Sunday, August 5, 2012

2010ގެ އެސް،އެސް،ސީ އިމްތިޙާނު ކަރުދާސް (2)

(1) ގަނެވިއްކުންހިނގު މަޖިލިހުން ވަކިވެގެންނުދާހާ ހިނދަކު ދެފަރާތަށް އިޚްތިޔާރު ލިބިގެންވެއެވެ. މިއީ ޙަދީޘްއެއްގެ މާނައެވެ. މިޙަދީޘްގައި އެވާ ދެފަރާތަކީ ކޮބައިހެއްޔެވެ. އަދި ދެފަރާތަށް ލިބިގެންވާކަމަށް ބުނެފައިވާ އިޚްތިޔާރަކީ ކޮބައިހެއްޔެވެ؟

(2) އަންނަނިވި ވިޔަފާރިތަކާމެދު އިސްލާމީ ޝަރީޢަތުގައި ޢަމަލުކުރާނީ ކިހިނެއްކަން ސަބަބާއެކު ބުނެދޭށެވެ!
ހ- ޙަސަނުގެ ރަޙުމަތްތެރި ޢަލީގެ އަތުގައި އަގުހުރި ޖަވާހިރެއް އޮތްކަމަށް ބުނުމުން އެހެންމީހަކު އޭނާގެއަތުން އެގަނެފާނެތީ އެޖަވާހިރު ބަލާލަންވެސް ނުގޮސް 1000ޑޮލަރ ޢަލީއަތަށް ދީފައި ޙަސަނު އެޖަވާހިރު ގަނެފިއެވެ.

ށ- ޢަލީ ހާޑުވެއަރގެ ހުރިހާ ސާމާނެއްވެސް ގަންނަނީ ކޮއްޔަ ފިހާރައިންނެވެ. ނަމަވެސް އެފިހާރައިން ޢަލީގަންނަ ތަކެތި ގެއާހަމައަށް އުފުލައިދިނުމާއި އެތަކެތި ތަންތަނުގައި ހަރުކުރުމާއި، މަރާމާތު ކުރުމަކީ ޢަލީކޮށްފައިހުންނަ ޝަރުތުތަކެވެ.

(3)- ކުޑަކުއްޖަކު ބަލަހައްޓާ މީހާގެ ކިބައިގައި ހުންނަށްޖެހޭ ޝަރުޠުތަކުގެތެރެއިން ކޮންމެވެސް 6 ޝަރުޠެއް ލިޔާށެވެ!

(4) ޤިޔާސަކީ ޙުކުމެއް ކަނޑައެޅިފައިވާ ކަމަކާ އެއްގޮތްކަމެއް ހުރުމުން ޙުކުމެއް ކަނޑައެޅިފައިނުވާ ކަމަކަށް އެކަމުގެ ޙުކުމް ކަނޑައެޅުމެވެ." މިޢިބާރާތް މީހަކަށް ވިސްނައިދިނުމަށްޓަކައި މިސާލެއްދޭށެވެ.

(5) ހ- ޢަލީ އޭނާގެ އަނބި ޚަދީޖާ ވަރިކުރިތާ މިހާރު ހަތަރުމަހާ 12ދުވަސްވެއްޖެއެވެ. ވަރިކުރިއިރު ޚަދީޖާ އިނީ ބަލިވެއެއްނޫނެވެ. ވަރިކުރުމަށް މެދުވެރިވި މައިގަނޑު ސަބަބެއް ކަމުގައިވަނީ މިދެމަފިރިންނަށް ކުއްޖަކު ނުލިބުމެވެ. މިއީ ފުރަތަމަ ވަރި ކަމަށްވުމާއެކު މިދެމީހުން އަލުން އިންނަށް ވެއްޖެނަމަ ކުރާނީ ކޮންކަހަލަ ކައިވެންޏެއްހެއްޔެވެ. ސަބަބާއެކު ބުނެދޭށެވެ!

ށ- ދެމަފިރިއަކު ކައިވެނިކުރީ ރަނެއްނުކިޔައެވެ. މިހެންއުޅެމުންގޮސް ފިރިމީހާ ރަނެއްކިޔުމުން އަނބިމީހާ އެރަނާ ޤަބޫލެއްނުވިއެވެ. އަދި ޤާޟީ ރަނެއްކަނޑައެޅުމުން އެރަނަކާވެސް އަނބިމީހާ ނުރުހުނެވެ. މިއަންހެންމީހާ ޢަމަލުކުރީ ރަގަޅަށް ހެއްޔެވެ؟ މީނާގެ ރަނުގެ މައްސަލާގައި ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟

(6) ޒިނޭ ސާބިތުވާނީ ކިހިނެއްހެއްޔެވެ؟

(7) ވަށްކަންކުރި މީހާގެ އަތްކެނޑޭނީ ވަގަށްނެގި މުދަލިގައި ނިޞާބު ހަމަވާނަމައެވެ. ވަގަށް ނަގާއެތީގެ ނިޞާބަކީ ކޮބައިހެއްޔެވެ؟

(8) ރާބުއިމީހާގެ މައްޗަށް ޙައްދު ޤާއިމްކުރުމުގައި ބައެއް ދަންނަބޭކަލުން 40 އެތިފަހަރު އަނެއްބައި ދަންނަ ބޭކަލުން 80 އެތިފަހަރު ޖަހަން ވިދާޅުވެއެވެ. މިތަފާތުގެ ސަބަބަކީ ކޮބާ؟

(9) ޢާރިޔާގެ ތަޢރީފެއްލިޔޭ! އަދި ޢާރިޔާ ޞައްޙަވާ ޝަރުޠުތަކުގެ ތެރެއިން ތިންޝަރުޠެއްލިޔޭ!

(10) ސުނައިނާއާއި ޙަރީފު ކައިވެނި ކުރިތާ ބާރާބަރު ދެހަފުތާގެ ތެރޭގައި، ޙަރީފު ވަރަށްދިގު މުއްދަތަކަށް ރާއްޖެއިންބޭރަށް ފުރައިގެން ހިގައްޖެއެވެ. ހަރީފު ފުރައިގެންދިޔަތާ 9މަސްފުރޭން އެއްހަފްތާއަށްވެފައި އޮއްވާ އޭނާގެ އަނބިމީހާގެ ސިޓީއެއްލިބުނެވެ. މިސިޓީގައިއޮތީ ޙަރީފު ބައްޕައަކަށް ވެއްޖެކަމުގެ ޚަބަރެވެ. އެހެންނަމަވެސް މިއީ ޙަރީފަށް މާ އުފާވެރި ޚަބަރަކަށް ނުވިއެވެ. އެހެނީ ސުނައިނާ ވިހޭ ކުއްޖަކީ ޙަރީފުގެ ދަރިއެއްކަމަށް އޭނާއަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ސުނައިނާ ވިހޭދަރިއަކީ އޭނާގެ ދަރިއެއް ނޫންކަމަށްބުނެ ކޯޓަށް މައްސަލަ ހުށައެޅިއެވެ. މިޙާދިޘާ ރަގަޅަށް ކިޔުމަށްފަހު އިސްލާމީ ޝަރީޢަތާއެއްގޮތަށް މިމައްސަލަ ކޯޓުން ނިންމާނެގޮތް ތަފްޞީލުކޮށް ބަޔާންކުރޭ!

(11) ވިޔާފާރިއެއްކުރާއިރު މުދާގަން މީހާގެ ކިބައިގައި ހުންނަށްވާ ދެޝަރުޠުތަކީ ކޮބާ؟

(12) ޚަރަދުދިނުން ވާޖިބުވާ ސަބަބު ތަކަކީ ކޮބާ؟

(13) ވަރިކުރުން ޞައްޙަ ފިރިއެއްގެ އަނބިމީހާ އޭނާގެ ފިރިމީހާގެ ގާތުން ޚުލުޢު ވަރިއަކުން ވަރިވާންއެދުމުން ފިރިމީހާ ހަމައެކަނި "ކަނބުލޭގެ ތިޔައިނީ ޚުލުޢު ވަރިއަކުން ވަރިކޮށްފައޭ" ބުނެފިނަމަ އެދެމަފިރިން ޚުލުޢު ވަރިއަކުން ވަރިވީކަމުގައި ވާނެހެއްޔެވެ؟ ސަބަބާއެކު ޖަވާބު ލިޔާށެވެ

(14) ކައިވެނީގެ މައުޛޫނު ވަލީވެރިޔާގެ އިޒުނައާއެކު ޢާއިޝާ އާ އިބުރާހިމްގެ ކައިވެނި ކޮށްދީފީމޭ ބުނުމުން އިބްރާހިމް ތިޔަކައިވެންޏަކީ މާކުރިންސުރެވެސް އަހުރެން ނުހަނު އެދިއެދިހުރި ކައިވެންޏެކޭ ބުނުމުން ކައިވެނީގެ އީޖާބާއި ޤަބޫލު ފުރިހަމަވީކަމަށް ބެކެވޭނެހެއްޔެވެ؟ ސަބަބާއެކު ބަޔާންކުރޭ!
2002ގެ އެސް،އެސް،ސީ އިމްތިޙާނު ކަރުދާސް (2)

(1) ގަނެވިއްކުންހިނގު މަޖިލިހުން ވަކިވެގެންނުދާހާ ހިނދަކު ދެފަރާތަށް އިޚްތިޔާރު ލިބިގެންވެއެވެ. މިއީ ޙަދީޘްއެއްގެ މާނައެވެ. މިޙަދީޘްގައި އެވާ ދެފަރާތަކީ ކޮބައިހެއްޔެވެ. އަދި ދެފަރާތަށް ލިބިގެންވާކަމަށް ބުނެފައިވާ އިޚްތިޔާރަކީ ކޮބައިހެއްޔެވެ؟
ޖަވާބު: * އެދެފަރާތަކީ ވިއްކާމީހާއާއި ގަންނަ މީހާއެވެ. * އިޚްތިޔާރަކީ ވިޔަފާރި ރޫޅާލުމާއި ދެމެހެއްޓުމުގެ އިޚްތިޔާރެވެ.

(2) އަންނަނިވި ވިޔަފާރިތަކާމެދު އިސްލާމީ ޝަރީޢަތުގައި ޢަމަލުކުރާނީ ކިހިނެއްކަން ސަބަބާއެކު ބުނެދޭށެވެ!
ހ- ޙަސަނުގެ ރަޙުމަތްތެރި ޢަލީގެ އަތުގައި އަގުހުރި ޖަވާހިރެއް އޮތްކަމަށް ބުނުމުން އެހެންމީހަކު އޭނާގެއަތުން އެގަނެފާނެތީ އެޖަވާހިރު ބަލާލަންވެސް ނުގޮސް 1000ޑޮލަރ ޢަލީއަތަށް ދީފައި ޙަސަނު އެޖަވާހިރު ގަނެފިއެވެ.
ޖަވާބު: * ވިޔަފާރި ޞައްހައެއް ނުވާނެއެވެ. ސަބަބަކީ: އެ ޖަވާހިރުގެ އެއްވެސް ސިފައެއް ގަންނަމީހާ (ހަސަނު) އަށް އެނގިފައިނުވުމެވެ.
ށ- ޢަލީ ހާޑުވެއަރގެ ހުރިހާ ސާމާނެއްވެސް ގަންނަނީ ކޮއްޔަ ފިހާރައިންނެވެ. ނަމަވެސް އެފިހާރައިން ޢަލީގަންނަ ތަކެތި ގެއާހަމައަށް އުފުލައިދިނުމާއި އެތަކެތި ތަންތަނުގައި ހަރުކުރުމާއި، މަރާމާތު ކުރުމަކީ ޢަލީކޮށްފައިހުންނަ ޝަރުތުތަކެވެ.

ޖަވާބު: * ހުއްދަ ޝަރުޠެއް ނޫނެވެ. ސަބަބަކީ: އެއްޝަރުޠަށްވުރެ ގިން ޝަރުޠު ކޮށްފައިވާތީއެވެ.
(3)- ކުޑަކުއްޖަކު ބަލަހައްޓާ މީހާގެ ކިބައިގައި ހުންނަށްޖެހޭ ޝަރުޠުތަކުގެތެރެއިން ކޮންމެވެސް 6 ޝަރުޠެއް ލިޔާށެވެ!

ޖަވާބު: * ބުއްދި ސަލާމަތުންހުރުން. * ބާލިޣުވުން * މިނިވަނަކުކަމުގައިވުން * އިސްލާމަކު ކަމުގައިވުން. * ޢިއްފަތްތެރިއަކުކަމުގައި ވުން. * އަމާނާތްތެރިއަކު ކަމުގައިވުން. * އެހެންމީހަކާ ނިއިދެހުރުން. * ނުރައްކާތެރި ބައްޔެއްޖެހިފައިނުވުން. * ކުޅަދާނަކަންހުރުން. * ރަށުގައި ވަޒަންވެރިވެހުރުން.

(4) ޤިޔާސަކީ ޙުކުމެއް ކަނޑައެޅިފައިވާ ކަމަކާ އެއްގޮތްކަމެއް ހުރުމުން ޙުކުމެއް ކަނޑައެޅިފައިނުވާ ކަމަކަށް އެކަމުގެ ޙުކުމް ކަނޑައެޅުމެވެ." މިޢިބާރާތް މީހަކަށް ވިސްނައިދިނުމަށްޓަކައި މިސާލެއްދޭށެވެ.
ޖަވާބު: * ގޮދަނަކީ ރިބާގެ ޙުކުމް ކަނޑއެޅިފައިވާ ކާއެއްޗެކެވެ. ހަނޑުލަކީ ގޮދަނާ އެއްފަދައިން ކެއުމަށް ބޭނުންކުރާ ބާވަތެކެވެ. ވީމާ، ހަނޑުލުގެ މައްޗަށް ރިބާގެ ހުކުމް ކަނޑައެޅުމަކީ ޤިޔާސްކުރުމެވެ.

(5) ހ- ޢަލީ އޭނާގެ އަނބި ޚަދީޖާ ވަރިކުރިތާ މިހާރު ހަތަރުމަހާ 12ދުވަސްވެއްޖެއެވެ. ވަރިކުރިއިރު ޚަދީޖާ އިނީ ބަލިވެއެއްނޫނެވެ. ވަރިކުރުމަށް މެދުވެރިވި މައިގަނޑު ސަބަބެއް ކަމުގައިވަނީ މިދެމަފިރިންނަށް ކުއްޖަކު ނުލިބުމެވެ. މިއީ ފުރަތަމަ ވަރި ކަމަށްވުމާއެކު މިދެމީހުން އަލުން އިންނަށް ވެއްޖެނަމަ ކުރާނީ ކޮންކަހަލަ ކައިވެންޏެއްހެއްޔެވެ. ސަބަބާއެކު ބުނެދޭށެވެ!
ޖަވާބު: * އައު ކައިވެންޏެއް ކުރާނީއެވެ. ސަބަބަކީ: ޢިއްދާ ހަމަވެފައިވާތީއެވެ. / ބާއިންވެފައިވާތީއެވެ. / ރުޖޫޢަ ނުކުރެވޭތީއެވެ.

ށ- ދެމަފިރިއަކު ކައިވެނިކުރީ ރަނެއްނުކިޔައެވެ. މިހެންއުޅެމުންގޮސް ފިރިމީހާ ރަނެއްކިޔުމުން އަނބިމީހާ އެރަނާ ޤަބޫލެއްނުވިއެވެ. އަދި ޤާޟީ ރަނެއްކަނޑައެޅުމުން އެރަނަކާވެސް އަނބިމީހާ ނުރުހުނެވެ. މިއަންހެންމީހާ ޢަމަލުކުރީ ރަގަޅަށް ހެއްޔެވެ؟ މީނާގެ ރަނުގެ މައްސަލާގައި ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟
ޖަވާބު: * ރަގަޅަކަށް ނޫނެވެ. ޤާޟީ ކަނދައަޅާ ރަނާ ރުހެންވާނެއެވެ. ނަމަވެސް ޤާޟީއަށް ކަނޑައެލޭނީ އެފަދަ އަންހެނެއްގެ ރަނެވެ. * ރަގަޅެވެ. ޤާޟީ ކަނޑައަލާ ރަނާ ރުހޭކަން ނުޖެހޭނެއެވެ. ސަބަބަކީ ޤާޟީ ކަނޑައެޅީ އެފަދަ އަންހެނެއްގެ ރަނެއްނޫނެވެ.
(6) ޒިނޭ ސާބިތުވާނީ ކިހިނެއްހެއްޔެވެ؟
ޖަވާބު: * ޒިނޭކުރިމީހާ އަމިއްލައަށް އިޢްތިރާފުވުން. * ހަތަރު ފިރިހެއްނުންގެ ހެކިބަހުން.
(7) ވަށްކަންކުރި މީހާގެ އަތްކެނޑޭނީ ވަގަށްނެގި މުދަލިގައި ނިޞާބު ހަމަވާނަމައެވެ. ވަގަށް ނަގާއެތީގެ ނިޞާބަކީ ކޮބައިހެއްޔެވެ؟
ޖަވާބު: * ދީނާރެއްގެ 4/1 ނުވަތަ 1.06ގްރާމް ރަން.
(8) ރާބުއިމީހާގެ މައްޗަށް ޙައްދު ޤާއިމްކުރުމުގައި ބައެއް ދަންނަބޭކަލުން 40 އެތިފަހަރު އަނެއްބައި ދަންނަ ބޭކަލުން 80 އެތިފަހަރު ޖަހަން ވިދާޅުވެއެވެ. މިތަފާތުގެ ސަބަބަކީ ކޮބާ؟
ޖަވާބު: * ދަންނަ ބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާތީއެވެ. * ރަސޫލާ ވަކިގޮތަކަށް ޢުކަރުގެފާނު ވަކިގޮތަކަށް ޢަމަލުކޮށްފައިވާތީއެވެ.

(9) ޢާރިޔާގެ ތަޢރީފެއްލިޔޭ! އަދި ޢާރިޔާ ޞައްޙަވާ ޝަރުޠުތަކުގެ ތެރެއިން ތިންޝަރުޠެއްލިޔޭ!
ޖަވާބު: * ތަޢާރަފް: އެއީ މީހެއްގެ މިލްކުގައިވާ އެއްޗަކުން ފައިދާ ލިބިގަތުމަށް، އެއްވެސްބަދަލަކާނުލައި އެހެންމީހަކަށް ހުއްދަ ދިނުމެވެ. * ޢާރިޔާގެ ޝަރުޠުތައް 1- ވެރިފަރާތްކަމުގައިވުން. 2- އަބުރާ ރައްދުކުރެވޭ އެއްޗަކަށްވުން. 3- ހުއްދަ ފައިދާއަކަށްވުން. 4- ހުއްދައެއްޗަކަށްވުން. 5- ބުއްދި ސަލާމަތުންހުރުން.

(10) ސުނައިނާއާއި ޙަރީފު ކައިވެނި ކުރިތާ ބާރާބަރު ދެހަފުތާގެ ތެރޭގައި، ޙަރީފު ވަރަށްދިގު މުއްދަތަކަށް ރާއްޖެއިންބޭރަށް ފުރައިގެން ހިގައްޖެއެވެ. ހަރީފު ފުރައިގެންދިޔަތާ 9މަސްފުރޭން އެއްހަފްތާއަށްވެފައި އޮއްވާ އޭނާގެ އަނބިމީހާގެ ސިޓީއެއްލިބުނެވެ. މިސިޓީގައިއޮތީ ޙަރީފު ބައްޕައަކަށް ވެއްޖެކަމުގެ ޚަބަރެވެ. އެހެންނަމަވެސް މިއީ ޙަރީފަށް މާ އުފާވެރި ޚަބަރަކަށް ނުވިއެވެ. އެހެނީ ސުނައިނާ ވިހޭ ކުއްޖަކީ ޙަރީފުގެ ދަރިއެއްކަމަށް އޭނާއަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ސުނައިނާ ވިހޭދަރިއަކީ އޭނާގެ ދަރިއެއް ނޫންކަމަށްބުނެ ކޯޓަށް މައްސަލަ ހުށައެޅިއެވެ. މިޙާދިޘާ ރަގަޅަށް ކިޔުމަށްފަހު އިސްލާމީ ޝަރީޢަތާއެއްގޮތަށް މިމައްސަލަ ކޯޓުން ނިންމާނެގޮތް ތަފްޞީލުކޮށް ބަޔާންކުރޭ!
ޖަވާބު: * (ހ)- 1 ޙަރީފު ސުނައިނާ ޒިނޭކުރިކަމުގެ ހެކިދެއްކުން ނުވަތަ ސުނައިނާ އެއްބަސްވުން. 2- ސުނައިނާގެ މައްޗަށް ޒިނޭގެ ހައްދު 3- ދަރިފުޅު ޙަރީފުގެ ދަރިއަކަށް ނުވުން.
(ށ) 1- ޙަރީފު ސުނައިނާ ޒިނޭކުރިކަމުގެ ހެކި ނުދެއްކުން. 2- ލިޢާންކުރުން. 3- ދެމީހުން ވަކިވުން.
(ނ) 1- ޙަރީފު ސުނައިނާ ޒިނޭކުރިކަމުގެ ހެކި ނުދެއްކުން. 2- ލިޢާންނުކުރުން. 3- ޙަރީފުގެ މައްޗަށް ޤަޛުފުގެ ޙައްދުއައުން.

(11) ވިޔާފާރިއެއްކުރާއިރު މުދާގަން މީހާގެ ކިބައިގައި ހުންނަށްވާ ދެޝަރުޠުތަކީ ކޮބާ؟
ޖަވާބު: * ބާލިޣުވުން * ބުއްދި ސަލާމަތުންހުރުން.

(12) ޚަރަދުދިނުން ވާޖިބުވާ ސަބަބު ތަކަކީ ކޮބާ؟
ޖަވާބު: * ގާތްތިމާގެ ކމަުގެ ސަބަބުން. * ތިމާގެ ބެލުމުގެދަށަށް އައުމުގެ ސަބަބުން. * ކައިވެނީގެ ސަބަބުން.

(13) ވަރިކުރުން ޞައްޙަ ފިރިއެއްގެ އަނބިމީހާ އޭނާގެ ފިރިމީހާގެ ގާތުން ޚުލުޢު ވަރިއަކުން ވަރިވާންއެދުމުން ފިރިމީހާ ހަމައެކަނި "ކަނބުލޭގެ ތިޔައިނީ ޚުލުޢު ވަރިއަކުން ވަރިކޮށްފައޭ" ބުނެފިނަމަ އެދެމަފިރިން ޚުލުޢު ވަރިއަކުން ވަރިވީކަމުގައި ވާނެހެއްޔެވެ؟ ސަބަބާއެކު ޖަވާބު ލިޔާށެވެ!
ޖަވާބު: * ނުވާނެއެވެ. ސަބަބަކީ އަނބިމީހާ ފިރިމީހާއަށް ޚުލުޢުވަރިން ވަރިވުމަށް އަގުހުރި އެއްޗެއް ނުދޭތީއެވެ.
(14) ކައިވެނީގެ މައުޛޫނު ވަލީވެރިޔާގެ އިޒުނައާއެކު ޢާއިޝާ އާ އިބުރާހިމްގެ ކައިވެނި ކޮށްދީފީމޭ ބުނުމުން އިބްރާހިމް ތިޔަކައިވެންޏަކީ މާކުރިންސުރެވެސް އަހުރެން ނުހަނު އެދިއެދިހުރި ކައިވެންޏެކޭ ބުނުމުން ކައިވެނީގެ އީޖާބާއި ޤަބޫލު ފުރިހަމަވީކަމަށް ބެކެވޭނެހެއްޔެވެ؟ ސަބަބާއެކު ބަޔާންކުރޭ!
ޖަވާބު: * ނުވާނެއެވެ. ސަބަބަކީ: މާޒީގެ މާނަ ދޭހަނުވާތީއެވެ.   

No comments:

Post a Comment