Tuesday, July 24, 2012

ޓެސްޓް 1 ގްރޭޑް 6

އިސްލާމް ގުރޭޑް 6 ދެވަނަ ޓާރމް ޓެސްޓް1
(18 ޖުލައި2012 )
ނަން: ...............................................
ކުލާސް:  -- 6
އިންޑެކްސް:
ރ. ނަމްބަރު:
ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.
1- ޤުރައިޝުންނަށް ދެއްވައިފައިވާ ނިޢުމަތް ތަކުގެ ތެރެއިން ދެނިއުމަތުގެ ވާހަކަ ސޫރަތުލް ޤުރައިޝު ގެ 4 ވަނައާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. އެއާޔަތުގައި ބަޔާންވެގެންވާ 2 ނިޢުމަތަކީ ކޮބާ؟                        (2 މާކްސް)                                                                                                   
ޖ.ބަނޑުހައި ހޫނުކަމުން ސަލާމަތް ކުރެއްވުން
ބިރުވެރިކަމުން ސަލާމަތް ކުރެއްވުން
2- ސަކުތާގެ އިޞްޠިލާޙީ މާނައަކީ ކޮބައި ހެއްޔެވެ؟                                   (2 މާކްސް)
ޖ.ޤުރްއާނުގެ ކަލިމައަކަށް ކުޑަ ހިނދުކޮޅަކަށް ނޭވާ ހިފެހެއޓުމާއި އެކު އަޑުކަނޑާލުމެވެ.
3 ޤިޔާމަތްދުވަހުން ޙިސާބުބެއްލެވުމުގެ  ކުރިން ހިގާނެ ކަންތައްތަކެއްވެއެވެ. އެކަންތައްތަކުގެ ތެރެއިން 2ކަމެއް ލިޔާށެވެ!    (2 މާކްސް)
ޖ.ކޮންމެ މީހަކަށް އެމީހެއްގެ ފަތް ލިބުން
ސުވާލުކުރުން
ޢަދުލުވެރި މީޒާނަކުން ޢާމަލުތައް ވަޒަންކުރުން
4- ސުވަރުގެތައްޔާރު ކޮށްފައިވަނީ ކޮންބަޔަކަށްޓަކައި ހެއްޔެވެ؟                             (2 މާކްސް)
ޖ.ތަޤުވާވެރިންނަށެވެ.
5- فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
ހ މިއާޔަތުގެ މާނަލިޔާށެވެ! 
ޖ. ޒައްރެއްގެ މިންވަރުވިޔަސް ހެޔޮކަމެއް ކޮށްފިމީހާ އެކަން ދެކޭނެވެ.      (1 މާކްސް)                              
ށ ފީލްބާގައިގެ މީހުންނާއި މެދު ކަންތައް ހިގައިދިޔަގޮތް ބަޔާންކުރާށެވެ!     (1މާކްސް)
ޖ.މާތްﷲ ބައިބަޔަށް އަބާބީލް ނަމަކަށް ކިޔުނު ، ދީނިތަކެއް ފޮނުއްވާ އެބައިމީހުން ހަލާކު ކުރެއްވިއެވެ.                 
5 ނަރަކައަކީ ﷲ ތަޢާލާ އަށް ނުކިޔަމަންތެރިވި އަޅުންނަށްޓަކައި ތައްޔާރުކުރައްވާ ފައިވާ ތަނެކެވެ. އެތަނުގެ ބިރުވެރިކަމާއި ނާމާން ކަމުން ސަލާމަތް ވުމަށް ތިޔަދަރިވަރު ކުރާކަންތައް ތަކުން 2 ކަމެއްލިޔާށެވެ!                ( 2 މާކްސް)
ޖ.ނަމާދު ރޯދަ،ޒަކާތް
(ރަނގަޅު 2 ކަމެއް އޮތުން)
6 ހިސާބު ބެއްލެވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟                                         (2މާކްސް)                             
ޖ. މަޚުލޫޤުން ދުނިޔޭގައި އުޅެފައިވާގޮތާއި މެދު ހެކި ޤާއިމުކޮށް ޙައްޤު ޖަޒާ ދެއްވުމަށް ޓަކައެވެ.
7 ކޮންމެމުސްލިމަކީ ސުވަރުގެ ހޯދުމަށް މަސައްކަތް ކުރާނެ މީހެކެވެ. ވީމާ މިފަދަ މީހަކު ކުރާނެ ކަންތައްތަކަށް ވިސްނާ ފިކުރު ކުރުމަށްފަހު އެފަދަ މީހެއްގެ ކިބައިން ފެނިގެންދާނެ ދެ ކަމެއްލިޔާށެވެ!                          (2މާކްސް)
ޖ.ނަމާދު ކުރުން /ރޯދަހިފުން/ނުވަތަ ހެޔޮޢަމަލުގެ ތެރެއިން 2 ކަމެއް އޮތުން
8 ހުސްތަންތަން ފުރިހަމަކޮށްގެން ތިރީގައިވާ ޖުމުލަތައް ފުރިހަމަކުރާށެވެ!                         (2މާކްސް)
ހ ކޮންމެމީހަކުވެސް މަޙުޝަރު ކުރެވޭނީ އެމީހަކު ދުނިޔޭގައި އުޅެފައިވާ ގޮތުގެ    މަތީގައެވެ.
ށ ސުވަރުގޭގެ ނިޢުމަތާއި އަރާމަކީ އަބަދަށް   ދެމިގެންވާ      އެއްޗަކަށް ވީނަމަވެސް އެތާނގައި ތަފާތު ދަރަޖަތައްވެއެވެ.
ނ ނަރަކައިގެ ޢަޛާބަކީ އަބަދަށް ދެމިގެންވާ އޭގެބިރުވެރިކަން ޚިޔާލަށްވެސް ނުގެނެވޭހާ ބިރުވެރި ޢަޛާބެކެވެ.
ތިރީގައިވާ ކަންތައްކުގެ ޙުކުމް ފަހަތުގައިވާ ހުސްގޮޅީގައި ލިޔާށެވެ!                         (1މާކްސް)

ކަންތައްތައް
ޙުކުމް
1
ކިޔެވުންފެށުމަކީ ސޫރަތެއްގެ ފެށުންކަމުގައިވާނަމަ أعوذ  އާއި  بسم ކިޔުމުގެ ޙުކުމަކީ.
ސުންނަތެއް
2
ނަމާދުގައި ސޫރަތުލްފާތިޙާކިޔަވާއިރު بسم ކިޔުމުގެ ޙުކުމަކީ.
ވާޖިބެއް
    ތިރީގައިވާ ޖުމްލަތަކުން ރަނގަޅުޖުމްލައިގައި ރަނގަޅު ފާހަގަ ލާށެވެ!                  (1މާކްސް)                                                                                                                      
ހ   ސޫރަތުލްފާތިޙާގެ އާޔަތެކެވެ.

ބިސްމިއަކީ:                                                                                                         
ނ    ސޫރަތުލްނިސާއުގެ އާޔަތެކެވެ.

ށ   ސޫރަތުލްބަގަރާގެ އާޔަތެކެވެ.

 


             

No comments:

Post a Comment