عُقُوْقُ الأُمَّهَاتِ
މައިންބަފައިންނަށް ނުކިޔަމަންތެރިވުން
عَنٍ مُغِيْرَةَ بْنِ شُعْبَة [1]رَضِيَ اللهُ تَعَالَي عَنْهُ عَن النَّبِيُّ (ص) قَال إِنَّ اللهَ حَرَّمَ عَلَيْكُمْ عُقُوْقَ الأُمَّهَاتِ وَوَأْد الْبَنَاتِ وَمَنَعَ وَهَاتِ وَكَرِهَ لَكُمْ قِيْلَ وَقَالَ وَكَثْرَةِ السُّوَالِ وَإِضَاعَةَ الْمَالِ (متفق عليه)
ބައެއްކަލިމަތަކުގެ މާނަ
§ عُقُوْقَ الأُمَّهَاتِ މިބަހުގެ މައިންބަފައިންނަށް ނުކިޔަމަންތެރިވެ، އެމީހުންގެ ޙައްޤުތައް އަދާނުކުރުން.
§ وَأْد الْبَنَاتِ ދިރިހުއްޓާދަރިން ވަޅުލުން
§ مَنَعَ وَهَاتِ ތިމާގެމައްޗަށް އަދާކުރުން ޙައްޤުވާޖިބެއް އަދާކުރުން މަނާވެގަތުމާއެކު ތިމާއަށް ލިބުން ޙައްޤުނޫން އެއްޗަކަށް އެދުން
§ وَكَرِهَ لَكُمْ قِيْلَ وَقَالَ ބުނެވުނެވެ. މިހެންކިޔައެވެ. މިފަދަ ވާހަކަތައް އުފުލުން ތިޔަބައިމީހުންނަށްޓަކައި ރުހިގެން ނުވެއެވެ. ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. މީހަކަށް ކުރެވޭ ފާފައަކަށްވުން އޭނާ ހުރިހާ ވާހަކައެއް ފަތުރާ އެ އެހެންފަރާތްތަކަށް އުފުލުން ފުދިގެންވެއެވެ.
މުޣީރަތުބްނުޝުޢުބާ ކީރިތި ރަސޫލާ (ޞ) ގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް މައިންބަފައިންނަށް ނުކިޔަމަންތެރިވެ އެމީހުންގެ ޙައްޤުތައް އަދާނުކުރުމާއި ދަރިން ދިރިތިއްބާ ވަޅުލުމާއި އަދި ތިމާގެ މައްޗަށް އަދާކުރަންޖެހިފައިވާ ޙައްޤު އަދާކުރުން މަނާކޮށްފައި ތިމާއަށް ޙައްޤުނޫން އެއްޗެތި ލިބުމަށް އެދުން ޙަރާމްކުރެއްވިއެވެ. އަދި ބުންޏޭ، ބުނެވުނޭ [2]ކިޔައިގެން ދެކެވޭ ވާހަކަތަކާއި ، ގިނަގިނައިން ސުވާލުކުރުމާއި އަދި މުދާބޭކާރުގޮތުގައި ނަގާލުން މަކުރޫހަކަމުގައި ކަޑައެޅުއް ވިއެވެ.
ޙަދީޘުން ލިބޭ އިރުޝާދުތައް
1. ﷲއަށް އުރެދުމެއްކަމުގައި ނުވާ ކަންކަމުގައި މައިންބަފައިންނަށް ނުކިޔަމަންތެރިވުމީ ބޮޑުފާފައެއްކަން
2. ދަރިން ދިރިހުއްޓާ ވަޅުލުން، ފުރާނައެޅުމަށްފަހު އެބޯޝަން ހެދުންފަދަ ކަންތައް ޙަރާމްވުން
3. އިވޭކޮންމެ ވާހަކައެއްގެ ޙަޤީޤަތް ނުބަލައި ދެއްކުން މަނާވުން
4. މުދާބޭކާރުގޮތުގައި ހަރަދުކުރުމަކީ ﷲ ނުރުއްސަވާކަމެއްކަން
5. ބޭކާރު ސުވާލުކުރުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫންކަން
6. މައިންބަފައިންގެ މަތިވެރިކަން
ފިލާޅުގެ ސުވާލުތައް
1- ޙަދީޘްރިވާކުރެއްވި ފަރާތުގެ ޙަޔާތްޕުބެހޭ ޚުލާޞާއެއް ލިޔޭ!
2- ދެވިފައިވާ ޙަދީޘްގެ ޚުލާޞާ މާނަބަޔާންކުރޭ!
3- މައިންބަފައިންނަށް ނުކިޔަމަންތެރިވުމަކީކޮބާ؟
4- މިޙަދީޘްގައި މުޖްތަމަޢުގެ މީސްތަކުންގެ ތެރެއިން އިޖްތިމާޢީ ކުށްތަކަކާއި އެކުން ކުރާމީހުން ބަޔާން ކުރެވެއެވެ. އެކުއްތަކަކީކޮބާ؟
[1] ޙަދީޘް ރިވާކުރެއްވި ރާވީއަކީ: މުޣީރާބުނު ޝުޢުބާ ބުނުޢާމިރު ބުނު މަސްޢޫދުއް ޘަޤަފީއެވެ. ތޫނުފިލި ހީވާގި ކަންކަމަށް ޖެހިލުންކުޑަ ބޭކަލެކެވެ. ބައިޢަތުއް ރިޟްވާނު، ޞުލްޙަލްޙުދައިބިއްޔާ އަދި މިނޫންވެސް މުހިއްމު ހަނގުރާމަތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކަލޭގެފާނަކީ ޠާއިފުގެ ޘަޤީފުވަންހައިގެން ބޭކަލެކެވެ. ބޮޑެތި އަޞްޙާބުބޭކަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވައި ބޭކަލެކެވެ. އިސްލާމްވީ ހިޖްރައިން 5 ގައެވެ. އަވަހާރަވެފައިވަނީ ކޫފައިގައި ޢުމުރުން 70 އަހަރުގައެވެ. އެއީހިޖްރައިން 50 ވަނައަހަރުއެވެ.
No comments:
Post a Comment