Thursday, March 29, 2012

ސާފުތާހިރުކަން

ސާފުތާހިރުކަން

ސާފުތާހިރު ކަމަކީ ކޮންމެ ކުއްޖަކުވެސް ވަރަށް ސަމާލުކަން ދޭންޖެހޭ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ކުއްޖަކުވެސް ގޭގައި އުޅޭ ވަގުތު ތަކުގައާއި، ސްކޫލުގައި އުޅޭ ވަގުތު ތަކުގައިވެސް ސާފުތާހިރުކަމަށް ލޯބިކުރަން ޖެހޭނެއެވެ. ދުވަހުގެ ފުރަތަމަ ޙަރަކާތެއްގެ ގޮތުން ނިދައިގެން ތެދުވެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދަތްއުނގުޅައި ފެންވެރުމެވެ. ނިދާހެދުން ބަދަލުކުރުމެވެ. ރީތި ސާފުތާހިރު ހެދުމެއް ލުމެވެ.
މަދުވެގެން ދުވާލަކު މަދުވެގެން ދުވާލަކު ދެފަހަރު ދަތްއުނގުޅަށް ވާނެއެވެ. މަދުވެގެން ދުވާލަކު ދެފަހަރު ފެންވަރަން ވާނެއެވެ. ހަފުތާއަކު އެއްފަހަރު ނިޔަކަނޑަންވާނެއެވެ. ސްކޫލަށް އަންނަން ނޫންކަމުގައިވިއަސް އަބަދުވެސް ލާންޖެހޭނީ ސާފުތާހިރު ހެދުމެވެ. އަބަދުވެސް ހުންނަންވާނީ ބޯއޮމާންކޮށް ފުނާއަޅާފައެވެ.
އަހަރުމެން ނިދާއެނދު ތަންމަތިއަޅައި ބާލީސްތައް ރީތިކޮށް ބަހައްޓަން އާދަކުރަން ޖެހޭނެއެވެ. އަހަރުމެން ކިޔަވަން ގެންގުޅޭ ފޮތްތަކަކީ ވަރަށް ރީތިކޮށް ގެންގުޅެން ޖެހޭ އެއްޗެކެވެ. ފޮތްތައް ރީތިކޮށް ގެންގުޅޭ ކުދިންދެކެ ޓީޗަރުންވެސް ވަރަށް ލޯބިވާނެއެވެ. ތިޔަކުދިން ކިޔަވަން ތިބޭމޭޒު މައްޗަށް ކުނިއަޅައި ހަޑިވާފަދަ ޢަމަލުތަކުން ދުރުވަން ޖެހޭނެއެވެ. އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ.

No comments:

Post a Comment