Tuesday, February 12, 2013

Anni

ރައީސް ނަޝީދު

ނަޝީދާ މެދު ކުރި ތުހުމަތުތަކަށް ނަޝީދުގެ ޖަވާބު!

އަހުމަދު އަބުދުﷲ ސައީދު
24 އެޕްރީލް 2012 09:4399 ކޮމެންޓު
  • ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނު ވިދާޅުވީ ވެރިކަންކުރެއްވީ އެމެރިކާގެ ވިސްނުމާ އެއްގޮތަށް ކަމަށާއި ތައުލީމީ މުގައްރަރުން އިސްލާމް ދީން ދުރުކުރުމަށް މަސައްކަތްކުރެއްވި ކަމަށް. --ހަވީރު ފައިލް ފޮޓޯ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަންކުރެއްވި ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެމަނިކުފާނަކީ ލާދީނީ ބޭފުޅެކެވެ. އަދި މަސައްކަތްޕުޅު ކުރައްވަނީ، ދިވެހިންގެ ހިތްތަކުން އިސްލާމް ދީން ފުހެލައި، ރާއްޖޭން އިސްލާމީ ތައުލީމު ނައްތާލައި، ރާއްޖޭގެ ޝަރުއީ ދާއިރާ އިން އިސްލާމީ ޝަރީއާ ނެތިކޮށްލުމަށް ކަމަށް ވެސް ތުހުމަތުކުރި އެވެ. އެ ތުހުމަތުތަކާ ގުޅިގެން ރައީސް ނަޝީދުގެ އެމްޑީޕީން ވަނީ "ތިހެނެއް ނުކިޔޭނެ" ނަމުގައި ޖަލްސާތައް ބާއްވައި އިދިކޮޅު ފަރާތްތަކަށް ރައްދު ދީފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ "އަދިވެސް ކިޔާނަން" ކަމަށެވެ.
އެ ހޫނު ޒުވާބުގެ ތެރޭގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް 21 ރެއަށް ދެމިގެން ދިޔަ އެވެ. އަދި ފެބްރުއަރީ 7 ވަނަ ދުވަހު، އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު ދައްކަވާ ވާހަކަފުޅުތަކުން އޭރުގެ ތުހުމަތުތަކަށް ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ވޮޝިންޓަން ޕޯސްޓްގައި ޝާއިއުކުރި ނަޝީދުގެ އިންޓަވިއުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި، އިސްލާމް ދީނާ މާ ބޮޑު ގުޅުމެއް ނެތް "ހަމަހަމަ" ގޮތަކަށް ރާއްޖޭގެ ތައުލީމީ މުގައްރަރު ބަދަލުކުރައްވާފައިވާނެ ކަމަށާއި، އިސްލާމީ ޝަރީއާ އާއި ގާނޫނުގެ މައްޗަށް މާ ބޮޑަށް ބިނާނުވާނޭ ފަދަ ގޮތަކަށް ރާއްޖޭގެ ގާނޫނުލް އުގޫބާތު ވެސް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނުގެ ވެރިކަމަށް ފަހު، އިސްލާމީ ޚިޔާލާތުގެ މީހުން މިހާރު ރާއްޖޭގެ ތައުލީމީ މުގައްރަރު ބަދަލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ފެބްރުއަރީ މަހު ވެރިކަމުން އިސްތިއުފާ ދެއްވުމާ އެކު، ހަރުކަށި އިސްލާމީ ފިކުރުގެ މީހުން އަނެއްކާވެސް ބާރުވެރިވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނޮވެމްބަރު ،11 2008 ގައި ނަޝީދު ކުރެއްވި ވެރިކަމުގެ ހުވާގައި މައިގަނޑު ފަސް ކަމަކަށް މާތް ﷲ ގަންދީ ހުވައިކުރައްވާފައިވާ އިރު، އޭގެ ތެރެއިން އެންމެ ފުރަތަމަ ވެސް އޮންނަނީ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ އެވެ. އެއަށް ފަހު އޮންނަނީ، ރާއްޖޭގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިކުރުމުގެ ވާހަކަ އެވެ.
ރާއްޖެ އަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށާއި ދިވެހި ދައުލަތުގެ ދީނަކީ އަދި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް، ގާނޫނު އަސާސީގައި އޮވެ އެވެ.
ސުވާލަކީ ދިވެހީންގެ ހިތްތައް އިސްލާމް ދީނާ ފެއަށް ޖެއްސުމަށް މަސައްކަތްކުރުމަކީ، އެ މަނިކުފާނު ކުރެއްވި ހުވާ ދެމެހެއްޓުން ކަމަށް ވާނެ ހެއްޔެވެ؟ އެއީ ގާނޫނު އަސާސީ އަށް ހުރުމަތްތެރިކޮށް ހިތުން ކަމަށް ވާނެ ހެއްޔެވެ؟
ދިވެހި އުންމަތް އެ މައްޗަށް ތަރުބިއްޔަތުވެ ބިނާވަމުން އަންނަ ބިންގަލަކީ، ތައުލީމީ މުގައްރަރު ކަމަށްވާ އިރު، އެ ބިންގަލުގެ އެންމެ މުހިންމު ބައި އެ ބިންގަލުން ވަކިކުރުމަކީ އެމަނިކުފާނު ކުރެއްވި ހުވާގެ މަތީގައި ދެމިހުންނެވުން ކަމަށް ވާނެތޯ ސުވާލު އުފެދެ އެވެ.
ވޮޝިންޓަން ޕޯސްޓްގައި ހުރީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް ވެރިކަމުގައި ހުންނެވި ނަޝީދުގެ ސިޔާސީ ވާދަވެރިން އެމަނިކުފާނަށް ކުރައްވާފައިވާ ތުހުމަތުތަކެއް ނޫނެވެ. އެ މަނިކުފާނު އަމިއްލަފުޅަށް ވެވަޑައިގެންފައިވާ އިއުތިރާފެވެ. އެ މަނިކުފާނު އެ ވާހަކަފުޅު ދެއްކެވިތާ ހަފުތާއެއް ވެގެންދާ އިރު، މިހާތަނަށް ވެސް، އެއީ ވޮޝިންޓަން ޕޯސްޓު ނޫހުން އަމިއްލަ އަށް ފެތުރި ވާހަކައެއް ކަމަށް އެމްޑީޕީން ވެސް އަދި ނަޝީދު ވެސް ވިދާޅުވެފައެއް ނުވެ އެވެ.
ނަޝީދުގެ އެމްޑީޕީ މި ކަމުގައި ހަނުހުރުން އިޚުތިޔާރުކޮށްފައިވާ އިރު، މި ވަގުތު އެ ޕާޓީގެ ދިރުނބާކޮޅަށް އަރާވަޑައިގެން ތިއްބެވި ބޭފުޅުން، އަމިއްލަ ގޮތުން ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަ އެވެ. ނަމަވެސް ޕާޓީގެ ހައިސިއްޔަތުން "އެއްވެސް އެއްޗެއް ވިދާޅުވަން ބޭނުމެއް ނޫނެވެ."
އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އޭނާގެ އަމިއްލަ ޓްވީޓްގައި ވިދާޅުވެފައިވަނީ "ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ރައީސް ނަޝީދުގެ އިސްލާމް ދީނާ ދެކޮޅު ހިޔާލުފުޅުތައް ކުށްވެރިކުރަން" ކަމަށާއި "އެއީ ހިތާމައެއް އަދި ދެރަކަމެއް" ކަމަށެވެ.
ނަޝީދުގެ މި ވާހަކަތަކާ ބެހޭ ގޮތުން "ހަވީރު"ން ސުވާލުކުރުމުން އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވެސް ވާހަކަ ދެއްކެވީ މާ ދުރުދުރުންނެވެ.
"ޕާޓީގެ މެނިފެސްޓޯގެ އެޑިޔުކޭޝަން މެނިފެސްޓޯއަކު ކަނޑައަޅާފަކާ ނޯންނާނެ އިސްލާމް ދީނުގެ ބައި ބޮޑަށް ނޯންނަ ގޮތަކަށް. އަޅުގަނޑުމެން އަބަދުވެސް ތާއީދުކުރަނީ އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން ސިލަބަސް ގާއިމުކުރެވިފައި އޮތުމަށް،" އެސްއެމްއެސް މެދުވެރިކޮށް ދެއްވި ޖަވާބުގައި ޑރ. ޑީޑީ ވިދާޅުވި އެވެ.
ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސްވަރު ވިދާޅުވަމުން ގެންދެވީ ވެރިކަންކުރައްވަނީ އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ރައީސް ޑރ. ޑީޑީ ވިދާޅުވަނީ ތައުލީމީ މުގައްރަރުން އިސްލާމް ދީން ބީރައްޓެހިކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ނޯންނާނެ ކަމަށެވެ. އެހެން ކަމަށްވާ ނަމަ، އެ މަނިކުފާނު ރާއްޖޭގެ ވެރިކަންކުރެއްވީ ކާކުގެ ވިސްނުމަށް ކޮން ބަޔަކު ރުއްސަންތޯ ސުވާލު އުފެދެ އެވެ.
އޭރުގެ އިދިކޮޅު ފަރާތްތަކުން ފާޅުގައި ބުނަމުން ދިޔައީ، ނަޝީދު ވެރިކަންކުރައްވަނީ އިނގިރޭސީންނާއި އިޒްރޭލާއި އެމެރިކާ ރުއްސަން ކަމަށެވެ. ނަޝީދު ވެރިކަންކުރެއްވި ގޮތް ސިފަކޮށްދެއްވަމުން، ސްރީ ލަންކާގެ އެނަޖީ އެންޑް ޕަވާ މިނިސްޓަރު ޕަޓާލީ ޗަންޕިކާ ރޮނޯކާ ވިދާޅުވެފައިވަނީ ނަޝީދު ވެރިކަމަށް ވަޑައިގަތީ ހުޅަނގުގެ ގައުމުތަކަށް ފެހި ސިގްނަލް ދެއްވާ "ބޯއީއެއް" ގެ ގޮތުގައި ކަމަށެވެ.
"މިސާލެއްގެ ގޮތުން ބަލާ ދިވެހި ރާއްޖެ އަށް. ނަޝީދު ވެރިކަމަށް ވަޑައިގަތީ ހުޅަނގުގެ ބާރުތަކަށް ފެހި ސިގްނަލް ދެއްވާ 'ބޯއީއެއް'ގެ ގޮތުގައި. ނަމަވެސް ދެތިން އަހަރު ތެރޭގައި ނަޝީދަށް ވިސްނިވަޑައިގަތީ ރާއްޖޭގައި ހުޅަނގުން އެންމެ ސެންޓެއް ވެސް އިންވެސްޓްނުކުރާ ކަން. ދެން އެމަނިކުފާނު ސިޔާސަތު ބަދަލުކުރައްވައި އިންޑިޔާ އާއި ޗައިނާ އާއި ލަންކާއާ އެކު ގުޅުން ބަދަހިކުރެއްވުމުން ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ،" ލަންކާގެ ނޫހެއް ކަމަށްވާ ސަންޑޭ އޮބްޒާވާ އަށް ދެއްވި އިންޓަވިއުއެއްގައި ޕަޓާލީ ވިދާޅުވެފައިވެ އެވެ.
އެއީ މުޅިން ދޮގު ވާހަކަތަކެއް ވެސް ނޫނެވެ. ސަބަބަކީ މާޗް 31 ގައި ނަޝީދު ވަނީ އެމެރިކާގެ، ހިލޭސާބަހަށް މަސައްކަތްކުރާ މީޑިއާތަކުން ގެނެސްދޭ "ޑިމޮކްރެސީ ނައު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި އެކަމަށް އިއުތިރާފްވެވަޑައިގެންފަ އެވެ. އެ ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ އެމެރިކާގެ ވިސްނުމާއި އެމެރިކާގެ އުސޫލުތަކާ އެއްގޮތަށް ވެރިކަންކުރެއްވުމުން ވެސް އެމެރިކާ އެކަން ނުދަތީތީ ހިތާމަފުޅުކުރައްވާ ކަމަށެވެ. އަދި އިޒްރޭލާ އެކު ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތްކުރެއްވުމުން ވެސް އެކަން ނުދަނެ، އެމެރިކާ އިން ޑރ. ވަހީދުގެ ސަރުކާރު ގަބޫލުކުރީތީ ހިތާމަފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެމެރިކާގެ ވިސްނުމާ އެއްގޮތަށް ނުވަތަ އިނގިރޭސީންނާއި އެމެރިކާ އާއި އިޒްރޭލު ރުއްސުމަށް މަސައްކަތްކުރެއްވުމަކީ ކޮބައިތޯ ވިސްނާލަން ޖެހެ އެވެ. މިއީ އޭގެ ޒާތުގައި ވަރަށް ސީރިއަސް މައްސަލަތަކެކެވެ. ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ދިވެހި ސަރުކާރާއި އިޒްރޭލާ ދެމެދު ގުޅުން ބަދަހިކުރުމަށް ކުރެވުނު މުއާމަލާތުތަކާ ބެހޭ ބައެއް ލިޔުންތައް ވަނީ މީޑިއާ އަށް ލީކުވެފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ވެސް ބޭނުންވާ ފަދަ ބަދަލުތަކެއް ރާއްޖޭގެ ތައުލީމީ މުގައްރަރަށް ގެނައުމުގެ ވާހަކަތަކެއް ދެކެވިފައި އެބަ ހުއްޓެވެ.
ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔާ، ދިވެހި ރާއްޖޭގެ މުޅި ދުސްތޫރު އެ މައްޗަށް ބިނާވެފައިވާ އިސްލާމް ދީން، ދިވެހީންގެ ހިތްތަކާ ދުރުކުރަން މަސައްކަތްކުރެއްވިކަން އެ އިންޓަވިއުތަކުން އެނގޭ ކަމަށް އެމަނިކުފާނާ އިދިކޮޅު ފަރާތްތަކުން މިހާރު ވެސް ބުނެ އެވެ. އަދި އެއީ އެމަނިކުފާނުގެ އަމިއްލަފުޅު އިއުތިރާފުވެވަޑައިގަތުމެއް ކަމަށް އެމީހުން ސިފަކުރެ އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމުން އިސްލާމީ ޝަރީއާ ބާކީކޮށްލުމަށް މަސައްކަތްކުރުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު މައްސަލައެކެވެ

No comments:

Post a Comment