Monday, October 22, 2012

G7 islam

ފުރަތަމަ ބައި (15 މާކްސް)

އެންމެ ރަނގަޅު ޖަވާބު ފާހަގަކުރުމަށް ފަހު ރަނގަޅު ޖަވާބުގެ އަކުރު ތިރީގައިވާ ތާވަލުގައި ލިޔޭ! (15 މާކްސް)
1. ޙައްޖަށް ނުވަތ ޢުމުރާއަށް އިޙްރާމްބަނުމަށްފަހު، ވަކި ވަގުތަކާހަމައަށް ފަހާފައި ހުންނަ ހެދުން ނުވަތަ އެފަދަ އެއްވެސް އެއްޗެއް ލުން،
ހ). ފިރިހެނުންނަށް ޙަރާމްވާނެއެވެ.
ށ). އަންހެނުންނަށް ޙަރާމްވާނެއެވެ.
ނ). އަންހެނުންނަށާއި ފިރިހެނުންނަށް ޙަރާމްވާނެއެވެ.
6. ޖަލާލަތުގެ ލަފްޡު ބަރުކޮށް ކިޔަންވާނީ:
ހ). ލަފްޡުލް ޖަލާލާގެ ލާމުގެ ކުރިއަށް އަބަފިލި ނުވަތަ އުބުފިލި އައުމުންނެވެ.
ށ). ލަފްޡުލް ޖަލާލާގެ ލާމުގެ ކުރިއަށް އަބަފިލި ނުވަތަ އިބިފިލި އައުމުންނެވެ.
ނ). ލަފްޡުލް ޖަލާލާގެ ލާމުގެ ކުރިއަށް އުބުފިލި ނުވަތަ އިބިފިލި އައުމުންނެވެ.
2. މީޤާތު ފަހަނަޅާ ދިއުމުގެ ކުރިން އިޙްރާމްބަނުމަކީ،
ހ). ހަމައެކަނި ޙައްޖުގެ ވާޖިބެކެވެ.
ށ). ހަމައެކަނި ޢުމުރާގެ ވާޖިބެކެވެ.
ނ). ޙައްޖާއި ޢުމުރާގެ ވާޖިބެކެވެ.
7. ޢުޘްމާނުގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ:
ހ). ޢާމުލް ފީލުގެ 2 އަހަރު ފަހުންނެވެ.
ށ). ޢާމުލް ފީލުގެ 6 އަހަރު ފަހުންނެވެ.
ނ). ޢާމުލް ފީލުގެ 13 އަހަރު ފަހުންނެވެ.
3. ޢަބްދު ﷲ ބުން އަބީ ޤުޙާފާއަކީ
ހ). އަބޫބަކުރުގެފާނުގެ ފުރިހަމަ ނަންފުޅެވެ.
ށ). ޢުމަރުގެފާނުގެ ފުރިހަމަ ނަންފުޅެވެ.
ނ. ޢުޘްމާނުގެފާނުގެ ފުރިހަމަ ނަންފުޅެވެ.
8. ޢުމަރުގެފާނުގެ ލަޤަބަކީ:
ހ). "އައްޞިއްދިޤް" އެވެ.
ށ). "އަލްފާރޫޤް" އެވެ.
ނ). "ޛުއްނޫރައިން" އެވެ.
4. އަބޫބަކުރުގެފާނުގެ ގޮވާލެއްވުމަށް އިސްލާމް ދީން ޤަބޫލުކުރެއްވި، ކީރިތި ރަސޫލާގެ ޞަޙާބީންނަކީ:
ހ). ޢުމަރު ބުން އަލް ޚައްޠާބު، ޢަބްދުއްރަޙްމާން ބުން ޢައުފު، ސަޢުދު ބުން ޢަބީ ވައްޤާޞް އެވެ.
ށ). ޢުޘްމާން ބުން ޢައްފާން، ޒުބައިރު ބުން އަލްއައްވާމް، ޢަބްދުއްރަޙްމާން ބުން ޢައުފު އެވެ.
ނ). ޢަލީ ބުން އަބީ ޠާލިބު، ޒުބައިރު ބުން އަލްއައްވާމް، ސަޢުދު ބުން ޢަބީ ވައްޤާޞް އެވެ.
9. ރާސުކުނުގެ ކުރިއަށް އޮތީ ޔާ ސުކުނެއް ކަމަށްވެފައި އޭގެ ކުރިއަށް
ހ). އަބަފިލި ނުވަތަ އުބުފިލި އޮވެއްޖެނަމަ ކިޔަންވާނީ ބަރުކޮށެވެ.
ށ). ކޮންމެ ފިއްޔެއް އޮތަސް އެ ރާ ކިޔަންޖެނޭނީ ބަރުކޮށެވެ.
ނ). ކޮންމެ ފިއްޔެއް އޮތަސް އެ ރާ ކިޔަންޖެހޭނީ ލުއިކޮށެވެ.
5. އާރިޔާގެ ގޮތުގައި ދެވިދާނެ ތަކެތީގެ ތެރޭގައި:
ހ). ގެއެއް، ޚަތިމެއް، ހަނޑޫ، ސައިބޯނި، ހަރުގަނޑު، ޓީވީ، މިފަދަ ތަކެއްޗާއި ތަންތަން ހިމެނެއެވެ.
ށ). ރާވިއްކުމަށް ފިހާރައެއް، ފަޓުލޫނު، ރިހާކުރު، މިފަދަ ތަކެއްޗާއި ތަންތަން ހިމެނެއެވެ.
ނ). ކޮޓަރި، ބުރުމާ، ކާރު، ގަމީސް،
ގޮވާން ހައްދާ ދަނޑު، މިފަދަ ތަކެއްޗާއި ތަންތަން ހިމެނެއެވެ.
10. ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ޢާމިލުންނަކީ:
ހ). ޒަކާތް ވާޖިބުވާ މީސްމީހުންގެ އަތުން ޒަކާތް ނަގައި، އެތަކެތި ބެހުމުގެ މަސައްކަތްކުރާ މީހުންނެވެ.
ށ). އެއްބަސްވުމެއްގެ ދަށުން، މިނިވަންވުމަށްޓަކައި، ސާހިބުމީހާއަށް ފައިސާ ދައްކަމުންދާ އަޅުންނެވެ.
ނ). އިސްލާމްދިނާއި މުސްލިމުންގެ ދިފާޢުގައި ހަނގުރާމަކުރާ މުސްލިމު ހަނގުރާމަވެރިންނެވެ.


11. لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا މި އާޔަތުން ދޭހަވަނީ:
ހ). ﷲ ގެ އެއްކައުވަންތަކަމެވެ.
ށ). ﷲ ގެ ދެނެވޮޑިގެންވުމެވެ.
ނ). ﷲ ދިރިދެމިވޮޑިގެންވާކަމެވެ.
13. ގިނަ ކަލާނގެތަކެއް ވުޖޫދުގައި ވާނަމަ:
ހ). ދުނިޔޭގެ ކަންތައް ފުރިހަމައަށް ހިނގާނެއެވެ.
ށ). ދުނިޔޭގެ ކަންތައް ފުރިހަމައަށް ނުހިނގާނެއެވެ.
ނ). ދުނިޔެ އަބަދު އެއްގޮތަކަށް ހިނގާނެއެވެ.
12. ޢިލްމުގެ ތެރެއިން، އިންސާނުންނަށް އެނގެނީ:
ހ). ވަރަށް ކުޑަ މިންވަރެކެވެ.
ށ). ވަރަށް ބޮޑު މިންވަރެކެވެ.
ނ). ދުނިޔޭގައިވާ ހުރިހާ އެއްޗެކެވެ.
14. ފަރުބަދަތަކާއި، ކޯރުތަކާއި، ޕްލެނެޓްތަކަކީ:
ހ). ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ.
ށ). ﷲ ގެ އައްސަވާވޮޑިގެންވުމުގެ ހެކިތަކެވެ.
ނ). ﷲ ގެ ބައްލަވާވޮޑިގެންވުމުގެ ހެކިތަކެވެ.
15. يَحْسَبُ أَنَّ مَالَهُ أَخْلَدَهُ  މި އާޔަތުގެ މާނައަކީ "ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެއެވެ." މި މާނައިން ދޭހަވަނީ:
ހ). އެއްވެސް މީހަކު، މުދާތަކެއް އެއްކޮށް އެތަކެތި ހެޔޮ ގޮތުގައި ޚަރަދުނުކުރުމަކީ ވަރަށް ނުބައިކަމެއްކަން.
ށ). ކޮންމެ މީހަކުވެސް، އެމީހަކު އެއްކުރާ މުދާތައް ދަމަހައްޓަން މަސައްކަތްކޮށްފިނަމަ އެކަން އެގޮތަށް ވާނެކަން.
ނ). މުދަލަކީ ކޮންމެ މީހަކުވެސް ބުރަކޮށް މަސައްކަތްކޮށްފިނަމަ، ބޭނުންވަރަކަށް ލިބޭނެ އެއްޗެއްކަން.

15
14
13
12
11
10
9
8
7
6
5
4
3
2
1















ދެވަނަ ބައި (5 މާކްސް)

ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން ރަގަޅު މަޢުލޫމާތު ދެވިފައިވާ ޖުމުލަތަކުގައި P މި ފާހަގަ، އަދި ނުބައި މަޢުލޫމާތު ދެވިފައިވާ ޖަމުލަތަކުގައި O މި ފާހަގަލާށެވެ. (5 މާކްސް)
5 1. ރޯދައަށް ހުރެ، އެއްވެސް ސަބަބެއް ނެތި ގަސްތުގައި ހޮޑުލިއަސް ރޯދާއެއް ނުގެއްލޭނެއެވެ.
5 2. ޒަކާތުގެ ނިޞާބަކީ ޒަކާތް ވާޖިބުވާ މީހާގެ އަތުގައި ހުންނަ މުޅި ޖުމުމުލަ ފައިސާގެ ޢަދަދެވެ.
5 3. ނިޞާބު ހަމަވެއްޖެނަމަ އަހަރު ނުވިޔަސް ވަގުތުން ޒަކާތްނެރުން ވާޖިބުވާނެއެވެ.
5 4. ޙައްޖުވާމީހާ އިޙްރާމްބަނުމަށްފަހު ނިޔަފަތި ކެނޑުން ހުއްދަވާނީ ޠަވާފުލް އިފާޟާ ކުރުމުންނެވެ.
5 5. އިޙްރާމް ބަނުމަށްފަހު ގިނަގިނައިން ތަލްބިޔާ ކިޔުމަކީ ޙައްޖުގެ ރުކުނެކެވެ
5 6. ޢަލީގެފާނު ޝަހީދުވީ ޢަބްދުއްރަޙްމާން ބުން މުލްޖިމް ދިން ޙަމަލާއެއްގައެވެ.
5 7. ޕޯސްޓްގެ ޚިދްމަތް އެންމެ ފުރަތަމަ ދެއްވަން ފެއްޓެވީ ޢުޘްމާނުގެފާނުގެފާނެވެ.
5 8. އިސްލާމް ދީނުގައި ވާގޮތުން ވަކި ޤައުމަކަށް ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވާ މީހުންނައި އެނޫން މީހުން ހަމަހަމައެއް ނުވާނެއެވެ.
5 9. މީސްތަކުނެގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަ ބަޔަކީ އެމީހުންކުރެ އެންމެ އަޚްލާޤް ރަނގަޅު މީހުންނެވެ.
5 10. ބުއްދިވެރިޔަކީ ތިމާގެ ހަވާނަފްސުގެ އެދުންތަކުގެ އެދުންތަކަށް ތަބާވެ، ﷲ ގެ ޙަޟުރަތުން ހެޔޮކަމަށް އުންމީދުކުރާ މީހާއެވެ.

ތިންވަނަ ބައި (8 މާކްސް)

(ހ). ތިރީގައިވާ ކަންތައްތަކާއި އެންމެ ގުޅޭ ސިފަފުޅު (އެއްކައުވަންތަކަން ކުޅަދުންވަންތަކަންއައްސަވާވޮޑިގެންވުން - ބައްލަވާވޮޑިގެންވުން) އެކަމެއްގެ ފަހަތުގައި ލިޔާށެވެ. (2 މާކްސް)
1. އުޑުތަކާއި ބިމުގައި ހިނގާ އެއްވެސް ކަމެއް ﷲ އަށް ސިއްރުނުވުން. ބައްލަވާވޮޑިގެންވުން / އައްސަވާވޮޑިގެންވުން
2. ޤުދުރަތީ ކަންތައްތައްތައް އަބަދުވެސް އެއްގޮތަކަށް ހިނގަމުން ދިއުން. އެއްކައުވަންތަކަން
3. އިންސާނުން ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމުން އެދުޢާތައް އިޖާބަކުރެއްވުން. އައްސަވާވޮޑިގެންވުން
4. ކާއިނާތުގައި ހިނގާ ހުރިހާ ކަމެއް ނުހަނު ފުރިހަމަ އިންތިޒާމެއްގެ މަތިން ހިނގުން. ކުޅަދުންވަންތަކަން
(ށ). ނަންބަރުޖަހައިގެން، ތިރީގައިވާ އާޔަތްތަކާއި އޭގެ މާނައާއި ގުޅުވާށެވެ! (2 މާކްސް)
1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
3

އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ
2
إِنَّ الْإِنسَانَ لَفِي خُسْرٍ
4

ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.
3
الَّذِي جَمَعَ مَالًا وَعَدَّدَهُ
2

ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.
4
إِنَّهَا عَلَيْهِم مُّؤْصَدَةٌ
1

ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.
(ނ). ތިރީގައިވާ ކަންތައްތަކާއި އެކަމަކާ ގުޅުންހުރި ޚަލީފާއަކާއި ގުޅުވާށެވެ. (ބްރެކެޓްގައި ނަންބަރު ޖަހާށެވެ.)    (4 މާކްސް)
- ރަސޫލާ ހިޖްރަކުރެއްވިރޭ އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އަވަހާރަލެއްޕެވުން. ( 4 )
- ކީރިތި ޤުރުއާން އެއް ޤިރާއަތަކަށް ޖަމާކުރައްވާ ކޮޕީތަކެއް ލިޔުއްވުން.        ( 3 )
- ކީރިތި ޤުރުއާން އެއް ފޮތަކަށް ޖަމާކުރެއްވުން.                       ( 1 )
- އެންމެ ފުރަތަމަ ހިޖްރީ ތާރީޚް ޖައްސަވަން ފެއްޓެވުން.                 ( 2 )
- އެންމެ ފުރަތަމަ އިސްލާމީ ކަނޑުގެ ލަޝްކަރެއް އުފައްދަވާ އޭގެ ބޭނުން ހިއްޕެވުން.       ( 3 )
- ދީލަތިކަމާއި އަޅުވެރިކަމުގައި އެންމެ ބޮޑަށް މަޝްހޫރުވުން.            ( 3 )
- ކީރިތި ރަސޫލާގެ އަރިހުގައި އެންމެ ފުރަތަމަ ނަމާދުކުރެއްވުން.            ( 4 )
- ކީރިތި ރަސޫލާގެ ހިޖްރައިގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމުގެ ޝަރަފް ލިބުން. ( 1 )

1. އަބޫބަކުރުގެފާނު
2. ޢުމަރުގެފާނު
3. ޢުޘްމާނުގެފާނު
4. ޢަލީގެފާނު



ހަތަރުވަނަ ބައި (8 މާކްސް)

 (ހ). ތިރީގައިވާ ޖުމުލަތައް، ތެދު ޖުމުލަތަކަކަށް ހެދުމަށްޓަކައި، ގޮޅީގެ ތެރޭގައިވާ ލަފްޒުތައް ބޭނުންކޮށްގެން ޖުމުކަތައް ފުރިފަނަކުރާށެވެ. (5 މާކްސް)

| ރާގައި |  އަބަފިލި  |  އުބުފިލި | އިބިފިލި  |  ސުކުން  |  ބަރުކޮށެވެ. | ލުއިކޮށެވެ. | ޖާލާލަތުގެ ލާމުގެ |         | ހަމްޒަތުލް ވަޞްލެއް |  އިސްތިޢުލާއުގެ އަކުރެއް |  ކުރިއަށް |  ފަހަތަށް |  ޔާސުކުނުގެ |               |  وَالْمُلْكُ  | لَبَّيْكَ  |  وَالنِّعْمَةَ  |  لَا شَرِيكَ لَكَ  |
1.     فَسَبِّحْ بِحَمْدِ رَبِّكَ މި ކަލިމާގައިވާ ر ކިޔަންޖެހެނީ  ބަރުކޮށެވެ.
2.     ރާ ސުކުނުގެ ކުރިއަށް އަބަފިލި ނުވަތަ އުބުފިލި އަތުވެއްޖެނަމަ، އެ ރާ ކިޔަންޖެހޭނީ  ބަރުކޮށެވެ.
3.      فَكَانَ كُلُّ فِرْقٍ كَالطَّوْدِ  މި ތަނުގައިވާ ރާ ކިޔަންޖެހޭނީ   ބަރުކޮށެވެ.     އެއީ، ރާސުކުނުގެ ފަހަތަށް    އިސްތިޢުލާއުގެ އަކުރެއް   އޮތީމައެވެ.
4.      إِلَّا مَنِ ارْتَضَىٰ މި ކަލިމާގައި އޮތް ރާ ކިޔަންޖެހޭނީ   ބަރުކޮށެވެ.   ސަބަބަކީ ރާސުކުންވެފައި އޭގެ ކުރިއަށް، ހަމްޒަތުލް ވަޞްލެއް  އައިސްފައި ވާތީއެވެ.
5.    لَبَّيْكَ اللَّهُمَّ      لَبَّيْكَ   ،  لَبَّيْكَ     لَا شَرِيكَ لَكَ    لَبَّيْكَ إِنَّ الْحَمْدَ -                   وَالنِّعْمَةَ      لَكَ     وَالْمُلْكُ   لَا شَرِيكَ لَكَ .

(ށ). ގްރޭޑް 7 ގައި ކިޔެވި، މަޢުލޫމާތުގެ ބޭނުންކޮށްގެން ތިރީގައިވާ ހުސްތަންތަން ފުރިހަމަކުރާށެވެ. (3 މާކްސް)

1.     މާބަނޑު އަންހެނުންނާއި، ކިރު މައިން ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުން ހުއްދަވާނީ، އެމީހުންގެ ހަށިގަނޑަށް ނުވަތަ ދަރިފުޅަށް  ގެއްލުންވެދާނެ ކަމުގެ ބިރު ހީވާނަމައެވެ.
2.     ތައުބާވުމަކީ ސާފުތާހިރުކަމާ ގުޅިފައިވާ ކަމެކެވެ. ތައުބާވުމުން ފާފަތަކުން ތިމާގެ ނަފްސު ޠާހިރުވާއިރުވެއެވެ. ހަމައެއާއެކު ތިމާގެ ހަށިގަނޑާއި ގެންގުޅޭ ތަކެއްޗާއި ތިމާވެށި ސާފުތާހިރުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތުގެ މާނާގައި ވެއެވެ. ހަމަކަށަވަރުން ގިނަގިނައިން ----------------------------------------------------------------      ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ------------------------------------------------------------------ ވެސް އެކަލާނގެ ލޯބިވެވޮޑިގެން ވެއެވެ.
3.     ﷲ ގެ ނިޢުމަތަށް ޝުކުރުކުރުމަކީ އެ ------------------------------------------------------------- ރުއްސަވާ ގޮތަށް އުޅުމާއި، ﷲ އެނގެވި ގޮތަށް އެ --------------------------------------------------------------------------


ފަސްވަނަ ބައި (4 މާކްސް)

ތިރީގައިވާ ކަންތައްތައް ކުރަންޖެހޭ ތަރުތީބުން (ބްރެކެޓްތެރޭގައި) ނަންބަރު ޖަހާށެވެ! (4 މާކްސް)

ހ. ( 3 ) މުޒްދަލިފާގައި ރޭކުރުން.                   ށ. ( 5 ) ޠަވާފުލް އިފާޟާ ކުރުން.
ނ. ( 2 ) ޢަރަފާތުގައި ހުރުން.                     ރ. ( 7 ) ތިންޖަމްރާއަށް ހިލައުކުން.
ބ. ( 4 ) ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުން.             ޅ. ( 6 ) ސަޢުޔުކުރުން (ޙައްޖުމަހު 10 ގައި).
ކ. ( 8 ) ޠަވާފުލް ވަދާޢުކުރުން                     އ. ( 1 ) އިޙްރާމްބަނުން.

ހަވަނަ ބައި (60 މާކްސް)

ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ!

1.      ސޫރަތުލް ޢަޞްރުގައި އަންގަވާފައިވާ ފަދައިން، ޤިޔާމަތްދުވަހުގެ ގެއްލުމާއި ހަލާކުން ސަލާމަތްވާނީ އެމީހެއްގެ ކިބައިގައި ހަތަރު ސިފައެއް ހުރި މީހެކެވެ. އެ ހަތަރު ސިފައަކީ ކޮބާ؟ (2 މާކްސް)
ޖ: 1. އީމާންވުން. 2. ޞާލިޙު ޢަމަލުކުރުރުން. 3. އެއަކު އަނެކަކަށް ޙައްޤަށް ވަޙިއްޔަތްކުރުން 4. އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކުރުން.

2.      ޢާމިރު ރޯދައަށް ހުރެ، އެއްވެސް މީހަކަށް ނޭގޭ ގޮތަށް ސިއްރު ސިއްރުން ފެންފޮދެއް ބޯލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ސްކޫލުގައި ކިޔެވި، ﷲ ގެ ސިފަފުޅުތަކުގެ މަތިން ހަނދާންވެ މިކުރެވުނު ކަމާމެދު ވަރަށް ދެރަވިއެވެ. އަދި ތައުބާވެ، ފަހުން އެރޯދަ ޤަޟާކުރިއެވެ. ވީމާ، އޭނާ ހަދާނަށް އައީ ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން ކޮން ސިފަފުޅެއްކަން ބަޔާންކުރަށެވެ.   (2 މާކްސް)
ޖ: ބައްލަވާ ވޮޑިގެންވުން (ދެނެވޮޑިގެންވުން)

3.      އަބަދުވެސް ދުނިޔެ ދައުރުވަމުން ދަނީ އެއްގޮތަކަށެވެ. އިރުއަރަނީ އެއްފަރާތަކުންނެވެ. ގަސްގަހާގެއްސާއި ޖަނަވާރުތަކާއި އެހެނިހެން ވެސް ދިރޭތަކެތި އުފެދި، ހެދި ބޮޑުވުމުގައި ކަންހިނގަމުން ދަނީ އެއްގޮތަކަށެވެ. އަދި މިފަދަ ޤުދުރަތީ ކަންތައްތައް ހިނގަމުންދަނީ ވަރަށް ވެސް ފުރިހަމަ އިންތިޒާމެއްގެ މަތީންކަމާމެދަކު ޝައްކެއްވެސް ނެތެވެ.
ވީމާ، އަބަދު އެއްގޮތަކަށް އަދި އެހާމެ ފުރިހަމައަށް ކާއިނާތުގެ (ޔުނިވާރސްގެ) ކަންތައްތައް ހިނގަމުންދާ ދިއުން އަންގައިދެނީ ﷲ ވޮޑިގެންވާކަމެވެ. މީގެ އިތުރުށް މިކަންކަމުން އަނގައިދޭ ﷲ ގެ      ދެ ސިފަފުޅެއް ބަޔާންކުރޭ!  (2 މާކްސް)
ޖ: (އަބަދު އެއްގޮތަކަށް ކަންތައްތައް ހިނގަމުން ދިއުމުން ދޭހަވަނީ) ﷲ ގެ އެއްކައުވަންތަކަން. (ވަރަށް ފުރިހަމައަށް ކަންތައްތައް އުފައްދަވާ ހިންގަވަމުން ގެންދެވުމުން ދޭހަވަނީ) ﷲ ގެ ކުޅަދުންވަންތަކަން


4.      އަހަރެމެން ދައްކާ ކޮންމެ ވާހަކައެއްވެސް ތެދުބަހުން ބުނުމަށާއި، ކުރާ ކޮންމެ ކަމެއްވެސް ރަނގަޅަށް (މަކަރު ނަހަދާ) ކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެއީ ކިތައްމެ ސިއްރުން އެކަންތައްތައް ކުރިކަމުގައި ވިޔަސް އަދި ކިތައްމެ ވަރަކަށް މީހުންނަށް އޮޅުވާލިއަސް އެއްވެސް ކަމެއް ﷲ އަށް ސިއްރެއް ނުވާނެތީއެވެ. އަދި އެކަންކަމުގެ ޙައްޤު ޖަޒާ ޤިޔާމަތްދުވަހުން ﷲ ތަޢާލާ އެމީހަކަށް ދެއްވާނެތީއެވެ. ވީމާ، މިފަދަ ކަންތައްތައް ﷲ އަށް ސިއްރުނުވަނީ ކީއްވެހެއްޔެވެ؟ އެއީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ކޮން ދެ ސިފަފުޅެއް އެކަލާނގެއަށް ލިބިވޮޑިންވާތީ ހެއްޔެވެ؟ (2 މާކްސް)
ޖ: 1. އައްސަވާވޮޑިގެންވުމާއި، 2 ބައްލަބާވޮޑިގެންވުން.

 


5.      ޠަވާފުކުރާ ގޮތް ތަފްޞީލުކޮށް ލިޔޭ! (3 މާކްސް) 
ޖ: އަލް ޙަޖަރުލް އަސްވަދުން ފަށައިގެން، ގެފުޅު ތިމާގެ ވާތްފަރަތަށް ވާނޭހެން ގެފުޅު ވަށައިގެން ހަތް ބުރު ޖެހުން.

6.      إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللَّهِ وَاللَّهُ عَلِيمٌ حَكِيمٌ ﴿التوبة: 60 މި އާޔަތުގައި ބަޔާންވެގެންވާ، ޒަކާތުގެ ބެހެނިވެރިން (ނުވަތަ ޒަކާތުގެ ޙައްޤުވެރިން) ގެ ތެރެއިން 4 ބައެއްގެ ނަން ލިޔޭ! (ލިޔާނީ ދިވެހި މާނައެވެ.)  (2 މާކްސް)
ޖ: 1. ފަޤީރުން // 2. މިސްކީނުން // 3. ޢާމިލުން // 4. އައުއިސްލާމުން // 5. މުކާތަބު އަޅުން (އަޅުން މިނިވަންކުރުމުގައި) // 6. ދަރަނިވެރިން // 7. ﷲ ގެމަގުގައި ހަނގުރާމަކުރާ މީހުން //     8. ޙާލުގައިޖެހިފައިވާ ދަތުރުވެރިން.

7.      ޙަސަންމަނިކު، އޭނާ މަސައްކަތްކުރާ އޮފީހުގެ މީހުންނާއެކު، ރޯދަމަހުގެ ދުވަހެއްގައި ދުރު ރަށަކަށް ޕިކްނިކް ދިޔައެވެ. އެދަތުރަކީ ނަމާދު ޤަޞްރުކޮށް ޖަމްޢުކުރެވޭފަދަ ދިގު ދަތުރެކެވެ. އެހެންކަމުން އޭނާ އެދުވަހު ރޯދަ ދޫކޮށްލިއެވެ. މިދަތުރަކީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، އިސްލާމް ދީން ހުއްދަނުކުރާފަދަ ބައެއް ޙަރަކާތްތައް ހިމެނިފައިވާ ދަތުރެއްވެސް މެއެވެ. ވީމާ، ޙަސަންމަނިކު ރޯދަ ދޫކޮށްލުން ހުއްދަވާނެކަން ނުވަތަ ނޫންކަން ސަބަބާއެކު ބަޔާންކުރޭ! (3 މާކްސް)
ޖ: ހުއްދަނުވާނެ. ސަބަބަކީ އެއީ އިސްލާމްދީން ހުއްދަކުރާ ދަތުރަކަށް ނުވާތީ.

8.      ކުއްޔަށް ދިނުމާއި ޢާރިޔާއަށް ދިނުމާއި ހުރި ތަފާތަކީ ކޮބާ؟  (3 މާކްސް)
ޖ: ކުއްޔަށް ދޭއިރު ފައިދާ ލިބިގަތުމާއެކު (ޚިދުމަތަށް) އަގެއް އަތުލާނެ. ނަމަވެސް ޢާރިޔާއަށް އެއްޗެއް ދިންކަމަށް ވާނަމަ އެއިން ފައިދާ ޙާޞިލްކުރުމަށް ފަހު ބަދަލުގައި އަގެއް ދޭކަށް ނުޖެހޭ. (ކުއްޔާއި، ޢާރިޔާގެ ތަޢުރީފް ވަކިވަކިން ބަޔާންކޮށްފައިވާނަމަ ރަނގަޅުކުރާށެވެ.)
ކުއްޔަށް ދޭނަމަ އަގެއް ނަގާނެ.
ޢާރިޔާއަށް ދޭނަމަ އަގެއް ނުނަގާނެ.

9.      ހިބަކުރުމަކީ ކޮބައިކަން މިސާލަކާއެކު ބަޔާންކުރާށެވެ! (2 މާކްސް)
ޖ: * ހިބައަކީ ތިމާގެ މިލްކުގައިވާ އެއްޗެއް، އެއްވެސް އަގަކާ ނުލައި، (ދިރިހުރި ހެޔޮ ޙާލުގައި) އެހެން މީހަކަށް މިލްކުކޮށް ދިނުން. (2 މ) * މިސާލަކަށް: ހަދިޔާ / ޞަދަޤާތް. (1 މ)

10.  ޢާރިޔާގެ މުހިންމުކަމާ ބެހޭގޮތުން ދެ ފޮޅުވަތަށްވުރެ ކުރު ނޫން އަދި ހަތަރު ފޮޅުވަތަށްވުރެ ދިގު ނޫން ޕެރެގްރާފެއް ލިޔާށެވެ! (3 މާކްސް)
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
11.  ބާޤިރަކީ، ރާނާ ސިމެންތިޖެހުމުގެ މަސައްކަތްކުރާ މީހެކެވެ. ހޫދު އޭނާގެ ގެ ރޭނުމަށްޓަކައި ބާޤިރު ގެންގޮސް، 1 ދުވަހު، މަސައްކަތް ކުރުވުމަށްފަހު 100 ރުފިޔާ ދިނެވެ. އެހެންނަމަވެސް މި އަގަކީ އޭނާ ރުހޭ (ހިތްހަމަޖެހޭ) އަގަކަށް ނުވިއެވެ. ސަބަބަކީ އޭނާ ޢާއްމުކޮށް މަސައްކަތް ކުރަނީ ދުވާލަކަށް 150 ރުފިޔާގެ ރޭޓުން ކަމަށްވާތީއެވެ. (ހ). ހޫދު ބާޤިރަށް ދިން 100 ރުފިޔާއަކީ ހިބައެއްތަ؟ ނުވަތަ ކުއްޔެއްތަ؟ ނުވަތަ ޢާރިޔާއެއްތަ؟ (ށ). މި ދެމީހުންގެ ދެމެދުގައި މި ކުރެވުނު މުޢާމަލާތާއި ގުޅިގެން މައްސަލަޖެހެން މެދުވެރިވީ ކޮންކަމެއް ފުރިހަމަނުވެ އޮތީމާތަ؟ (3 މާކްސް)
ޖ: (ހ). އެއީ ކުލި.  (ށ). އެ ދެމީހުންގެ ދެމެދުގައި މައްސަލަޖެހުނީ މަސައްކަތްކުރަން ފެށުމުގެ ކުރިން (ކުރަންވީ މަސައްކަތުގެ) އަގު ކަނޑައަޅާފައި ނެތީމައެވެ.

12.  އަބޫބަކުރުގެފާނު، މުސްލިމުންގެ އެންމެ އިސް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ވަރަށް އަގުހުރި ޚުޠުބާއެއް (ސްޕީޗެއް) ދެއްވިއެވެ. އެ ޚުޠުބާގައި އެކަލޭގެފާނު ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންތައްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރެއިން 3 ކަމެއް ބަޔާންކުރޭ!  (3 މާކްސް)
ޖ: 1. ރަނގަޅަށް ކުރެވޭ ކަންކަމަށް އެއްބާރުލުންދިނުން 2. ގޯސްކޮށް ކަމެއް ކުރެވޭ ހިނދު، ރަނގަޅު ގޮތް ބުނެދިނުން 3. ތެދުވެރިވުން (އަމާނާތެރިވުން) 4. ދޮގު ނުހެދުން (ޚިޔާނާތްތެރިނުވުން) 5. ފާޙިޝް ޢަމަލުތައް ޢާއްމުވިޔަ ނުދިނުން (އެއީ ﷲ މުޞީބާތް ޢާއްމުވެދާނެ ކަމެއްކަން)

13.  ޢުމަރުގެފާނަށް "އަލްފާރުޤު" ގެ ލަޤަބު ލިބި ވަޑައިގެންނެވީ ކޮން ކަމަކާ ގުޅިގެންކަން ބަޔާންކުރާށެވެ.      (3 މާކްސް)
ޖ: ޢުމަރުގެފާނު އިސްލާމްވެވަޑައިގެންނެވި ދުވަހު، ކީރިތި ރަސޫލާގެ އަރިހުގައި އެކަލާގެފާނު ދެންނެވިއެވެ.  ޙައްޤު ގޮތުގައި ތިބީ މުޝްރިކުންތޯ ނުވަތަ ތިމަންމެންތޯއެވެ. ޖަވާބުގައި "ތިމަންމެނޭ" ރަސޫލާ ޙަދީޘްކުރެއްވުމުން، މުސްލިމުންގެ ޖަމާޢަތަކާއިގެން ޢުމަރުގެފާނު މަސްޖިދުލްޙަރާމަށް ނުކުމެވަޑައިގެން ފާޅުގައި އަޅުކަންކުރައްވަން ފެއްޓެވުމާ ގުޅިގެންނެވ. (މި މާނަ ދޭހަވާ ގޮތަށް ލިޔެފިނަމަ 2 މާކްސް)


14.  މަޖޫސީ އަޅެއް ކަމަށްވާ، ފައިރޫޒު އަބޫ ލުއުލުއު ނަމަކަށް ކިޔާ މީހަކު ދިން ޙަމަލާއެއްގައި ޝަދުވި، މުސްލިމުންގެ ޚަލީފާއަކީ ކޮން ބޭކަމެއް ހެއްޔެވެ؟ (2 މާކްސް)
ޖ: ޢުމަރު ބުން އަލްޚައްޠާބު (މުސްލިމުންގެ ދެވަނަ ޚަލީފާ) // އަބޫބަކުރުގެފާނު


15.  ޢުޘްމާނުގެފާނަކީ ދީލަތިކަމުގައި މަޝްހޫރު ބޭކެލެކެވެ. އެކަލޭގެފާނުގެ ދީލަތިކަން ހާމަވާ ދެ މިސާލު ލިޔޭ! (3 މާކްސް)
ޖ: 1. މަދީނާގައި މުސްލިމުންނަށް ފެން ލިބުން ދަތިވެފައި ވަނިކޮށް ފެން ވަޅެއް ބައްލަވައިގަތުމަށް ފަހު މުސްލިމުންނަށް އެވަޅު ވަޤުފްކުރެއްވިއެވެ. 2. (މަދީނާގައި) ތަދުމަޑުކަން ފެތުރިފައި ވާ ދުވަސްވަރެއްގައި ޝާމްކަރައިން އައި އެކަލޭގެފާނުގެ ކާބޯތަކެތީގެ ޤާފިލާއެއް، ވިޔަފާރިވެރިން ބޮޑު އަގުގައި ގަންނަން އައިސް ތިއްބާ އެ ޤާފިލާގެ ކާބޯތަކެތި މުސްލިމުންނަށް ބައްސަވާލެއްވިއެވެ. 3. އެތަށް (ވަރަށް ގިނަ) ހަނގުރާމަތަކަކަށް ބޮޑެތި ޚަރަދުތައް ކުރައްވާފައި ވެއެވެ.



16.  ޢަލީގެފާނާއި ކީރިރި ރަސޫލާ މުޙައްމަދު އާއި ހުރި ގާތް ތިމާގެކަން ބަޔާންކުރޭ! (2 މާކްސް)
ޖ: އެ ދެބޭކަލުންނަކީ ދެބޭންގެ ދެރިން // ޢަލީގެ ފާނުގެ ބައްޕާފުޅަކީ ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު. // ކީރިތި ރަސޫލާގެ ބައްޕާފުޅަކީ ޢަލީގެފާނުގެ ބޮޑުބޭބޭފުޅު. // ޢަބްދުލް މުއްޠަލިބަކީ މި ދެބޭކަލުންގެ ވެސް ކާފާފުޅު.

 

17.  ﷲ ގެ ނިޢުމަތަށް ޝުކުރުވެރިވުމަކީ ކޮބާ: (3 މާކްސް)
ޖ: ﷲ ދެއްވި ނިޢުމަތަށްޓަކައި އެކަލާނގެއަށް ޙަމްދުކޮށް ޛިކުރުކުރުމާއި އެކަލާނގެ ރުއްސަވާ ގޮތަށް އުޅުން. އަދި އެކަނާގެ އަންގަވާފައިވާ ގޮތަށް އެ ނިޢުމަތްތަކުގެ ބޭނުން ހިފުން. އަދި އެއީ ނިޢުމަތްތައް އިތުރުކުރައްވާ ކަމެއް.

18.  ސާފުތާހިރުކަމަށް އިސްލާމް ދީނުގައި ދެއްވާފައިވާ އަހައްމިއްޔަތުގެ ބޮޑުކަން ދޭހަވާ ދެ ކަމެއް ދަލީލާއެކު ބަޔާންކުރޭ!  (3 މާކްސް)
ޖ: * ސާފުތާހިރުކަމަކީ، ﷲ ތަޢާލާ ރުހިވޮޑިގަތުން ލިބޭ ކަމެއް. // އިސްލާމް ދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދުކުރުން ޞައްޙަވާނީ ނަމާދުކުރާ މީހާގެ ހަށިގަނޑާއި، ލައިގެން ހުންނަ ހެދުމާއި، ނަމާދުކުރަންހުންނަ ތަނުގައިވެސް ހަޑިއެއްޗެއް ނެތުމުން. އަދި ނަމާދުކުރާ މީހާގެ ހަށިގަނޑުގައި ހަޑިއެއްޗެއް ނެތަސް ދެޙަދަޘުން ޠާހިރުވުމަކީ ވެސް ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ. // މުސްލިމުން، ރެޔާއި ދުވާލު 5 ފަހަރު ވުޟޫކުރަންޖެހޭ. // ކެއުމުގެ ކުރިންނާއި ފަހުން އަތާއި އަނގަ ދޮންނަން. // މީހުން ގިނައިން އެއްވާ ތަންތަނަށް ދާއިރު (މިސާލަކަށް: ހުކުރުނަމާދާއި، ޢީދުނަމާދަށް) ފެންއިވަރައި، ސާފުވެގެން ދިއުމަށް އަންގަވާފައިވޭ.
*  "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ދަތި އުނދަގޫ ކަމަކަށް ނުވާނެނަމަ ކޮންމެ ނަމާދަކަށް ދަތްއުނގުޅުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހޭ" މިފަދައިންރަސޫލާ ޙަދިޘްކުރައްވަފައި ވެއެވެ. // ﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ ﴿البقرة: ٢٢٢﴾: ހަމަކަށަވަރުން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުން ދެކެ ވެސް (އެކަލާނގލޯބިވެވޮޑިގެންވެއެވެ."
19.  ރިވެތި އަޚްލާޤް ކަމަށް ބެލެވޭ ތިން ކަމެއް ލިޔޭ! (1.5 މާކްސް)
ެ) ޖ: ތެދުވެރިވުން // އަމާނާތްތެރިވުން // ކުޑަކުދިންނަށް އޯގާތެރިވުން // މުސްކުޅީންނަށް ކަމޭހިތައި އެހީތެރިވުން // ނިކަމެތީންނަށް އަޅާލުން // މަޢާފްކުރުން // ބޮޑެތި މީހުންނަށް ޤަދަރުކުރުން (އިޙްތިރާމްކުރުން) // ދީލަތިވުން // އަމިއްލަ އެދުން ބޮޑުނުކުރުން // ކެތްތެރިވުން // ޝަކްވާ ގިނަނުކުރުން // ހިތްތިރިވުން ...........
20.  وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ * لِّلسَّائِلِ وَالْمَحْرُومِ * "އަދި، އެބައިމީހުންނީ ސުވާލުކޮށް، އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެބައިމީހުންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ." މި އާޔަތުން ދޭހަވާ ކަމަކީ ކޮބާ؟ (3 މާކްސް)
ޖ: * ޙާލުގައިޖެހިފައިވާ މީހުންނަށް (ނިކަމެތިންނަށް) އަޅާލާން (އެހީތެރިވާން) ޖެހޭނެކަން. (2 މ) * މުދާ ނެތް މީހުން. / ތަނަވަސްކަން ނެތް މީހުން / ކާބޯތަކެތި ނެތް މީހުން / ގެދޮރު ނެތި ޙާލުގައިޖެހިފައިވާ މީހުން / ފަޤީރުން / މިސްކީނުން. / އަތްމަތި ދަތި މީހުން. (1 މ)
21.  ހުރިހާ އިންސާނުންނަކީ އެއްގޮތަކުން ހަމަހަމަ ބައެކެވެ. އަނެއް ގޮތަކުން ބަލާއިރު ހަމަހަމަ ބައެއް ނޫނެވެ. ނަޞްލީ ތަފާތުތަކާއި ނިސްބަތްވާ ޤައުމުގެ ތަފާތުތަކާއި، ދޮނާއި ކަޅުގެ ތަފާތުތަކާއި، ޖިންސުގެ ތަފާތުތަކާއި އަދި މިނޫނަސް ވަރަށް ގިނަ ތަފާތުތައް ހުރެއެވެ. އިސްލާމްދީން ދެކޭ ގޮތުގައި މިފަދަ ކަންކަމަކީ އެއްބަޔަކަށް ވުރެ އަނެއްބަޔަކު މަތިވެރިވާ ނުވަތަ ނިކަމެތިވާ ސަބަބުތަކެއްއް ނޫނެވެ.
(ހ). އިންސާނުންގެ ހަމަހަކަމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރު ހާމަވާ، ކީރިތި ރަސޫލާގެ ބަސްފުޅެއް ބަޔާންކުރާށެވެ. (2 މާކްސް)
ޖ: (ހ). 1. "މީސްތަކުން ފުނަލުގެ ދަތްތައް ފަދައިން ހަމަހަމައެވެ."  2. "ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވިއަސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ."

(ށ). މުޖުތަމައެއްގައި އުޅޭ މީހުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެ ދެ ކަމެއް ބަޔާންކުރޭ! (2 މާކްސް)
ޖ: (ށ). އިޖްތިމާޢީ ކަންކަމުގައި ބައިވެރިވުން // ޢިލްމު އުނގެނުން // ހުއްދަ މަސައްކަތްކުރުން (ވިޔަފާރުކުރުން) // އަޅުކަންކުރުން // އަމިއްލަ ތަކެތި މިލްކުކުރުން // ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރުން ..................


22.  ދުނިޔޭގައިވާ އެންމެ މާތް ފޮތަކީ ކޮބައިކަމާއި، އެ ފޮތަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރަންވީ 2 ކަމެއް ހިމަނައިގެން، (ފަސް ފޮޅުވަތަށް ވުރެން ދިގުނޫން) ޕެރެގްރާފެއް ލިޔޭ!  (3 މާކްސް)
ޖ: * ކީރިތި ޤުރުއާން (1 މާކްސް)

   * 1). ކީރިތި ޤުރުއާން ކިޔެވުމާއި، އެ ފޮތް ދަސްކުރުމަށް މަސައްކަތްކުރުން. 2). ކީރިތި ޤުރުއާނަށް ޢަމަލުކުރުން. (އެ ފޮތުގައި އަންގަވާފައިވަ ގޮތަށް އުޅުން.) 3). އެ ފޮތުގައި ބީހުމާއި، އުފުލައި ހެދުމުގައި، ދެ ޙަދަޘުން ޠާހިރުވުން. 4). އެ ފޮތް ތަނެއްގައި ބާއްވާނަމަ އެންމެ މަތީގައި ބޭއްވުމާއި، ހުޅުވާފައި ނުބޭއްވުން. 5). ނަމާއި އެޑްރެސް ފަދަ ވަރަށް މުހިންމު އެއްޗެއް މެނުވީ ޤުރުއާން ފޮތުގައި (ޚަތިމުގައި) ނުލިޔުން. 6). ޤުރުއާން ލިޔެފައި ހުންނަ ފޮތްތަކާއި ގަނޑުތަކާއި، އެހެނިހެން ތަކެތި ބިންމައްޗަށް ނޭއްލުމާއި، ޑަސްބިނަށް ނުވަތަ ކުނި ގޮނޑަށް އުނކާނުލުން. (2 މާކްސް)

23.  މުސްލިމުން ހީވާގިވެ، މުރާލިވުމަށް ބާރުލިބޭ އެންމެ ޚާއްޞަ އަޅުކަމަކީ ކޮބައިކަން ސަބަބާއެކު ބަޔާންކުރޭ!   (2.5 މާކްސް) ޖ: * ފަރުޟު ފަސްނަމާދާއި، ސުންނަތް ނަމާދުތައް. (ނަމާދު) (1 މާކްސް)     * ސަބަބަކީ އެއީ ރެޔާއި ދުވާލުގެ ތެރޭގައި ތަފާތު ފަސް ވަގުތެއްގައި ކުރަންޖެހޭ އަޅުކަމެކެވެ. މުޅި ހަށިގަނޑު ޙަރަކާތްތެރިކުރުވާ އަޅުކަމެވެ. ޖަމާޢަތަށް މިސްކިތަށް ގޮސް ކުރުމުން ސަވާބު ބޮޑުވާ ގޮތަށް އޮންނަ އަޅުކަމެކެވެ. އަދި މި އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން ސާފުތާހިރުވުމުގެ ޙަރަކާތްތަކެއް ވެސް ކުރަންޖެހެއެވެ. މި ގޮތުން މިކަމަކީ ކަންނެތްކަން ފިލުވާލައި، ހީވާގިވެގެން މެނުވީ އަދާކުރެވޭނެ އަޅުކަމެއް ނޫނެވެ. (މި މާނަ ދޭހަވާ ގޮތަށް ލިޔެފިނަމަ 2 މާކްސް)


No comments:

Post a Comment