ގްރޭޑް 8 ގެ މުގައްރަރު ގެ ސުއާލުތައް:
ގްރުއާނުގެ
ޢިލްމު:
سورة العا ديات
"އަދި ފިޔަވަޅުތަކުން އަލިފާންކަނޑަމުން ދުވާ
އަސްތައް ގަންދެއްވަމެވެ."މިއީ ޢާދިޔާތް ސޫރަތުގެ ދެވަނަ އާޔަތުގެ މާނައެވެ. މިމާނައިން
ދޭހަވާ ދެކަމެއްލިޔޭ!
ޢާދިޔާތުސޫރަތުގެ
ފުރަތަމަ 5 އާޔަތުގައި ބަޔާންކުރެވިފައިވަނީ ކޮންވާހަކަތަކެއްކަން ކުރުކޮށް ބުނެދީ!
ޢާދިޔަތު
ސޫރަތުގެ ފުރަތަމަ 5 އާޔަތުގައި ބަޔާންކުރައްވާފައިވާ އަހުގެ ކިބައިން
ފާޅުވާ ތިންސިފައެއްބުނެދީ!
ކީރިތިގުރުއާނުގެ
ބައެއްސޫރަތްތައް ފެށުމުގައި މަޚްލޫގުން ގަންދެއްވައި ﷲ ބަސްވަޙީކުރެއްވުމުގެ ޙިކުމަތަކީކޮބާ؟
ސޫރަތުލް
ޢާދިޔާތުން ދޭހަވާ ކަންތައްތަކަކީކޮބާ؟
ސޫރަތުލް
ޢާދިޔާތުގައި ބަޔާންކުރައްވާފައިވާ އިންސާނުންގެ ކަބައިންފާޅުވާ ނޭދެވޭ
ދެސިފައަކީކޮބާ؟
ސޫރަތުލްޢާދިޔާތުގެ
ފުރަތަމަ ފަސްއާޔަތުގައި ބަޔާން ކުރައްވާފައިވަނީ ﷲގެ މަގުގައި ޖިހާދުކުރި މުޖާހިދުންގެ
ސަވާރީ (އަސްތައް) ތަކުގެވާހަކައެވެ. އެ ސަވާރީތަކުގެ ޙަރަކާތްތަކުން
ފާޅުވެގެންދިޔަކަމަށް އެއާޔަތްތަކުން ބަޔާންކުރައްވާފައިވާ 3 ސިފައެއް ލިޔޭ!
. ސޫރަތުލްޢާދިޔާތުގެ
5 ވަނަ
އާޔަތުގެ މާނައިގައިވެއެވެ. ''ހަމަކަށަވަރުން އިންސާނާއަކީ އޭނާގެ ވެރި
ރަސްކަލާނގެއަށް ޙަރާންކޯރުވުން ބޮޑު މީހެކެވެ.'' މިއާޔަތުގައި ބަޔާންކުރައްވާފައިވާ
ޙަރާންކޯރުވުންބޮޑެވެ. އެ ބުނަނީ ކީކޭހެއްޔެވެ؟
އިންސާނާ
ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ
ތެރެއިން އާޚިރަތުގައި އޭނާއަށް
ފައިދާކުރަނިވި 3 ކަމެއްލިޔޭ!
އިންސާނާ
ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ
ތެރެއިން އާޚިރަތުގައި އޭނާއަށް
ފައިދާކުރަނިވި 3 ކަމެއްލިޔޭ!
سورة الزلزلة:
ޒަލްޒަލާ
މިސޫރަތުގައި ބަޔާންވެގެންވާ ގިޔާމަތުގެ ޢަލާމާތަކީކޮބާ؟
" އެދުވަހުބިންގަޑު
އޭގެޚަބަރުތަކުގެ ވާހަކަ ދައްކާނެއެވެ." މިޢިބާރަތުން ދޭހަވާމާނަލިޔޭ!
ޒަލްޒަލާ
ސޫރަތުގައި ބަޔާންވެގެންވާ ގޮތުގައި ގިޔާމަތްދުވަހު މީސްތަކުން ތަފާތު ބައިބަޔަށް
ބެހިގެންދެއެވެ. އިސްވެދިޔަ އިބާރަތުގައި މީސްތަކުން ބެހިގެންދާ ތަފާތު ބައިތަކަކީ ކޮބައިކަން
ބުނެދީ !
ޒަލްޒަލާ
ސޫރަތުން ދޭހަވާ ކަންތައްތައް ނުވަތަ ޢިބުރައްތައް ބަޔާންކުރޭ!
ގިޔާމަތްދުވަސް
އަންނާނެކަން ގަބޫލު ކުރާމީހާ އެދުވަހަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ޢަމަލްތައް
ބަހައްޓަންޖެހޭ ގޮތަކީކޮބާ؟
ގިޔާމަތްދުވަހަކީ
އަންނާނޭ ދުވަހެއްކަން ބުއްދީގެ ދަލީލަކުން ސާބިތުކޮށްދީ!
ގިޔާމަތްދުވަހަކީ
އަންނާނެ ދުވަހެއްކަން އެންގެވިނަމަވެސް ގިޔާމަތްވާނެވަގުތު ސިއްރުކުރެއްވުމުގެ
ޙިކުމަތަކީކޮބާ؟
سورة البينة:
އަހުލުކިތާބީންނަކީކޮންބައެއް؟
" ސީދާވެގެންވާ
ޙުކުމްތައް އެފަތްފުތްތަކުގައިވެއެވެ." މިއިބާރަތުންދޭހަވާމާނައަކީކޮބާ؟
އަޅުކަމުގައި
އިޚްލާޞްތެރިވުމަކީކޮބާ؟
ސޫރަތުލްބައްޔިނާގައި
ސުވަރުގެ ސިފަކުރައްވާފައިވާގޮތަކީކޮބާ؟
މުޝްރިކުންނަކީކޮންބައެއްކަން
މިސާލާއެކު ބުނެދީ؟
ބައްޔިނާސޫރަތުގައި
މައިގަނޑު ގޮތެއްގައި ވާހަކަދެކެވިފައިވަނީ ކޮންކަންތައްތަކެއްގެ މައްޗަށް؟
އިޚްލާޞްތެރިވުމަކީ ކޮބައި؟
ބައްޔިނާ ސޫރަތުން ލިބޭ 3 ޢިބްރަތް ލިޔޭ!
سورة القدر:
ލައިލަތުލްގަދްރިވިލޭރޭގެ
މާތްކަން ހާމަވާ 4 ސަބަބެއްލިޔޭ!
ލައިލަތުލް
ގަދްރި ހޯދުމަށް އަހަރެމެންނަށްކުރެވިދާނެ 4 ކަމެއްލިޔޭ!
ލައިލަތުލްގަދްރި
ވިލޭރޭ ސިއްރުކުރެއްވުމުގެ ޙިކުމަތަކީކޮބާ؟
ސޫރަތުލްގަދްރިން
ދޭހަވާ ކަންތައްތަކަކީކޮބާ؟
ލައިލަތުލްޤަދުރި
ވިލޭރޭ ކުރުން އެންމެ ރަނގަޅު ކަންތައްތަކަކީ ކޮބާ؟
''ލައިލަތުލްޤަދުރިވިލޭރޭ
1000 މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.'' މިޢިބާރާތުން ދޭހަވާ މާނަލިޔޭ!
''މަލާއިކަތުންނާއި
ޖިބްރީލުގެފާނު ﷲގެ އިޒުނަފުޅާއެކު ހުރިހާ އަމުރު ފުޅަކާއިގެން އެރޭ
ފައިބައި ވަޑައިގަންނަވާނެއެވެ.'' މިޢިބާރާތުން ދޭހަވަނީ ކޮންކަމެއް؟
ސޫރަތުލްޤަދުރި
ބާވައިލެއްވި ސަބަބު ބުނެދީ!
ގުރުއާނުގެޢިލްމު:
ގުރުއާނުގެ
ތަޢާރަފްލިޔޭ!
ކީރިތިގުރުއާނުގެ
ތަޢާރަފުގައި " ކިޔެވުން އަޅުކަމެއްގެގޮތުގައި ލައްވަވައި" މިހެންއޮތުމުންދޭހަވާ
މާނައަކީކޮބާ؟
ކީރިތިގުރުއާން
އަހަރެމެންނާ ހަމައަށް އައިސްފައިވަނީ " ތަވާތުރުގެމަގުންނެވެ". ބުނާބަހުގެމާނައަކީކޮބާ؟
ގުރުއާނުގެ ޢިލްމަކީކޮބާ؟ އަދި އޭގެ
މިސާލެއްލިޔޭ!
ގުރުއާނުގެ
ޢިލްމު އުގެނުމުގެ ފައިދާތަކުގެ ތެރެއިން 3 ފައިދާއެއްލިޔޭ!
ކީރިތިގުރުއާނަށް
ތަފާތު ނަންތަކެއް ދެވިފައިވާއިރު އޭގެތެރެއިން އެންމެ މަޝްހޫރު ދެނަމެއްލިޔޭ!
ގުރުއާނުގެ
ތައާރަފުގައި " އަރަބިބަހުންބާވައިލެއްވި"
މިހެންއޮތުމުންދޭހަވާމާނައަކީކޮބާ؟
ޤުރްއާނުގެ
ޢިލްމުގައި ހިމެނޭ މައިގަނޑު ބައިތަކަކީކޮބާ؟
އިސްލާމްދީނަށް
ގޮވާލެއްވުމުގައި ރަސޫލުންނާއި ނަބިއްޔުން ދީނަށް ގޮވައިލެއްވުމުގައި
ބޭނުންކުރެއްވި ޙިކުމަތްތެރި ގޮތްތަކުގެ މިސާލެއް ބުނެދީ!
ކީރިތިޤުރްއާނަށް ދެވިފައިވާ ނަންތަކުގެ
ތެރެއިން ޤުރްއާނަށް ا لفر قا ن
ކިޔުނީ ކީއްވެ؟
އިސްރާ
ސޫރަތުގެ 9 އާޔަތުގެ މާނާގައިވެއެވެ. ''ހަމަކަށަވަރުން މިޤުރްއާން އެންމެ ސީދާމަގަށް
މަގުދައްކަވައެވެ'' މިއާޔަތުގައި ބަޔާންކޮށްފައިވާ ސީދާވެގެންވާ މަގަކީ
ކޮބައިކަން ބުނެދީ!
މާނައީ: " ޙިކުމަތާއި
ރިވެތި ވައުޟާއެކު ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް ކަލޭގެފާނު
ގޮވައިލައްވާށެވެ. އަދި ރިވެތިގޮތުގައި އެބައިމީހުންނާއި
ޖަދަލުކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ
އެކަލާނގެ މަގުން އެއްކިބާވެގެންވާމީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި
ތެދުމަގުލިބިގެންވާމީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." މިމާއިން
ދޭހަވާ ދެކަމެއްލިޔޭ!
ގުރުއާން
ބާވައިލެއްވުން:
ގުރުއާން
ބާވައިލެއްވުމަކީކޮބާ؟
ވަޙީގެ
ތައާރަފެއްލިޔޭ!
ގުރުއާނުގެ
ދެބާވައިލެއްވުމަކީކޮބާ؟
ކީރިތިގުރުއާނުގެ
ފުރަތަމަ ބާވައިލެއްވުމަކީކޮބައިކަމާއި މިބާވައިލެއްވުނީ ކިހިނެއްކަމާއި،
ކޮންރެއެއްގައިކަން ބަޔާންކުރޭ!
ސަމާވީ ފޮތްތަކަކީކޮބާ؟
(މިއަކުރުގެމުރާދު ދެނެވޮޑިގެންވަނީމާތްﷲއެވެ.) ބަޔާންވެގެންވާފޮތްގަންދެއްވައި ވަޙީކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއެފޮތް ( ގުރުއާން) ބާވައިލެއްވީ
ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން އިންޒާރުކުރައްވާކަލަކު
ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ." މިމާނައިން ދޭހަވާ ދެކަމެއްލިޔޭ!
" ހަމަކަށަވަރުން ތިމަންރަސްކަލާނގެ
އެގުރުއާންބާވައިލެއްވީ ލައިލަތުލް ގަދްރިވިލޭރޭގައެވެ."
މިމާނައިން ދޭހަވާ
ކަމެއްލިޔޭ!
ކީރިތިގުރުއާން
އެންމެ ރެއަކުންބާވައިލެއްވުނުކަމުގެ ހެއްކަކީކޮބާ؟
ކީރިތިގުރުއާނުގައި
އެފޮތް ބާވައިލެއްވުނުރޭ ސިފަކުރައްވާފައިވަނީ ކޮންގޮތަކަށްކަމާއި
އެރެއަކީކޮބައިކަން ބަޔާންކުރޭ!
ކީރިތިގުރުއާނުގެ
ދެވަނަބާވައިލެއްވުމަކީކޮބައިކަމާއި، އަދި މިބާވައިލެއްވުނީ ކޮންގޮތަކަށްކަމާއި،
އަދި ކިހާމުއްދަތެއްގެތެރޭގައިކަން ބަޔާންކުރޭ!
"ކާފިރުވީމީހުންބުންޏެވެ. އެކަލޭގެފާނުގެމައްޗަށް
އެއްފަހަރާ ގުރުއާން ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެއީ،ތިމަންރަސްކަލާނގެ
އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި
ތިމަންރަސްކަލާނގެ އެގުރުއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ." މިއީ
ފުރުގާންސޫރަތުގެ 32 ވަނައާޔަތުގެމާނައެވެ. މިމާނައިން ދޭހަވާ ތިންކަމެއްލިޔޭ!
ގުރުއާން
ވަކިވަކިންބާވައިލެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން 4 ޙިކުމަތެއްލިޔޭ!
"ކާފިރުވީމީހުންބުންޏެވެ. އެކަލޭގެފާނުގެމައްޗަށް އެއްފަހަރާ ގުރުއާން
ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެއީ،ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ
ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެގުރުއާން ލަސްލަހުން
ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ." މިއީ ފުރުގާންސޫރަތުގެ 32 ވަނައާޔަތުގެމާނައެވެ. މިމާނައިން ދޭހަވާ ތިންކަމެއްލިޔޭ!
" ވަޙީއަކުން،
(އެބަހީ: އިލްހާމް،
ނުވަތަ ހުވަފެން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން ނުވަތަ
މަލާއިކަތަކު ފޮނުއްވައި، އެކަލާނގެއިޒުނަފުޅާއެކު، އެކަލާނގެ
އިރާދަކުރައްވާއެއްޗެއް ވަޙީކުރެއްވުމުން މެނުވީ އެއްވެސް އާދަމުގެ ދަރިއަކަށް ﷲ ބަސްވަޙީކުރެއްވުމެއްނުވެއެވެ." މިއީ
ޝޫރާ ސޫރަތުގެ 51 ވަނައާޔަތުގެމާނައެވެ.މިމާނާގައި ބަޔާންވެގެންވާ ވަޙީގެ
ތިންވައްތަރެއް ބަޔާންކުރޭ!
މައްކީސޫރަތާއި
މަދަނީސޫރަތް:
ކީރިތިގުރުއާނުގެ
ސޫރަތްތައް ޢިލްމުވެރިން ބަހާފައިވާ ބައިތަކަކީކޮބާ؟
މައްކީސޫރަތުގެ
ތަޢާރަފެއްލިޔޭ!
މަދަނީސޫރަތުގެ
ތަޢާރަފެއްލިޔޭ!
މައްކީސޫރަތް
ދެނެގަންނާނެ 4 ގޮތެއްލިޔޭ!
މަދަނީސޫރަތް
ދެނެގަންނާނެ 4 ގޮތެއްލިޔޭ!
މައްކީސޫރަތާއި
މަދަނީސޫރަތް ދެނެގަތުމުގެ ދެފައިދާއެއްލިޔޭ!
ޙަދީޘުގެ
ޢިލްމު:
ޙަދީޘުގެ
ލުޣަވީ މާނައާއި އިޞްޠިލާޙީ މާނަލިޔޭ!
ކީރިތިރަސޫލާގެ
ޙަދީޘެއްގެ ސަނަދާއި މަތަނުގެ ތައާރަފެއް މިސާލާއެކުލިޔޭ!
ޙަދީޘުއިލްމަށްކިޔާ
އަނެއްނަމަކީކޮބާ؟
ޙަދީޘެއްގެ
ޞައްޙަކަމާއި ނޫން ދެނެގަނެ، އެޙަދީޘެއް އިލްމުވެރިން ރައްދުކުރަނީ ކޮން
ގަވާޢިދެއްގެދަށުތަ؟
ޙަދީޘުއިލްމުގައި
އިލްމުވެރިން ރަސޫލާގެ ޙަދީޘް ބައްސަވާފައިވާ ދަރަޖަތަކަކީކޮބާ؟
ޙަދީޘުއިލްމުގެ
މައުޟޫއަކީކޮބާ؟
ޙަދީޘެއްގެ
"ސަނަދާއި މަތަނު ގަބޫލުކުރުމާއި ރައްދުކުރުން" މިއިބާރަތުން ދޭހަވާމާނަލިޔޭ!
ޙަދީޘުއިލްމުގެ
ފައިދާއަކީކޮބާ؟
ޙަދީޘުއިލްމުލިޔެރައްކާކުރަން
މެދުވެރިވިސަބަބަކީކޮބާ؟
އައްސުންނަތުއްނަބަވިއްޔާ
ސުންނަތް: މިބަހުގެމާނަލިޔޭ!
ސުންނަތުގެ
ތައާރަފެއްލިޔޭ!
ޙަދީޘް: މިބަހުގެމާނަލިޔޭ!
ޙަދީޘުއިލްމުވެރިންގެ
އިސްތިލާޙުގައި ޙަދީޘުގެ ތައާރަފްލިޔޭ!
ޙަދީޘު ޢިލްމުގައި ޚަބަރަކީކޮބައިކަން
ބަޔާންކުރޭ!
ޚަބަރުގެ
ތަޢާރަފުގައި އިލްމުވެރިންވިދާޅުވެފައިވާ ތަފާތު ތަޢާރަފުތައްލިޔޭ!
ޙަދީޘު
ޢިލްމުގައި ޚަބަރު ބެހިގެންވާ ބައިތަކަކީކޮބާ؟
ޚަބަރާއި
ޙަދީޘުގައި ތަފާތެއްވާކަމަށް ބައެއް ޢިލްމުވެރިން ދެކެއެވެ. މިތަފާތަކީކޮބާ؟
ޚަބަރު
މުތަވާތިރުގެ ތަޢާރަފްލިޔޭ!
ޚަބަރު
އާޙާދުގެ ތައާރަފްލިޔޭ!
ޚަބަރުމުތަވާތިރާ
ޚަބަރު އާޙާދުގެ ތަފާތުބަޔާންކުރޭ!
ޚަބަރުމުތަވާތިރުގައި
ގިނަޢަދަދެއްގެ ރާވީންތިބުމުން ދޭހަވަނީކޮންކަމެއް؟
ޙަދީޘު
ޢިލްމުގައި "އަޘަރު" މިބަހުގެ ލުޣަވީމާނައާއި އިސްތިލާޙީ
މާނަލިޔޭ!
ރަސޫލާގެ
ޙަދީޘުގެ މަޤާމް:
ކީރިތިރަސޫލާގެ
ޙަދީޘުގެ ޝަރުޢީ ޙައިޘިއްޔަތަކީކޮބާ؟
ކީރިތިރަސޫލާގެ
ޙަދީޘުގެ މަގާމް އަންގައިދޭ ދެކަމެއްލިޔޭ!
ޙަދީޘަކީ
ގުރުއާނުގެ ޝަރަޙައޭ ބުނެވޭބަހުގެމާނައަކީކޮބާ؟
ޙަދީޘަކީ
ގުރުއާނުގެ ޝަރަޙަކަންއަންގައިދޭ ދެމިސާލެއް ތަފްސީލުކޮށްލިޔޭ!
" އަދި ޒަމާންވީ ގެފުޅުގައި އެބައިމީހުން
ޠަވާފުކުރާހުށިކަމެވެ." ވީމާ، ކީރިތިރަސޫލާގެޙަދީޘަކީ ގުރުއާނުގެ ޝަރަޙަކަން
މިއާޔަތުން ދަލީލުކުރާގޮތް ބަޔާންކުރޭ!
ރަސޫލާގެ
ޙަދީޘުގައި ހިމެނިފައިވާ ހުކުމްފުޅުތަކަކީ މާތްﷲގެ ޙަޟުރަތުން އައިސްފައިވާ
ޙުކުމްތަކެއްކަން އަންގައިދޭ ގުރުއާނުގެ ދަލީލެއްލިޔޭ!
" އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް
ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައިނޫނީ
ނުވެއެވެ." މިމާނައިން ދޭހަވާ ދެކަމެއްލިޔޭ!
ކީރިތިރަސޫލާގެ
ސުންނަތައް ތަބައަވުމުގެ ޙުކުމަކީކޮބާ؟
ރަސޫލާގެ
ސުންނަތައް ތަބައަވުމުގެ ފައިދާތަކުގެ ތެރެއިން 4 ފައިދާއެއްލިޔޭ!
" އިންކާރުކުރިމީހަކުފިޔަވައި ( ރަސޫލާއަށް) ތިމަންކަލޭގެފާނުގެ
އުއްމަތުގެ އެންމެން ސުވަރުގެ ވަންނާނެއެވެ. " އަސްޙާބުންދެންނެވިއެވެ. އިންކާރުކުރާމީހަކީކޮބައިތޯއެވެ.؟ ޙަދީޘުކުރެއްވިއެވެ. " ތިމަންކަލޭގެފާނާށްކިޔަމަންވެއްޖެމީހަކު
ސުވަރުގެ ވަންނާނެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހަކީ ފަހެ
ހަމަކަށަވަރުން އިންކާރުކޮށްފިމީހެކެވެ." މިހަދީޘު ބަސްފުޅުން އަންގައިދޭ ގޮތުގައި ރަސޫލާގެ ޙަދީޘަށް ތަބައަވުމުން
ލިބޭ ދެފައިދާއެއްލިޔޭ!
ނަބަވީ
ޙަދީޘާއި ގުދުސީ ޙަދީޘުގެ ތަފާތު ބަޔާންކުރޭ!
No comments:
Post a Comment