ތެދުކޮށް ޤަބޫލުކުރުމާއި، އޭނާ ޤަބޫލުކުރާ ކަންތަކަށް އިޤްރާރުވުމާއި، ޤަބޫލުކޮށް އިޤްރާރުވާ ކަންތަކުގެ ތެދުކަން ސާބިތުކޮށްދިނުމަށް އެއާ އެއްގޮތަށް ޢަމަލުކުރުމެވެ.



5.   ﷲ އަށް އީމާންވުމަކީ ކޮބާ؟ ޖ: ހުރިހާ އެއްޗަކާއި ކަމަކަށް ވުރެން ﷲ އަށް ލޯބިވުމާއި، ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤުވެވޭ އިލާހަކު ނުވާކަމާއި، ޙައްޤުވެގެން އަޅުކަންކުރެވޭ ހަމައެކަނި އިލާހަކީ ﷲ ކަމާއި، ކާއިނާތުގައިވާ ހުރިހާ އެއްޗެއް (ނެތުމުގެ ތެރެއިން) އުފައްދަވާ އެތަކެއްޗާއި ތަންތަން ބަލަހައްޓަވާ، ހިންގަވާ ފަރާތަކީ ﷲ ކަން ޤަބޫލުކުކުރުމާއި، ﷲ ގެ އެންމެހާ ނަންފުޅުތަކާއި ސިފަފުޅުތައް އެއްވެސް ޝައްކެއްނެތި ހިތުން ތެދުކޮށް ޤަބޫލުކުމެވެ.


6.   ﷲ އަށް އީމާންވާ މީހާ އެއްވެސް ޝައްކުކަމެއް ނެތި ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ މައިގަނޑު ތިން ދާއިރާއަކީ ކޮބާ؟    ޖ: 1. ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤުވެވޭ އިލާހަކު ނުވާކަމާއި، ޙައްޤުވެގެން އަޅުކަންކުރެވޭ ހަމައެކަނި އިލާހަކީ ﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރުން. 2. ކާއިނާތުގައިވާ ހުރިހާ އެއްޗެއް (ނެތުމުގެ ތެރެއިން) އުފައްދަވާ އެތަކެއްޗާއި ތަންތަން ބަލަހައްޓަވާ، ހިންގަވާ ފަރާތަކީ ﷲ ކަން ޤަބޫލުކުކުރުން. 3. (ޤުރުއާނާއި ސުންނަތުން ސާބިތުވާ) ﷲ ގެ އެންމެހާ ނަންފުޅުތަކާއި ސިފަފުޅުތައް އެއްވެސް ޝައްކެއްނެތި ހިތުން ތެދުކޮށް ޤަބޫލުކުމެވެ.

7.   ހުރިހާ އެއްޗަކާއި ފަރާތްތަކަކަށް ވުރެން ބޮޑަށް ﷲ އަށް ލޯބިވާނީ ކިހިނެއް؟ ޖ: 1. ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުން. 2. ތިމާކުރާ ކޮންމެ ކަމެއް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރުން. 3. ތިމާ ކިތައްމެ ކުރާ ހިތްވާ ކަމަކަށް ވިޔަސް ﷲ ނަހީކުރައްވަފައިވާ ކަމެއްނަމަ އެކަމެއް ނުކޮށް ދުރުހެލިވުން. 4. ﷲ އަށް ފުރިހަމައަށް (ބޯލަމބައި) ކިޔަމަންވުން.
8.   ﷲ އަށް އީމާންވުމުގެ ހެކިތައް ލިބޭ ދެ މަގަކީ (ދެ ގޮތަކީ) ކޮބާ؟ ޖ: ބުއްދީގެ ހެކިތަކުންނާއި، ދީނުގެ ހެކިތަކުން. (ދީނުގެ ހެކިތަކަކީ: ޤުރުއާނާއި، ސުންނަތް)

9.   ޢިލްމު ލިބިގަނެވޭ މައިގަނޑު ދެ ގޮތަކީ ކޮބާ؟ ޖ: 1. ﷲ ބާވައިލެއްވި ފޮތްތަކުން. 2. ކާއިނާތުގައި ﷲ ލައްވާފައިވާ ތަކެއްޗާއި، މި ކާއިނާތުގައި ހިނގަމުންދާ ކަންތައްތަކާ މެދު ވިސްނާ ފިކުރުކުރުމުން.

10.         . ކާއިނާތުގައި ﷲ ލައްވާފައިވާ ތަކެއްޗާއި، ތިމާގެ އަމިއްލަ ހަށިގަނޑާއި، ކާއިނާތުގައި ހިނގަމުންދާ ކަންތައްތަކާމެދު ވިސްނާ ފިކުރުކުރުމުން އެތަކެއްޗާއި ތަންތަން ހައްދަވާ ހިންގަވަމުންގެންދަވާ ކުޅަދުންވަންތަ ބާރުހުރި އިލަހަކު ވޮޑިގެންވާކަން ޤަބޫލުނުކުރެވޭނީ ކޮން ބަޔަކަށް؟ ޖ: އެއީ އެމީހެއްގެ ހުތުގައި އަމިއްލަ އެދުމާއި ބޮޑާކަން ވާ މީހުންނަށެވެ.

11.         ﷲ ގެ ސިފަފުޅުތައް އަހަރެމެންނަށް އެނގެނީ ކޮން ގޮތަކުން؟ ޖ: ޤުރުއާނާއި ރަސޫލާގެ ސުންނަތުންނެވެ.


12.         ﷲ ގެ ހުރިހާ ސިފަފުޅުތައް އަހަރެމެންނަށް އެނގޭހެއްޔެވެ؟ (ސަބަބާއެކު ބަޔާންކުރޭ!) ޖ: ނޭގެއެވެ. ސަބަބަކީ، ﷲ ގެ ހުރިހާ ސިފަފުޅުތަކެއް އެކަލާނގެ އަންގަވާފައި ނުވާތީއެވެ.

13.         ﷲ ގެ އެއްވެސް ސިފަފުޅަކާ، މަޚްލޫޤުންގެ އެއްވެސް ސިފަޔަކާއި އެއްގޮތްހެއްޔެވެ؟ (ސަބަބު ބަޔާންކުރޭ!) ޖ: އެއްގޮތް ވެގެން ނުވެއެވެ. ސަބަބަކީ ﷲ އަށް ލިބިވޮޑިގެންވަނީ މުޅިންވެސް ފުރިހަމަ ސިފަފުޅުތަކެކެވެ. މަޚްލޫޤުންނަށް ލިބިގެންވާ ކޮންމެ ސިފަޔަކީ ވެސް އުނި ސިފައެކެވެ.


14.         ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން 7 ސިފަފުޅެއް ލިޔޭ!     ޖ: ވޮޑިގެންވުން، ދިރިދެމިވޮޑިގެންވުން، ކުޅަދުންވަތަކަން، އެއްކައުވަންތަކަން، އައްސަވާވޮޑިގެންވުން، ބައްލަވާވޮޑިގެންވުން، ދެނެވޮޑިގެންވުން.
15.         އައްޝޫރާ ސޫރަތުގެ 11 ވަނަ އާޔަތުން ދޭހަވާ ﷲ ގެ ސިފަފުޅުތަކަކީ ކޮބާ؟   ޖ: މަޚްލޫޤުންނާ ތަފާތުވެވޮޑިގެންވުން (މަޚްލޫޤަކާ އެއްފަދަވެގެންނުވުން)، އައްސަވާވޮޑިގެންވުން، ބައްލަވާވޮޑިގެންވުން.


16.         ﷲ ގެ ސިފަފުޅުތައް ދެނެގަތުމުގެ ތިން ބޭނުމެއް ލިޔޭ!       ޖ: 1. އަހަރެމެން ހައްދަވާ ބޮޑުކުރެއްވި ޚާލިޤަކީ ކޮބައިކަން ދެނެގަތުން، 2. ﷲ އަށް ޝުކުރު ދެންނެވުމާއި ކަންކަމަށް އެދި ދުޢާކުރުމުގައި އެ ސިފަފުޅުތައް ބޭނުންކުރުން، 3. ހެޔޮ ޢަމަލެއްގެ ގޮތުން (އަޅުކަމެއްގެ ގޮތުގައި) ހެނދުނާއި ހަވީރު އެ ސިފަފުޅުތައް ކިޔެވުން.

17.                   ﯸﯹ           މި އާޔަތުން އެނގޭ ﷲ ގެ ސިފަފުޅުތަކަކީ ކޮބާ؟  ޖ: 1. (ފެށުމެއްނެތި) އިސްވެވޮޑިގެންވުން 2. (ނިމުމެއްނެތި) ފަސްވެވޮޑިގެންވުން  3. (ހެކިތަކުން) ފާޅުވެވޮޑިގެންވުން 4. (ޙިއްސުތަކަށް) ވަންހަނާވެވޮޑިގެންވުން. 5 (މޮޅަށް) ދެނެވޮޑިގެންވުން.
18.         ﷲ ގެ ޒާތުފުޅުގައި ހުރުން ލާޒިމު ފަސް ސިފަފުޅެއް ލިޔޭ! ޖ: ވޮޑިގެންވުން، ދިރިދެމިވޮޑިގެންވުން، ކުޅަދުންވަތަކަން، އެއްކައުވަންތަކަން، އައްސަވާވޮޑިގެންވުން، ބައްލަވާވޮޑިގެންވުން، ދެނެވޮޑިގެންވުން.

19.         ﷲ ގެ ޒާތުފުޅުގައި ހުރުން މުސްތަޙީލު (ހުރެގެންނުވާނެ) ތިން ސިފައެއް ލިޔޭ! ޖ: މަރުވުން، ނުދަތުން، ނުކުޅެދުން، (އުނި އެއްވެސް ސިފައެއް އެކަލާނގެ ޒާތުފުޅުގައި ހުރުން މުސްތަޙީލެވެ.)

20.         ކާއިނާތުގެ އެންމެހާ ކަންތަކަށް ބާރުފޯރުވާ އިލާހަކު ވާކަމުގެ އިޙްސާސް، އިންސާނާ އުފެއްދެވުމުގައި ލައްވާފައި ވެއެވެ. މިކަމުގެ ހެއްކެއް ލިޔާށެވެ! ޖ: 1. މުސްލިމުންގެ އިތުރަށް ކާފަރުންވެސް ދެރައަކާއި ހިތާމައަކާ ކުރިމަތިވެއްޖެނަމަ އެހީއަށް އެދި ﷲ އަށް ދުޢާކުރެއެވެ. 2. އަޅުކަމެއް ނުކުރާ މުސްލިމުންވެސް މުޞީބާތެއް ކުރިމަތިވުމުން އެންމެ ކުޑަމިނުން ﷲ އަށް ނަދުރުބުނެ އުޅެއެވެ.
21.         ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުން ޙައްޤުނުވާ ހަތަރު ސަބަބެއް ލިޔޭ! ޖ: 1. ﷲ އީ ފެށުމެއް އަދި ނިމުމެއް ނެތި އަބަދަށް ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. މަޚްލޫޤުންނަކީ ފަނާވެ ނެތިދާ ތަކެއްޗެވެ. 2. ﷲ ކޮންމެ ކަމަކަށް ކުޅަދުންވަންތައެވެ. ނަމަވެސް މަޚްލޫޤުންނަށް ލިބިގެންވަނީ ﷲ ދެއްވި ކުޅަދާނަކަމެކެވެ. އެއީވެސް ވަކި މިންވަރަކަށެވެ. 3. ﷲ އަށް އެއްވެސް ފަރާތެއްގެ އެހީތެރިކަން ބޭނުންވެ ވޮއެއްނުގަންނަވައެވެ. އެކަމަކު އެއްވެސް މަޚްލޫޤަކަށް ﷲ ގެ އެހީތެރިކަން ނުލިބިއެއް ނޫޅެވޭނެއެވެ.


22.         ﷲ ވޮޑިގެންވާކަމުގެ ބުއްދީގެ ދަލީލެއް ލިޔޭ! ޖ: އެއްޗެއް ފެނުމުން އެއެއްޗެއް އުފެއްދި ފަރާތެއް ވާނެކަމަށް ބުއްދި ޤަބޫލުކުރެއެވެ. އެއީ އެއްވެސް އެއްޗެއް އަމިއްލައަށް ނުއުފެދޭނެތީއެވެ. ވީމާ، ކާއިނާތުން އަހަރެމެންނަށް މި ފެންނަ ކޮންމެ އެއްޗެއް އުފެއްދެވި ކުޅަދުންވަންތަ ފަރާތެއް ވާނެއެވެ. އެއީ ﷲ ކަމާމެދަކު ޝައްކެއް ނެތެވެ.
23.         ކާބޯތަކެއްޗަކީ ދިރުމެއްވާ އެއްޗެއް ނޫނެވެ. ނަމަވެސް ކައި ބޮއި ހެދުމުން އަހަރެމެންގެ ހަށިގަނޑަށް ދިރުން ލިބޭނެ ގޮތް ﷲ މެދުވެރިކުރައްވައެވެ. ހަމައެހެންމެ ﷲ ދިރުންދެއްވި ކޮންމެ އެއްޗެއް ފަނާވެ، ނެތިދިއުމަށް ސަބަބުމެދުވެރިކުރައްވަނީ ވެސް އެކަލާނގެއެވެ. ވީމާ، ހުރިހާ އެއްޗެއް ނުތުމުގެ ތެރެއިން އުފައްދަވައި ދިރުންދެއްވާ އަދި އެތަކެތި ހަލާކުކުރައްވައި ނެތިކުރައްވާފަރާތްކަމުގައިވާ ﷲ ގެ ޒާތުފުޅުގައި ކޮންމެހެން ހުންނަންޖެހޭ އެންމެ ޚާއްޞަ އެއްސިފަފުޅަކަށްވާނީ ކޮން ސިފަފުޅެއް؟ ޖ: ދިރިދެމިވޮޑިގެންވުން.


24.                         މި އާޔަތުގައިވާ ﷲ ގެ އިސްމުފުޅަކީ ކޮބާ؟ އަދި އެ އިސްމުފުޅުން ދޭހަވާ ﷲ ގެ ސިފަފުޅަކީ ކޮބާ؟ ޖ: * އިސްމުފުޅަކީ: (ދރަސްކަލާނގެ). * ސިފަފުޅަކީ: ދިރިދެމިވޮޑިގެންވުން.

25.         ﷲ ގެ ކުޅާދުންވަންތަކަން ހިތަށް ގެނެވޭނެ ގޮތެއް ބުނެދޭށެވެ. ޖ: ކާއިނާތުގައިވާ ތަކެއްޗާއިމެދުގައާއި، ތިމާގެ އަމިއްލަ ނަފްސާއިމެދު ވިސްނާ ފިކުރުކުރުން.

No comments:

Post a Comment