Tuesday, July 24, 2012

ގްރޭޑް 8 ގެ ސުވާލުތަކާއި ޖަވާބު

ޤުރްއާނުގެބައިތަކުން
މަސައްކަތް 1
ތިރީގައިވާ ސުވާލުތަކުގެ ޖަވާބު ލިޔާށެވެ!
1.ޤުރުއާނުގެ ޢިލްމަކީ ކޮބައިހެއްޔެވެ؟
 ޖ. ޤުރުއާނާއިބެހޭ ތަފާތު ހޯދުންތަކުގެ މައްޗަށް ވާހަކަ ދެކެވޭ ޢިލްމެވެ.
2.ޤުރުއާން ޢިލްމު އުގެނނުމުގެ ފައިދާތަކުން 3 ފައިދާ ލިޔާށެވެ!
ޖ.ހ.ކީރިތިޤުރްއާނާއިބެހޭ ޢާއްމު މަޢުލޫމާތު އިތުރުވުމާއި ޝަރުޢީޙުކުމްތައް ދެނެގަތުމަށް މަގުފަހިވުމެވެ.
ށ.ކީރިތިޤުރްއާން ތަރުޖަމާކުރުމާއި ތަފްޞީލުކުރުމަށް ފަސޭހަވުމެވެ.
ނ.އިސްލާމްދީނަށް ގޮވައިލުމަށް ފަސޭހަވުމެވެ.
3.ޤުރްއާނުގެ ތަޢާރަފެއްލިޔާށެވެ!
ޖ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަޞައްލަމުގެ މައްޗަށް ޖިބުރީލުގެފާނު މެދުވެރިކުރައްވާ މީސްތަކުނަށް ތެދުމަގުދެއްކެވުމައްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއް ކަމުގައި ލައްވާފައިވާ، އެކަލާންގެ ކަލާމް ފުޅެވެ.
4.ކީރިތި ޤުރުއާނަށް ދެވިފައިވާ ނަންތަކުން 3 ނަމެއް ލިޔާށެވެ!
ޖ.އަލްކިތާބު- އަލްފުރްޤާން- އައްޛިކުރު- އައްތަންޒީލް – އަލްޤުރްއާން
5.ޤުރްއާން ބާވައިލެއްވުމަކީ ކޮބައިހެއްޔެވެ؟
ޖ.ކީރިތި ޤުރްއާނުގެ މިންވަރެއް ﷲ ޖިބުރީލުގެފާނު މެދުވެރިކުރައްވައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަޞައްލަމަށް ފޯރުކޮށްދެއްވައި އުގަންނައި ދެއްވުމެވެ.
6.ކީރިތި ޤުރްއާނުގެ ފުރަތަމަ ބާވައިލެއްވުމަކީ ކޮބައިހެއްޔެވެ؟
ޖ.ބަރަކާތްތެރި ރެއެއްގައި ލައުޙުލްމަޙުފޫޡުން ބައިތުލް ޢިއްޒާއަށް ބާވައިލެއްވި ބާވައިލެއްވުމެވެ.
7.ކީރިތި ޤުރްއާން ބަރަކާތްތެރި ރެއެއްގައި ބާވައިލެއްވުނު ކަމުގެ ދަލީލު ލިބޭ އާޔަތެއްގެ މާނަ ލިޔާށެވެ!
ޖ.
8.ކީރިތި ޤުރްއާނުގެ ދެވަނަބާވައިލެއްވުމަކީ ކޮބައިހެއްޔެވެ؟
ޖ.ބައިތުލް އިއްޒާއިން ދުނިޔޭގެބިމަށް ނުވަތަ ކީރިތި ރަސޫލާއަށް ބަވައިލެއްވި ބަވައިލެއްވުމެވެ.
9.ދެވަނަ ބަވައިލެއްވުން ފުރިހަވީ ކިތައް އަހަރުން ހެއްޔެވެ؟
ޖ 23 އަހަރުންނެވެ.
10.ޤުރްއާން ވަކިވަކިން ބަވައިލެއްވުމުގެ ޙިކުމަތް ތަކުން 5 ކަމެއް ލިޔާށެވެ!
ޖ ހ.މުޝްރިކުންގެ އުނދަގުތަކާއި އަނިޔާތަކުގެ ކުރިމަތީގައި، ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަށް ކެތްތެރިކަމާއިޘާބިތުކަން ދެއްވުން
 ށ.ދިނުގެ ޝަރުޢީޙުކުމްތައް ތަރުތީބުން ބާވައިލެއްވުން
 ނ.ވަޙީލިބިވަޑައިގަތުމުގައި ކީރިތިރަސޫލާއަށް ފަސޭހަފުޅުކުރެއްވުން
 ރ.ޤުރްއާން ހިތުދަސްކުރަން ފަސޭހަ ވުން
ބ.ޙިކްމަތްތެރި ކުޅަދުންވަންތަ ކަލަކު ބާވައިލެއްވި ފޮތެއްކަން މީސްތަކުންނަށް އަންގަވައި ދެއްވުން
11.އައްޝޫރާ ސޫރަތުގެ 51 ވަނަ އާޔަތުގައި ބަޔާންވެގެންވާ ފަދައިން ވަހީ ބާވައިލެއްވުމުގެ 3 ގޮތް ބަޔާން ކުރާށެވެ!
ޖ.ވަޙީއަކުން(އިލްޙާމަކުންނުވަތަ ހުވަފެނަކުން)،ފަރުދާއެއްގެ އަނެއްފަރާތުން،މަލާއިކަތަކުފޮނުއްވައިގެން،
12.ހަމަކަށަވަރުން ތިމަންރަސްކަލާންގެ އެފޮތް(އެބަހީޤުރްއާން)ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން އިންޒާރުކުރައްވާ ކަލަކުކަމުގައި ތިމަންރަސްކަލާންގެ ވޮޑިގެންވަމެވެ.
އަދިއަލްޤަދުރުސޫރަތުގެ ފުރަތަމަ އާޔަތުގެ މާނައިގައިވެއެވެ."ހަމަކަށަވަރުން ތިމަންރަސްކަލާންގެ އެޤުރްއާން ބާވައިލެއްވީ ލައިލަތުލްޤަދުރި ވިލޭރޭގައެވެ."
ހ.ފުރަތަމަ އާޔަތުގައި އެވާބާވައިލެއްވުމަކީ ކޮބާ؟
ށ.ދެވަނައާޔަތުގައި އެވާ ބާވައިލެއްވުމަކީ ކޮބާ؟
ނ.ފުރަތަމަ އާޔަތުގައި އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާންގެ ވޮޑިގެންވަމެވެ.މިބަސްފުޅުގައިއެވާ އިންޒާރަކީ ކޮބާ؟
ޖ.

No comments:

Post a Comment