Sunday, August 5, 2012

2010ގެ އެސް،އެސް،ސީ އަށް ތައްޔާރުވުން


2010ގެ އެސް،އެސް،ސީ އަށް ތައްޔާރުވުން
(1)- ކީރިތި ޤުރުއާންއާއި ރަސޫލާގެ ސުންނަތުން، އެކަމާބެހޭ އެއްވެސް ޙުކުމެއް އެނގެންނެތް މައްސަލައެއް ކުރިމަތިވެއްޖެނަމަ ހަދާނެގޮތް އިސްލާމީ ޝަރީޢަތުގެ އަލީގައި ބަޔާންކުރޭ!


(2) إسلامى شريعة ގެ أصل ތައް ބިނާވެގެންވާ ކަންކަމުގެ ތެރޭގައި "إجماع" ވުމުގެ أصل ހިމެނިފައި އޮތުމުން مسلمން ނަށް ލިބޭ ފައިދާ އަކީ ކޮބާ؟
(3) މީސްތަކުންނާއެކު ކުރެވޭ މުޢާމަލާތްތަކުގައި ރިބާ ހިމަނައިގެން ކުރެވިދާނެ ދެބާވަތެއްގެ މުޢާމަލާތު ވެއެވެ. އެއީ ކޮންދެބާވަތެއްކަން ބަޔާންކުރޭ!


(4) ޣައިރުމުސްލިމު އަންހެނުންގެ ތެރެއިން، މުސްލިމު ފިރިހެނަކަށް ކާވެނިކުރެވޭނީ ކޮންކޮން ދީންތަކެއްގެ ބަޔަކާ އެކުގައިކަން ބަޔާންކުރޭ! އަދި އެފަދަ މީހުންނާ ކައިވެނިކުރުމުގެ ޙުކުމަކީ ކޮބައިކަމާއި އެޙުކުމް އެގޮތަށް އައިސްފައިވަނީ ކީއްވެގެންކަން ހާމަކުރޭ!





(5) ދިވެހި ވިޔަފާރި ވެރިޔަކު ޖަޕާނުގެ ކުންފުންޏަކުން ގަތް މޮބައިލް ފޯނު ތަކަކަށް އެކުންފުނިންއަގު ކަނޑައަޅާފައިވަނީ، ޖަޕާނުފައިސާއިންނެވެ. އެހެންނަމަވެސް ރާއްޖެއަށް އެމުދާ އައުމުން، ރާއްޖޭގެ ވިޔަފާރިވެރިޔާ އެ މުދަލުގެ އަގު އަދާކުރުމަށްޓަކައި ބޭންކަން ދެއްކީ ދިވެހި ރުފިޔާއެވެ. ޖަޕާނުފައިސާގެ އަގު މައްޗަށް ނުވަތަ ދަށަށްދާދިއުމުގައި އެމުދަލަށް ދައްކަންޖެހޭ ދިވެހިފައިސާއަށް ބަދަލުއާދެއެވެ. މިކަހަލަ މުޢާމަލާއެއްގައި ރިބާ ހިމެނިދާނެގޮތާ ރިބާ ނުހިމެނޭނެ ގޮތަށް އެމުދަލުގެ އަގު އަދާކުރެވޭނީ ކިހިނަކުންކަން ބަޔާންކުރޭ!




(6) އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކުގެ އަލީގައި ކައިވެނި ކުރުމަށް ބާރު އަޅުއްވާފައިވާ މިންވަރު ހާމަވާ 3 ހެއްކެއް ލިޔޭ!





(7) ކައިވެނީގެ ޞީޣާގައި އީޖާބާއި ޤަބޫލު މާޟީގެ މާނަ ދޭހަވާފަދަ ގޮތެއްގައި އޮތުމުގެ ބޭނުމަކީ ކޮބާ؟



(8) މަރިޔަމްގެ ފިރިމީހާ އެހެންމީހަކާ ކައިވެނި ކުރީ ވޭތުވެދިޔަ ހަފާތާގެ ހޮނިހިރު ދުވަހުއެވެ. އެއީ ބިކުރުވެރި އަންހެނަކަށްވާތީ މުޅި އެހަފްތާ އޭނާ ހޭދަކުރީ ހަގު އަނބި ރުޤިއްޔާގެ ގޭގައެވެ. ޖެހިގެންއައި ދުވަހު ހެނދުނު، މަރިޔަމްގެ ފިރިމީހާ ޙަސަނު، ފޯނުކޮށްފައި ދޮށީ އަނބި މަރިޔަމްވަރިކޮށްފިއެވެ. އެއިރު މަރިޔަމްއިނީ ބަލިވެކަން ނުވަތަ ނޫންކަން ޔަޤީނެއްނުވެއެވެ. މިޙާދިޘާ ކިޔުމަށްފަހު އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!
(1) ހަސަނުގެ އަލަތު އަނބި މަރިޔަމް ވަރިކޮށްފައިވަނީ ވަރީގެ ކޮންބާވަތަކުން؟ ސަބަބާއެކު ބަޔާންކުރޭ!



(2) މަރިޔަމް ދެން އެހެންމީހަކާ އިންނަނަމަ އޭނާއަށް ދެން އެހެންމީހަކާ އިދެވޭނީ ކޮންދުވަހަކުންކަން ނުވަތަ ކޮންވަޤުތަކުންކަން ތަފްޞީލުކޮށްލިޔޭ!



(9) އިސްލާމީ ހަތަކާއިއުޞޫލުތަކުގެ މަތީން ކައިވެނިކޮށްގެން ދިރިއުޅޭ ބަޔަކުތިބި މުޖުތަމަޢަކާއި ބަދުއަޚްލާޤީ ޢަމަލުތައް ފެތުރިފައިވާ މުޖުތަމަޢަކާ ދެމެދު ހުންނާނެ ތަފާތުތަކުގެ ތެރެއިން 3 ކަމެއްލިޔޭ!




(10) ޒިނޭކުރާ މީހުން ބެހިފައިވާ ބައިތައް އެއިގެ ތަޢުރީފާއެކު ބަޔާންކުރޭ!

(11) ކައިވެނީގެ ޢަޤުދުގައި ރަންނުކިޔަސް ކައިވެނި ޞައްޙަވާނެތީ އައިމިނަ، މުޙައްމަދާއިނީ ރަންނުކިޔައެވެ. މުޙައްމަދު މިއޮތީ އައިމިނަގެ ރަނޭކިޔާފައި 500 ރުފިޔާ ދިނުމުން އައިމިނަ މިރަނާ ޤަބޫލެއްނުވިއެވެ. އިސްލާމީ ފިޤުހުގެ އަލީގައި މިމައްސަލަ ޙައްލުކުރާނެގޮތް ބަޔާންކުރޭ!

(12) ކަމެއް އަދާކުރަންޖެހޭ މީހަކާ ގުޅޭގޮތުން ވާޖިބު ބެހޭ ބައިތަކަކީ ކޮބާ؟


(13) އަންހެނަކު حيض ގެ ދުވަސްވަރު ވަރި ކުރުމުގެ حكم އަކީ ކޮބާ؟ އަދި އެ حكم އައިސްފައިވުމުގެ حكمة އަކީ ކޮބާ؟


(14) ދޮންފާތުމަ މީހަކާއިދެގެން އުޅެނިކޮށް ފިރިމީހާ ނިޔާވެއްޖެއެވެ. އޭނާގެ ޢިއްދާގެ މުއްދަތު ހަމަ ވުމާއެކު، ކައިވެނިވުމަށް ހުށައެޅީ ދޮންފާތުމަ އިދެގެންހުއްޓާ ނިޔާވި އޭނާގެ ފިރިމީހާއަށް ދޮންބައްޕަ ކިޔާމީހެކެވެ. މި ފިރިހެންމީހާ، ދޮންފާޠުމާއާ ކައިވެނިކުރުން ހުއްދަވާނެކަން ނުވަތަ ނޫންކަން ސަބަބާއެކު ލިޔޭ!

ރިވިސަން 4ގެ މާކިން ޖަވާބުތައް
(1)- ކީރިތި ޤުރުއާންއާއި ރަސޫލާގެ ސުންނަތުން، އެކަމާބެހޭ އެއްވެސް ޙުކުމެއް އެނގެންނެތް މައްސަލައެއް ކުރިމަތިވެއްޖެނަމަ ހަދާނެގޮތް އިސްލާމީ ޝަރީޢަތުގެ އަލީގައި ބަޔާންކުރޭ!
ޖަވާބު: އިޖުމާޢުވުން

(2) إسلامى شريعة ގެ أصل ތައް ބިނާވެގެންވާ ކަންކަމުގެ ތެރޭގައި "إجماع" ވުމުގެ أصل ހިމެނިފައި އޮތުމުން مسلمން ނަށް ލިބޭ ފައިދާ އަކީ ކޮބާ؟
ޖަވާބު: * ޤުރުއާނާއި ސުންނަތުގައި ގޮތެއް ނިންމާފައިނުވާ ކަންކަމުގައި ގޮތެއް ނިންމުމުގެ ފުރުޞަތު މުސްލިމުންނަށް އޮތުން. *
(3) މީސްތަކުންނާއެކު ކުރެވޭ މުޢާމަލާތްތަކުގައި ރިބާ ހިމަނައިގެން ކުރެވިދާނެ ދެބާވަތެއްގެ މުޢާމަލާތު ވެއެވެ. އެއީ ކޮންދެބާވަތެއްކަން ބަޔާންކުރޭ!
ޖަވާބު: * ވިޔާފާރީގެ މުޢާމަލާތް / ވިޔާފާރި * ދަރަނީގެ މުޢާމަލާތް/ ދަރަނި

(4) ޣައިރުމުސްލިމު އަންހެނުންގެ ތެރެއިން، މުސްލިމު ފިރިހެނަކަށް ކާވެނިކުރެވޭނީ ކޮންކޮން ދީންތަކެއްގެ ބަޔަކާ އެކުގައިކަން ބަޔާންކުރޭ! އަދި އެފަދަ މީހުންނާ ކައިވެނިކުރުމުގެ ޙުކުމަކީ ކޮބައިކަމާއި އެޙުކުމް އެގޮތަށް އައިސްފައިވަނީ ކީއްވެގެންކަން ހާމަކުރޭ!
ޖަވާބު: * ޔަހޫދީންނާޢި ނަޞާރާއިންގެ އަންހެނުންނާއެވެ. / ފޮތުގެ އަހުލުވެރިން / އަހުލުކިތާބީން. * ހުއްދަ * އެއީ މަކްރޫހަކަމެއް * މަކުރޫހަވީ އެއަންހެނާގެ ދީނުގެ އަސަރު ފޯރާފާނެތީއެވެ. ނުވަތަ އަންހެންމީހާގެ މައިންބަފައިންގެ ނުފޫޒުގައިޖެހިދާނެކަމަށްޓަކައެވެ. ނުވަތަ ލިބޭ ދަރިން އިސްލާމީ ތަރުބިއްޔަތުން މަހުރޫމްވެދާނެތީއެވެ.

(5) ދިވެހި ވިޔަފާރި ވެރިޔަކު ޖަޕާނުގެ ކުންފުންޏަކުން ގަތް މޮބައިލް ފޯނު ތަކަކަށް އެކުންފުނިންއަގު ކަނޑައަޅާފައިވަނީ، ޖަޕާނުފައިސާއިންނެވެ. އެހެންނަމަވެސް ރާއްޖެއަށް އެމުދާ އައުމުން، ރާއްޖޭގެ ވިޔަފާރިވެރިޔާ އެ މުދަލުގެ އަގު އަދާކުރުމަށްޓަކައި ބޭންކަން ދެއްކީ ދިވެހި ރުފިޔާއެވެ. ޖަޕާނުފައިސާގެ އަގު މައްޗަށް ނުވަތަ ދަށަށްދާދިއުމުގައި އެމުދަލަށް ދައްކަންޖެހޭ ދިވެހިފައިސާއަށް ބަދަލުއާދެއެވެ. މިކަހަލަ މުޢާމަލާއެއްގައި ރިބާ ހިމެނިދާނެގޮތާ ރިބާ ނުހިމެނޭނެ ގޮތަށް އެމުދަލުގެ އަގު އަދާކުރެވޭނީ ކިހިނަކުންކަން ބަޔާންކުރޭ!
* ޖަވާބު: * މިމުޢާމަލާތުގައި ރިބާއެއް ނުހިމެނޭނެއެވެ. ރިބާނުހިމެނޭގޮތް: *މިއީ ރިބާހިމެނޭ ބާވަތަކަށްނުވާތީ * ފައިސާއާއި ފޯނާ ބަދަލުކުރާތީ * ފައިސާ

(6) އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކުގެ އަލީގައި ކައިވެނި ކުރުމަށް ބާރު އަޅުއްވާފައިވާ މިންވަރު ހާމަވާ 3 ހެއްކެއް ލިޔޭ! ޖަވާބު: * ކައިވެނިކުރުމަކީ ނަބީބޭކަލުންގެ ސުންނަތެއްކަން * ކައިވެނީގެ މުޤައްދަސް ގުޅުމުން ދަރިންލިބުމަކީ ބޮޑު ނިޢުމަތެއްކަން އަންގަވާފައިވުން. * ބައެއް ޙާލަތްތަކުގައި ކައިވެނިކުރުމަކީ ވާޖިބެއްކަމުގައި އަންގަވާފައިވުން. * ކީރިތި ރަސޫލާ އެކަމަށް ބާރުއަޅުއްވާފައިވުން. * ދަރިފަސްކޮޅު ސަލާމަތްތކުރުމަށް އަންގަވާފައިވުން * ޢިއްފަތްތެރިކަން ރައްކާތެރިކުރުން.
(7) ކައިވެނީގެ ޞީޣާގައި އީޖާބާއި ޤަބޫލު މާޟީގެ މާނަ ދޭހަވާފަދަ ގޮތެއްގައި އޮތުމުގެ ބޭނުމަކީ ކޮބާ؟
ޖަވާބު: * ދެފަރާތުގެ ޤަބޫލުކުރުން ކަނޑައެޅިގެން ހާމަވުން. * ކައިވެނި ކޮށްފިކަން އެގުން.



(8) މަރިޔަމްގެ ފިރިމީހާ އެހެންމީހަކާ ކައިވެނި ކުރީ ވޭތުވެދިޔަ ހަފާތާގެ ހޮނިހިރު ދުވަހުއެވެ. އެއީ ބިކުރުވެރި އަންހެނަކަށްވާތީ މުޅި އެހަފްތާ އޭނާ ހޭދަކުރީ ހަގު އަނބި ރުޤިއްޔާގެ ގޭގައެވެ. ޖެހިގެންއައި ދުވަހު ހެނދުނު، މަރިޔަމްގެ ފިރިމީހާ ޙަސަނު، ފޯނުކޮށްފައި ދޮށީ އަނބި މަރިޔަމްވަރިކޮށްފިއެވެ. އެއިރު މަރިޔަމްއިނީ ބަލިވެކަން ނުވަތަ ނޫންކަން ޔަޤީނެއްނުވެއެވެ. މިޙާދިޘާ ކިޔުމަށްފަހު އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!
(1) ހަސަނުގެ އަލަތު އަނބި މަރިޔަމް ވަރިކޮށްފައިވަނީ ވަރީގެ ކޮންބާވަތަކުން؟ ސަބަބާއެކު ބަޔާންކުރޭ!
ޖަވާބު: * ބިދުޢީ/ ޙަރާމް/ ސުންނަތްނޫން/ ހުއްދަނޫން ސަބަބު: އޭނާއަށް ދޭންޖެހޭ ރޭކުރުމުގެ ޙައްޤުނުދީ ވަރިކުރުން. / ބަލިވެއިންކަން އެގުމުގެ ކުރިން ވަރިކުރުން. * ރަޖުޢީ ވަރިއެއް: ސަބަބު ފުރަތަމަފަހަށް ކުރި ވަރިކަމަށް ވާތީ

(2) މަރިޔަމް ދެން އެހެންމީހަކާ އިންނަނަމަ އޭނާއަށް ދެން އެހެންމީހަކާ އިދެވޭނީ ކޮންދުވަހަކުންކަން ނުވަތަ ކޮންވަޤުތަކުންކަން ތަފްޞީލުކޮށްލިޔޭ!
ޖަވާބު: * ކމަރިޔަމްއިނީ ބަލިވެނަމަ ވިހެއުމަށްފަހު * ޙައިޟުނުވާނަމަ ތިންމަސް * ޙައިޟުވާނަމަ ތިންޠުހުރު /ތިންޤުރުޢު


(9) އިސްލާމީ ހަތަކާއިއުޞޫލުތަކުގެ މަތީން ކައިވެނިކޮށްގެން ދިރިއުޅޭ ބަޔަކުތިބި މުޖުތަމަޢަކާއި ބަދުއަޚްލާޤީ ޢަމަލުތައް ފެތުރިފައިވާ މުޖުތަމަޢަކާ ދެމެދު ހުންނާނެ ތަފާތުތަކުގެ ތެރެއިން 3 ކަމެއްލިޔޭ!
ޖަވާބު: * ޖިންސީ އެދުން ފުއްދުންވެސް އަޅުކަމެއްކަމުގައިވުން. * ނަސަބުރައްކާތެރިވުން. * ޢާއިލީ ގުޅުންބަދަހިވެ މުޖުތަމަޢު އެކުވެރިވުން. * ދަރިންނަށް ތަރުބިއްޔަތާއި ތަޢުލީމުލިބުން. * މައިންބަފައިންގެލޯބި ދަރިންނަށްލިބުން. * ދަރިންނާއި އަންހެނުން ޚަރަދުލިބުން.

(10) ޒިނޭކުރާ މީހުން ބެހިފައިވާ ބައިތައް އެއިގެ ތަޢުރީފާއެކު ބަޔާންކުރޭ!
ޖަވާބު: * މުޙުޞަނުން ؛ އެއީ ޒިނޭކުރުމުގެ ކުރިން ރަގަޅު ކައިވެންޏެއްކޮށްފައިވާ މީހުން. * ޣައިރު މުޙުޞަނުން: އެއީ ޒިނޭކުރުމުގެ ކުރިން ރަގަޅު ކައިވެންޏެއްކޮށްފައިނުވާ މީހުން.
(11) ކައިވެނީގެ ޢަޤުދުގައި ރަންނުކިޔަސް ކައިވެނި ޞައްޙަވާނެތީ އައިމިނަ، މުޙައްމަދާއިނީ ރަންނުކިޔައެވެ. މުޙައްމަދު މިއޮތީ އައިމިނަގެ ރަނޭކިޔާފައި 500 ރުފިޔާ ދިނުމުން އައިމިނަ މިރަނާ ޤަބޫލެއްނުވިއެވެ. އިސްލާމީ ފިޤުހުގެ އަލީގައި މިމައްސަލަ ޙައްލުކުރާނެގޮތް ބަޔާންކުރޭ! ޖަވާބު: * ޤާޟީ ކަނޑަޅާ ރަނެއް

(12) ކަމެއް އަދާކުރަންޖެހޭ މީހަކާ ގުޅޭގޮތުން ވާޖިބު ބެހޭ ބައިތަކަކީ ކޮބާ؟
ޖަވާބު: * ފަރުޟު ޢައިނު * ފަރުޟު ކިފާޔާ
(13) އަންހެނަކު حيض ގެ ދުވަސްވަރު ވަރި ކުރުމުގެ حكم އަކީ ކޮބާ؟ އަދި އެ حكم އައިސްފައިވުމުގެ حكمة އަކީ ކޮބާ؟
ޖަވާބު: * ޙަރާމް / ބިދުޢީ / ސުންނަތާ ޚިލާފު ވަރިއެއް ހިކުމަތް: * ޢިއްދާގެ މުއްދަތު ދިގުވިޔަނުދިނުން. /އަންހެނާ ޙިމާޔަތްކުރުން. * އަންހެނާއަށްލިބޭ އުދަގޫމަދުކުރުން.

(14) ދޮންފާތުމަ މީހަކާއިދެގެން އުޅެނިކޮށް ފިރިމީހާ ނިޔާވެއްޖެއެވެ. އޭނާގެ ޢިއްދާގެ މުއްދަތު ހަމަ ވުމާއެކު، ކައިވެނިވުމަށް ހުށައެޅީ ދޮންފާތުމަ އިދެގެންހުއްޓާ ނިޔާވި އޭނާގެ ފިރިމީހާއަށް ދޮންބައްޕަ ކިޔާމީހެކެވެ. މި ފިރިހެންމީހާ، ދޮންފާޠުމާއާ ކައިވެނިކުރުން ހުއްދަވާނެކަން ނުވަތަ ނޫންކަން ސަބަބާއެކު ލިޔޭ!
ޖަވާބު: * ހުކުމް: ހުއްދަވާނެއެވެ. ސަބަބު: އެއަންހެނާގެ ދަރިއކަށް ނުވާތީ * ހުކުމް: ޙަރާމް ސަބަބު: އެއަންހެނާގެ ދަރިއަކަށް ވާތީ



No comments:

Post a Comment