Saturday, January 15, 2011

އަމާނާތް ގެއްލުން

ضِيَاعُ الأَمَانَةِ
އަމާނާތްގެއްލުން

فَإِذَا ضُيِّعَتْ الأَمَانَة فَانْتَظِرِ السَّاعَة قَالَ:  كَيْفَ إِضَاعَتُهَا؟ قَالَ : (ص) إِذَا وُسِّدَ الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِر السَّاعَةَ   (رواه البخاري)[1]
ޙަދީޡްގެމާނަ
މިއީ، ވަރަށް ދިގުވާހަކައެއްގެ ތެރެއިން ތަންކޮޅެކެވެ. މިޙަދީޘް ވާރިދުވި ސަބަބު އެވާހަކައިގައި މިފަދައިން އާދެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ (ޞ) އެކަލޭގެފާނުގެ އަޞްޙާބުންނަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮން އަޢުރާބީންގެ މީހަކުއައިސް ކީރިތި ރަސޫލާ (ޞ) އާ ސުވާލުކުރެއްވިއެވެ. ޤިޔާމަތްވަނީ ކޮންއިރަކުންތޯއެވެ؟ ނަމަވެސް އެކަލޭގެފާނު ޖަވާބު ނުދެއްވާ ދައްކަވަމުންގެންދެވި ވާހަކަ ކުރިއަށް ގެންދެވިއެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ދެންނެވިއެވެ. އެކަލޭގެފާނަށް ސުވާލެއް އިވިނުލައްވައެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވިއެވެ. އަޑުއެއްސެވިއެވެ. ނަމަވެސް އެސުވާލަށް ރުހި ވަޑައި ނުގެންނެވީއެވެ. ކޮންމެ އަކަށް އެކަލޭގެފާނު ދައްކަވަމުން ދިޔަވާހަކަ ނިމުމާއެކު، ޤިޔާމަތްދުވަހާ ބެހޭގޮތުން ސުވާލުކުރި މީހާ ކޮބައިހެއްޔެވެ؟ މިހެން ދެންނެވިއެވެ. އެމީހަކު އެއީ އަހުރެންނޭ ދެންނެވުމުން ޙަދީޘްކުރެއްވި މަތީގައިވާ ބަސްފުޅެވެ. ޙަދީޘްގެ މާނައަކީ "ފަހެ، އަމާނާތްގެއްލިއްޖެނަމަ ތިބާ ޤިޔާމަތަށް އިންތިޒާރުކުރާށެވެ. އޭނާ ދެންނެވިއެވެ. އަމާނާތް ގެއްލިދާނެގޮތަކީ ފަހެ ކޮބައިތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ.  ކަންތައްތައް އެކަންކަމުގެ ޤާބިލުކަން ނެއްމީހުންނާ ޙަވާލުކުރެވިއްޖެނަމަ ފަހެ، ތިބާ ޤިޔާމަތަށް އިއްތިޒާރުކުރާށެވެ.

ޙަދީޘުން ލިބޭ އިރުޝާދުތައް
1.    އަމާނާތުގެ މުހިއްމުކަން
2.    ޤިޔާމާތްވާ ހިނދު އަމާނާތްތެރިއަކު ބިމުގައި ނުވުން
3.    ކަންކަމަށް އެކަމުގެ އަހުލުވެރި ޤާބިލުވެރިން އިސްކުރުމީ ތަންތައް ކުރިއަރާ ތަރަށްވުމަށް އޮތް ވަސީލަތެއްކަން
4.    ޤިޔާމަތާބެހޭ ގޮތުން ސުވާލުކުރެވޭނެކަން
5.    އެފަދަ ސުވާލުތަކަށް ޖަވާބުގައި ޤިޔާމަތުގެ ޢަލާމާތް ކިޔަައި ދިނުން
6.    ފިލާވަޅުގެ ވަގުތުގައި ސުވާލުކުރުން



ސުވާލުތައް
1-      އަމާނަތަކީކޮބާ؟
2-     އަމާނާތް ގެއްލިދިއުމަކީ ކޮބައިކަން މި ޙަދީޘްގެ އަލީގައި ބަޔާންކުރޭ!
3-     ޙަދީަޘުން ދޭހަވާކަންތައްތައް ލިޔޭ!
4-     ޤިޔާމަތް ދުވަހުގެ ބައެއް ޢަލާމާތްތައް ލިޔޭ!







[1]  މުޙައްދިޘުންގެ އެންމެ މަތީއިމާމެވެ. ނަންފުޅަކީ: މުޙައްމަދު ބްނު އިސްމާޢީލްއެވެ. ކުންޔާއަކީ އަބޫޢަބުދުﷲއެވެ. މަޝްހޫރުވެފައިވަނީ އަލްއިމާމުލް ބުޚާރީގެ ގޮތުގައެވެ.

No comments:

Post a Comment