Monday, October 22, 2012

ގްރޭޑް 7(22)

ފުރަތަމަ ބައި (15 މާކްސް)

1)   ކޮންމެ ސުވާލެއްގައި ހިމެނޭ (ހ ، ށ ، ރ) ގެ ތެރެއިން އެންމެ ރަގަޅު ޖަވާބުގެ އަކުރު ތިރީގައިވާ ތާވަލުގައި ލިޔާށެވެ.                                                          (15 މާކްސް)
1)    الْقَارِعَة  މިއީ:
ހ). ޤަޔާމަތްދުވަހަށް ދެއްވާފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ.
ށ). ނަރަކައަށް ދެއްވާފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ.
ނ). ސުވަރުގެއަށް ދެއްވާފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ.
2)    މައްދުގެ އަކުރުތަކަކީ:
ހ). އަބަފިލީގެ ފަހަތަށް އަންނަ أ އާއި އިބިފިލީގެ ފަހަތަށް އަންނަ يْ އާއި އުބުފިލީގެ ފަހަތަށް އަންނަ وْ އެވެ.
ށ). އަބަފިލީގެ ފަހަތަށް އިންނަ وْ އާއި އަބަފިލީގެ ފަހަތަށް އަންނަ يْ އާއި އަބަފިލީގެ ފަހަތަށް އަންނަ أ އެވެ.
ނ). ހަމްޒާ (أ ނުވަތަ ء) އާއި އަބަފިލީގެ ފަހަތަށް އަންނަ يْ އެވެ.

3)    ކާއިނާތުގެ ކަންތައްތައް ހިންގަވާ އަދި ބާރުފޯރުވޭ އެހެން ކަލާނގެތަކެއް ﷲ ފިޔަވައި، ވީނަމަ:
ހ). ދުނިޔޭގެ ކަންތައް ފުރިހަމައަށް ހިނގާނެއެވެ.
ށ). ދުނިޔޭގެ ކަންތައް ފުރިހަމައަށް ނުހިނގާނެއެވެ.
ނ). ދުނިޔެ އަބަދު އެއްގޮތަކަށް ހިނގާނެއެވެ.
4)    މީޤާތު ފަހަނަޅާ ދިއުމުގެ ކުރިން އިޙްރާމްބަނުމަކީ،
ހ). ހަމައެކަނި ޙައްޖުގެ ވާޖިބެކެވެ.
ށ). ހަމައެކަނި ޢުމުރާގެ ވާޖިބެކެވެ.
ނ). ޙައްޖާއި ޢުމުރާގެ ވާޖިބެކެވެ.

5)    ޙައްޖަށް އިޙްރާމްބަނުމަށްފަހު، ފުރަތަމަ ތަޙައްލުލް ވުމުގެ ކުރިން، ފަހާފައި ހުންނަ ހެދުން ލުން؛
ހ). ފިރިހެނުންނަށް ޙަރާމްވާނެއެވެ.
ށ). އަންހެނުންނަށް ޙަރާމްވާނެއެވެ.
ނ). އަންހެނުންނަށާއި ފިރިހެނުންނަށް ޙަރާމްވާނެއެވެ.
6)    ވަދާޢުގެ ޠަވާފުކުރާނީ
ހ). ޙާއްޖުމަހު 10 ވަނަ ދުވަހު މައްކާއަށް ގިހެވެ.
ށ). މައްކާއަށް ދެވުމާއެކު އެންމެ ފުރަތަމައަށެވެ.
ނ). ޙައްޖުގެ އަޅުކަން ނިމި ފުރަންވީމައެވެ.

7)    އިޙުރަމްބަނުމަށްފަހު ގިނަގިނައިން ތަލްބިޔާ ލިޔުމަކީ؛
ހ). ވާޖިބެކެވެ.
ށ). ރުކުނެކެވެ.
ނ). ސުންނަތެކެވެ.
8)    ޢުޘްމާނުގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ:
ހ). ޢާމުލް ފީލުގެ 2 އަހަރު ފަހުންނެވެ.
ށ). ޢާމުލް ފީލުގެ 6 އަހަރު ފަހުންނެވެ.
ނ). ޢާމުލް ފީލުގެ 13 އަހަރު ފަހުންނެވެ.

9)    ޢުމަރުގެފާނުގެ ލަޤަބަކީ:
ހ). "އައްޞިއްދިޤް" އެވެ.
ށ). "އަލްފާރޫޤް" އެވެ.
ނ). "ޛުއްނޫރައިން" އެވެ.
10)           ނިޢުމަތްތަކަށް ޝުކުރުކުރުމަކީ
ހ). ނިޢުމަތް އިތުރުވާ ކަމެކެވެ.
ށ). ނިޢުމަތް އުނިވާ ކަމެކެވެ.
ނ). ނިޢުމެތް އުނިވެ އިތުރުވާ ކަމެކެވެ.

ސުވާލު ނަންބަރު:
1
2
3
4
5
6
7
8
9
10
ރަގަޅު ޖަވާބުގެ އަކުރު
ހ
ހ
ށ
ނ
ހ
ނ
ނ
ށ
ށ
ހ




11)           އާރިޔާގެ ގޮތުގައި ދެވިދާނެ ތަކެއްޗަކީ:
ހ). ގެއެއް، ޚަތިމެއް، ހަނޑޫ ކިލޯއެއް، ސައިބޯންޏެއް، ހަރުގަނޑެއް މިފަދަ ތަކެއްޗާއި ތަންތަނެވެ.
ށ). ރާވިއްކުމަށް ފިހާރައެއް، ފަޓުލޫނެއް، ރިހާކުރު ފުޅިއެއް، މިފަދަ ތަކެއްޗާއި ތަންތަނެވެ.
ނ). ނިދާ ކޮޓަރިއެއް، ބުރުމާއެއް، ކާރެއް، ގަމީހެއް، ގޮވާން ހައްދުމަށް ދަނޑެއް، މިފަދަ ތަކެއްޗާއި ތަންތަނެވެ.

12)           އަބޫބަކުރުގެފާނުގެ ގޮވާލެއްވުމަށް އިސްލާމް ދީން ޤަބޫލުކުރެއްވި، ކީރިތި ރަސޫލާގެ ޞަޙާބީންނަކީ:
ހ). ޢުމަރު ބުން އަލް ޚައްޠާބު، ޢަބްދުއްރަޙްމާން ބުން ޢައުފު، ސަޢުދު ބުން ޢަބީ ވައްޤާޞް އެވެ.
ށ). ޢުޘްމާން ބުން ޢައްފާން، ޒުބައިރު ބުން އަލްއައްވާމް، ޢަބްދުއްރަޙްމާން ބުން ޢައުފު އެވެ.
ނ). ޢަލީ ބުން އަބީ ޠާލިބު، ޒުބައިރު ބުން އަލްއައްވާމް، ސަޢުދު ބުން ޢަބީ ވައްޤާޞް އެވެ.

13)           އަހަރެމެން މުސްލިމުން ވާންވާނީ
ހ). އަޅުކަންކުރުމާއި، މީސްތަކުންނަށް ފައިދާހުރި ކަންކަމުގައި ހީވާގި ބަޔަކަށެވެ.
ށ). ކުޅިވުގައި މުނިފޫހިފިލުވުމުގައި ގިނަ ވަގުތު ހޭދަކުރާ ހީވާގި ބަޔަކަށެވެ.
ނ). ދުނިޔެވީ ކަންތައްތަކުގައި ގިނަ ވަގުތު އުޅޭ މުރާލި ބަޔަކަށެވެ.
14)           ދުނިޔޭގައިވާ އެންމެ މާތް ފޮތަކީ
ހ). ކީރިތި ރަސޫލާއަށް ބާވައިލެއްވި ކީރިތި ޤުރުއާނެވެ.
ށ). ކީރިތި ރަސޫލާގެ ޙަދީޘް ފޮތެއް ކަމަށްވާ ޞަޙީހުލް ބުޚާރީއެވެ.
ނ). ކީރިތި ރަސޫލާގެ ޙަދީޘް ފޮތެއް ކަމަށްވާ ޞަޙީހް މުސްލިމެވެ.

15)           ހިޖްރީ ތާރީޚް ޖައްސަވަން ފެއްޓެވީ
ހ). އަބޫބަކުރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ.
ށ). ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ.
ނ). ޢުޘްމާންގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ.


ސުވާލު ނަންބަރު:
11
12
13
14
15
ރަގަޅު ޖަވާބުގެ އަކުރު
ނ
ށ
ހ
ހ
ށ


ދެވަނަ ބައި (12 މާކްސް)

2)   ތިރީގައިވާ ކަންތައްތަކުގެ ޙުކުމް ބަޔާންކުރާށެވެ!                            (6 މާކްސް)
1.      މައްދުގެ އަކުރެއްގެ ފަހަތައް ދެވަނަ ކަލިމާގައި ހަމްޒާއެއް އޮވެއްޖެނަމަ އެ މައްދު ފަސް ޙަރަކާތަށް ދެމުން. (ހުއްދަ/ޖާއިޒު)
2.      ޙައްޖަށް އިޙްރާމްބަނދެގެން ހުންނަ އަންހެނާ، ފަހާފައި ހުރި ހެދުމެއް ލުން. ------------------------------------------------ހުއްދަ
3.      ޙައްޖުމަހުގެ 9 ވަނަ ދުވަހު ޙައްޖުވެރިން ޢަރަފާތު ބިމުގައި ތިބުން. ----------------------------------------------------------ރުކުނެއް
4.      ޙައްޖަށްދާ މީހާ ޙައްޖުވުމަށް ނިޔަތްގަނެ އިޙްރާމްބަނުން. ------------------------------------------------------------------------------ރުކުނެއް
5.      މީހުން ދިރިއުޅުމަށްޓަކައި ގެއިން ކޮޓަރިއެއް ކުއްޔަށް ދިނުން. -------------------------------------------------------------------------ހުއްދަ
6.      މުއްސަނދިންގެ މުދަލުން ނިކަމެތި ފަޤީރުންނަށް ހޭދަކުރުން. ------------------------------------------------------ވާޖިބު / ރުކުނެއް


3)   އެކަށީގެންވާ ބަސްތައް ބޭނުންކޮށްގެން ހުސްތަންތައް ފުރިހަމަކުރާށެވެ.               (6 މާކްސް)
އަޞްލީ  // ފަރުޢީ // ޠަބީޢީ  // މުންފަޞިލް  // ޤަދަރު އުފުލިގެންދާ  // ޤަދަރު ނެތިގެންދާ  // އިންސާނަކަށް  // ޖަނަވާރަކަށް  //  ފާޙިޝް ޢަމަލުތައް  //  ވާގިވެރިވާށެވެ.  //  ހަމަމަގަށް އަޅުވާށެވެ.
1.      މައްދުގެ އަކުރެއްގެ ފަހަތަށް ޖެހިގެން އޮތް ކަލިމައުގައި ހަމްޒާއެއް (أ) އޮވެއްޖެނަމަ އެވާނީ މުންފަޞިލް / ޖާއިޒު މައްދަކަށެވެ.  އަދި އަޞްލީ މައްދަށް ކިޔާ އަނެއް ނަމަކީ ޠަބީޢީ / އަޞްލީ     މައްދެވެ.
2.      އަބޫބަކުރުގެފާނު ޚަލީފާކަމަށް ހޮވިވަޑައިގަތުމުން މުސްލިމުންނާއި މުޚާޠަބުކުރައްވާ ދެއްވި އަސަރުގަދަ ޚުޠުބާގައި އަހަރެމެން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ބަޔާންކޮށްދެއަވަމުން ވިދާޅުވިއެވެ.  "އަހުރެންނަށް ރަގަޅަށް ކަމެއް ކުރެވިއްޖެނަމަ ތިޔަބައިމީހުން އެކަމުގައި ތިމަންކަލޭގެފާނަށް ވާގިވެރިވާށެވެ. (އެހީތެރިވެ އެއްބާރުލުން ދޭށެވެ) އަދި ނުބައިކަމެއް ކުރެވޭ ހިނދު ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ރަގަޅު ގޮތް ދައްކައިދީ ސީދާކޮށްދޭށެވެ! ތެދުވެރިކަމަކީ އަމާނާތެކެވެ. ދޮގުހެދުމަކީ ޚިޔާނާތެކެވެ. އެއްވެސް ޤައުމެއްގައި ފާޙިޝް ޢަމަލުތައް ފެތުރި ޢާއްމުވެއްޖެނަމަ އެބައެއްގެ މައްޗަށް ﷲ ގެ މުޞީބާތް ޢާއްމުވެދެއެވެ."
3.      ރަގަޅު އަޚްލާޤަކީ އިންސާނަކަށް    ލިބޭނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. ﷲ ގެ ޙަޟުރަތުގައި ތިމާގެ ޤަދަރު އުފުލިގެންދާ   ކަމެކެވެ.

ތިންވަނަ ބައި (15 މާކްސް)


4)   ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން ރަގަޅު މަޢުލޫމާތު ދެވިފައިވާ ޖުމުލަތަކުގައި P ފާހަގަ، އަދި ނުބައި މަޢުލޫމާތު ދެވިފައިވާ ޖަމުލަތަކުގައި O ފާހަގަލާށެވެ.                          (7 މާކްސް)
O
  1. ރޯދައަށް ހުރެ، އެއްވެސް ސަބަބެއް ނެތި ގަސްތުގައި ހޮޑުލިއަސް ރޯދާއެއް ނުގެއްލޭނެއެވެ.
O
  2. އިޙްރާމް ބަނުމަށްފަހު ގިނަގިނައިން ތަލްބިޔާ ކިޔުމަކީ ޙައްޖުގެ ރުކުނެކެވެ.
P
  3. ޙައްޖުވާމީހާ އިޙްރާމްބަނުމަށްފަހު ނިޔަފަތި ކެނޑުން ހުއްދަވާނީ ބޮޑުޢީދު ދުވަހު ބޯބޭލުމުން ނެވެ.
O
4. ޙައްޖުވެރިން ޢަރަފާތުގައި ތިބޭނީ ޙައްޖުމަޖުހުގެ އަށްވަނަ ދުވަހުއެވެ.
P
  5. ޢަލީގެފާނު ޝަހީދުވީ ޢަބްދުއްރަޙްމާން ބުން މުލްޖިމް ދިން ޙަމަލާއެއްގައެވެ.
O
  6. ޕޯސްޓްގެ ޚިދްމަތް އެންމެ ފުރަތަމަ ދެއްވަން ފެއްޓެވީ ޢުޘްމާނުގެފާނުގެފާނެވެ.
P
  7. އެންނެ ފުރަތަމަ އިސްލާމީ ކަނޑުގެ ލަޝްކަރެއް އުފަދަވައި އޭނެ ބޭނުން ހިއްޕެވީ ޢުޘްމާނުގެފާނުގެފާނެވެ.
O
  8. ޢުޘްމާނުގެފާނު އިސްލާމްވެވަޑައިގަތީ ޢުމަރުގެފާނުގެ މަސައްކަތްޕުޅުންނެވެ.
P
  9. ކީރިތި ޤުރުއާން އެއްފޮތަކަށް ޖަމާކުރެއްވީ އަބޫބަކުރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ.
P
  10. ކީރިތި ރަސޫލާގެ ދެ ދަރިކަނބަލުންނާއި ކައިވެނިކުރެއްވީ ޢުސްމާނުގެފާނެވެ.
P
 11. އިސްލާމް ދީނުގައި ވާގޮތުން މުއްސަނދީނާއި ފަޤީރުން ނުވަތަ ވެރީންނާއި ރައްޔިތުން އަދި އެއް ޢާއިލާ އަނެއް ޢާއިލާއާއި ނުވަތަ އެއްޤައުމު އަނެއް ޤައުމާއި ތަފާތުނުކުރެވޭނެއެވެ.
O
  12. މީސްތަކުނެގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަ ބަޔަކީ އެމީހުންކުރެ އެންމެ ވިސްނުންތޫނު މީހުންނެވެ.
O
   13. ބުއްދިވެރިޔަކީ ތިމާގެ ހަވާނަފްސުގެ އެދުންތަކަށް ތަބާވެ، ﷲ ގެ ޙަޟުރަތުން ހެޔޮކަމަށް އުންމީދުކުރާ މީހާއެވެ.
P
  14. ތިމާއަށްވުރެ ޢުމުރުން ދޮށިނުވިޔަސް ތިމާއަށް ވުރެ ޢިލްމުވެރިކަމުގައި ކުރިއަރާފައިވާ މީހެއްނަމަ އެމީހަކަށް އިޙްތިރާމްކުރަންވާނެއެވެ.



5)   ނަންބަރުޖަހައިގެން ތިރީގައިވާ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނަޔާއި ގުޅުވާށެވެ.        (4 މާކްސް)
1
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
3
އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ
2
إِنَّ الْإِنسَانَ لَفِي خُسْرٍ
4
ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.
3
الَّذِي جَمَعَ مَالًا وَعَدَّدَهُ
2
ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.
4
إِنَّهَا عَلَيْهِم مُّؤْصَدَةٌ
1
ޣީބަ ބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.
5
نَارٌ حَامِيَةٌ
6
އެބައިމީހުންގެ މެދުގައި އޯގާވެރި ރަޙްމަތްތެރި ބައެކެވެ.
6
رُحَمَاءُ بَيْنَهُمْ
7
ހިތްތަކަށް ބިރުވެރިކަން ގެންސްދޭ ޤިޔާމަތްދުވަހެވެ.
7
الْقَارِعَةُ
5
އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.
8
فَأَمَّا مَن ثَقُلَتْ مَوَازِينُهُ
8
ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!


6)   ތިރީގައިވާ ކަންތައްތަކާއި އެކަމަކާ ގުޅުންހުރި ޚަލީފާއަކާއި އެޚަލީފާއަކަށް ދީފައިވާ ނަންބަރުޖަހައިގެން ގުޅުވާށެވެ.    (4 މާކްސް)
- ރަސޫލާ ހިޖްރަކުރެއްވިރޭ އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އަވަހާރަލެއްޕެވުން.   (   )
- ކީރިތި ޤުރުއާން އެއް ޤިރާއަތަކަށް ޖަމާކުރައްވާ ކޮޕީތަކެއް ލިޔުއްވުން.         (   )
- ކީރިތި ޤުރުއާން އެއް ފޮތަކަށް ޖަމާކުރެއްވުން.                        (   )
- އެންމެ ފުރަތަމަ ހިޖްރީ ތާރީޚް ޖައްސަވަން ފެއްޓެވުން.                   (   )
- އެންމެ ފުރަތަމަ އިސްލާމީ ކަނޑުގެ ލަޝްކަރެއް އުފައްދަވާ އޭގެ ބޭނުން ހިއްޕެވުން. (   )
- ދީލަތިކަމާއި އަޅުވެރިކަމުގައި އެންމެ ބޮޑަށް މަޝްހޫރުވުން.             (   )
- ކީރިތި ރަސޫލާގެ އަރިހުގައި އެންމެ ފުރަތަމަ ނަމާދުކުރެއްވުން.             (   )
- ކީރިތި ރަސޫލާގެ ހިޖްރައިގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމުގެ ޝަރަފް ލިބުން.   (   )

1. އަބޫބަކުރުގެފާނު
2. ޢުމަރުގެފާނު
3. ޢުޘްމާނުގެފާނު
4. ޢަލީގެފާނު


ހަތަރުވަނަ ބައި (58 މާކްސް)

7)   އަންނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!                                          
1. ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލު ހުންނާނެ ގޮތް ބަޔާންކުރައްވައި، އަލްޤާރިޢާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ  މި އާޔަތުގެ މާނައަކީ ކޮބައި ހެއްޔެވެ؟                          (2 މާކްސް)
ޖ: އެދުވަހުން މީސްތަކުން ވާނީ ވިއްސިވިހާލިވެގެންދާ ކޮކާތަކެއް ފަދައިންނެވެ.
*  އަނޑަލައިން ކޮށްފައިވާ ބަސްތައް ހިމަނައިގެން މި މާނަ ނުގެއްލޭ ގޮތަށް ލިޔެފައިވާނަމަ   2 ކާލާސް.


2. އެމީހެއްގެ ހެޔޮޢަމަލުތައް ގިނަވެއްޖެ މީހަކަށް ޤިޔާމަތްދުވަހުން ލިބޭނެ އުފާވެރިކަން ބަޔާންކުރައްވައި އަލްޤާރިޢާ ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވަނީ فَهُوَ فِي عِيشَةٍ رَّاضِيَةٍ މިފަދައިންނެވެ. މާނައީ: "ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ." މި އާޔަތުގައި "ރުހެވިގެންވާ ދިރިއުޅުމެއް" ކަމަށް ބުނެފައިވަނީ ކޮން ތަނަކަށް ހެއްޔެވެ؟                    (2 މާކްސް)
ޖ: ސުވަރުގެއަށެވެ.
* ޖަވާބު: ރަގަޅުނަމަ 2 މާކްސް.


3. ވާޖިބު މައްދަކީ ކޮބައިހެއްޔެވެ؟                                       (2 މާކްސް)
ޖ: (އެއީ) މައްދުގެ އަކުރެއްގެ ފަހަތަށް ހަމައެކަލިމާގައި ހަމްޒާ (ء) އޮތުމުން ވެވޭ މައްދެވެ.
* އަންޑަލައިން ކޮށްފައިވާ އެއްވެސް ބައެއް މަދުނަމަ 0 ދޭނީ.
* ބަސްތައް އިސްފަސްވިޔަސް މާނަ ދޭހަވާގޮތަށް ލިޔެފައި ވާނަމަ 2 މާކްސް.


4. ސުލައިމާނު ރޯދައަށް ހުރެ، އެއްވެސް މީހަކަށް ނޭގޭ ގޮތަށް ސިއްރު ސިއްރުން ފެންފޮދެއް ބޯލިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ސްކޫލުގައި ކިޔެވި، ﷲ ގެ ސިފަފުޅުތަކުގެ މަތިން ހަނދާންވެ މިކުރެވުނު ކަމާމެދު ވަރަށް ދެރަވެ،  ތައުބާވިއެވެ. އަދި ފަހުން އެރޯދަ ޤަޟާކުރިއެވެ. ވީމާ، ގްރޭޑް 7 ގައި ކިޔެވި ﷲ ގެ ސިފަފުޅުތަކުގެ ތެރެއިން މި ކަމާ އެންމެ ގުޅޭ ﷲ ގެ 2 ސިފަފުޅު ލިޔާށެވެ. (3 މާކްސް)
ޖ: - ދެނެވޮޑިގެންވުން        - ބައްލަވާވޮޑިގެންވުން. ---------------------------------------------------------------------------------------------------------------
*  ކޮންމެ ރަގަޅު ޖަވާބަކަށް 1.5 މާކްސް،     ޖުމުލަ 3 މާކްސް

5. އަބަދުވެސް ދުނިޔެ ދައުރުވަމުން ދަނީ އެއްގޮތަކަށެވެ. އިރުއަރަނީ އެއްފަރާތަކުންނެވެ. ގަސްގަހާގެއްސާއި ޖަނަވާރުތަކާއި އެހެނިހެން ވެސް ދިރޭތަކެތި އުފެދި، ހެދި ބޮޑުވުމުގައި ކަންހިނގަމުން ދަނީ އެއްގޮތަކަށެވެ. އަދި މިފަދަ ޤުދުރަތީ ކަންތައްތައް ހިނގަމުންދަނީ ވަރަށް ވެސް ފުރިހަމަ އިންތިޒާމެއްގެ މަތީންކަމާމެދަކު ޝައްކެއްވެސް ނެތެވެ.  ވީމާ، އަބަދު އެއްގޮތަކަށް އަދި އެހާމެ ފުރިހަމައަށް ކާއިނާތުގެ (ނުވަތަ ޔުނިވާރސްގެ) ކަންތައްތައް ހިނގަމުންދާ ދިއުން އަންގައިދެނީ ﷲ ވޮޑިގެންވާކަމެވެ. މީގެ އިތުރުން މިކަންކަމުން ދޭހަވާ ﷲ ގެ ދެ ސިފަފުޅެއް ބަޔާންކުރޭ!                                                              (3 މާކްސް)
ޖ: - އެއްކައުވަންތަކަން (އަބަދު އެއްގޮތަކަށް ހިނގަމުންދިއުމުން)   - ކުޅަދުންވަންތަކަން. (ވަރަށް ފުރިހަމައަށް ހިނގަމުން ދިއުން.
*  (ތަފްޞީލު ނުދިނަސް) ރަގަޅު ކޮންމެ ސިފަފުޅަކަށް 1.5 މާކްސް       ޖުމުލަ 3 މާކްސް


6. މައިމޫނާ ޙައްޖަށް ދިޔައީ އޭނާގެ ފިރިމީހާޔާއެކުގައެވެ. އިޙްރާމް ބަނުމަށްފަހު އެ ދެމީހުންވެސް ސާފުތާހިރު، ހުދުކުލައިގެ، ފަހާފައިހުރި ހެދުން ލިއެވެ. އަދި މައްކާއަށް ދެވުނު އިރު މައިމޫނާ ވަނީ ޙައިޟުވެފައެވެ. އެހެންކަމުން ތާހިރުވެލުމަށްޓަކައި ފެންވަރައިގެން ގައިގައި އަތަރު (ނުވަތަ ސެންޓް) ލިޔެވެ. އަދި މޫނު ބުރުގާއަޅައިގެން އޭނާ ދިޔައީ ޠަވާފްކުރާށެވެ. ވީމާ، މިޙާދިޘާ ރަގަޅަށް ކިޔާލުމަށްފަހު މައިމޫނާ ކޮށްފައިވާ ހުއްދަނޫން ތިން ކަމެއް ލިޔާށެވެ.                                                              
                                                                     (3 މާކްސް) 
ޖ: - އަތަރު ނުވަތަ ސެންޓްޖެހުން             - މޫނުބުރުގާއެޅުން ނުވަތަ މޫނު ނިވާކުރުން.          – ޙައިޟު (ނުވަތަ ބޮޑުޙަދަޘްވެރި) ވެފައި ހުރެ ޠަވާފްކުރުން -----------------------------------------------------------------------------------------------------------
*  ކޮންމެ ރަގަޅު ޖަވާބަކަށް 1 މާކްސް    ޖުމުލަ 3 މާކްސް


7. ޠަވާފުކުރާ ގޮތް ތަފްޞީލުކޮށް ލިޔޭ!                                            (3 މާކްސް) 
ޖ: ޙަޖަރުލް އަސްވަދުން ފަށައިގެން،     ގެފުޅު ތިމާގެ (ޠަވާފުކުރާ މީހާގެ) ވާތްފަރާތަށް ވާނޭހެން،     ގެފުޅު (ކަޢުބާ) ވަށައިގެން،    ހަތް ބުރުޖެހާނީއެވެ.
*  ޖަވާބު ރަގަޅުނަމަ 3 މާކްސް.

8. ޙަސަންމަނިކު، އޭނާ މަސައްކަތްކުރާ އޮފީހުގެ މީހުންނާއެކު، ރޯދަމަހުގެ ދުވަހެއްގައި ދުރު ރަށަކަށް ޕިކްނިކް ދިޔައެވެ. އެދަތުރަކީ ނަމާދު ޤަޞްރުކޮށް ޖަމްޢުކުރެވޭހާ ދުރުމިންހުރި ދަތުރެކެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ، އިސްލާމް ދީން ހުއްދަނުކުރާފަދަ ބައެއް ޙަރަކާތްތައް ހިމެނިފައިވާ ދަތުރެއްވެސް މެއެވެ. އަދި އެއީ ދުރު ދަތުރަކަށް ވީތީ އެދުވަހު ޙަސަންމަނިކު ރޯދަވެސް ދޫކޮށްލިއެވެ. ވީމާ، ޙަސަންމަނިކު ރޯދަ ދޫކޮށްލުން ހުއްދަވާނެކަން ނުވަތަ ނޫންކަން ސަބަބާއެކު ބަޔާންކުރޭ!              (3 މާކްސް)
ޖ: * ހުއްދައެއް ނުވާނެއެވެ.
   * ސަބަބަކީ އެދަތުރަކީ އިސްލާމްދީން ހުއްދަކުރާ ދަތުރަކަށް ނުވާތީއެވެ. / އެއީ ހުއްދަ ބޭނުމެއްގައި ކުރާ ދަތުރަކަށް ނުވާތީއެވެ.
* (ފުރަތަމަ ބައި ރަގަޅުނަމަ) ސަބަބު ބަޔާންކުރުމަށް 1.5 މާކްސް.             ޖުމުލަ 3 މާކްސް.
                          
9. ޙައްޖުމަހުގެ 11، 12، 13  މި ތިންރޭ ޙައްޖުވެރީން މިނާގައި ރޭކުރުމަކީ ވާޖިބެކެވެ.  އަދި ޙައްޖުމަހުގެ  11، 12، 13 މި ތިން ދުވަހު ތިން ޖަމްރާއަށް (ކޮންމެ ޖަމްރާއަކަށް 7 ހިލަ) އުކުމަކީ ވެސް ވާޖިބެކެވެ. ނަމަވެސް މިދިޔަ އަހަރު ޙަސަންމަނިކު ހެދިގޮތަކީ 12 ވަނަ ދުވަހު ހިލައުކުމަށްފަހު އެދުވަހުގެ އިރުވެސް ނުއޮއްސެނީސް މައްކާއަށް ދިޔައީއެވެ. ވީމާ، ޙަސަންމަނިކުގެ މިޢަމަލާއި މެދު ބުނަނީ ކީކޭހެއްޔެވެ؟ އޭނާ ކަންތައް ކުރިގޮތް ރަނގަޅުކަން ނުވަތަ ނޫންކަން ސަބަބާއެކު ބަޔާންކުރާށެވެ.                     (2 މާކްސް)
ޖ: * (އޭނާ ކަންތައްކުރި ގޮތް) ރަނގަޅެވެ.
   * ސަބަބަކީ: 12 ވަނަ ދުވަހު ހިލައުކުމަށްފަހު މައްކާއަށް ދާން ގަސްތުކޮށް އިރުއޮއްސުމުގެ ކުރިން މިނާއިން ނުކުންނަ (ނުވަތަ މައްކާއަށް ދާ) މީހުންނަށް 13 ވަނަރޭ މިނާގައި ރޭކުރުމާއި 13 ވަނަ ދުވަހު ޖަމްރާތަކަށް ހިލައުކުން ﷲ ލުއކޮށްދެއްވާފައި ވާތީއެވެ. / (އެއީ) ހުއްދަ ކަމަކަށް ވާތީއެވެ.
* ސަބަބު ބަޔާންކުރުމަށް 1 މާކްސް. (ފުރަތަމަ ބައި ރަގަޅުނަމަ)            ޖުމުލަ 2 މާކްސް.


10. ކުއްޔަށް ދިނުމާއި ޢާރިޔާއަށް ދިނުމާއި ހުރި ތަފާތަކީ ކޮބާ؟                             3 މާކްސް)
ޖ: ކުއްޔަށް ދިނުމަކީ ބޭނުންކުރުމަށްފަހު އަނބުރާދޭ ގޮތަށް، އަގެއް ލިބޭގޮތަށް އެއްޗެއް ދިނުމެވެ. ނަމަވެސް ޢާރިޔާއަށް ދިނުމަކީ އަގެއް ނުނަގާ ބޭނުންކުރުމަށްފަހު އަނބުރާދޭ ގޮތަށް ދިނުމެވެ. ------------------------------------------------------------------
* (އަންޑަލައިންކޮށްފައިވާ ހަތަރު ޢިބާރާތްކޮޅުގެ މާނަ ދޭހަވާ ގޮތަށް ދެބައި ލިޔެފައިވާނަ 3 މާކްސް ދޭނީ. އެއްވެސް މުހިންމު ނުކުތާއެއް މަދުވާނަމަ 0 ދޭނީ.)

11. ހިބައިގޮތުގައި ބެލެވޭ ދެ އެއްޗެއްގެ ނަން ލިޔާށެވެ!                                (2 މާކްސް)
ޖ: ހަދިޔާ އާއި ޞަދަޤާތް ނުވަތަ ޒަކާތް ---------------------------------------------------------------------------------------------------------------------------------------------------

12. ޢާރިޔާގެ މުހިންމުކަމާ ބެހޭގޮތުން ދެ ފޮޅުވަތަށްވުރެ ކުރު ނޫން އަދި ހަތަރު ފޮޅުވަތަށްވުރެ ދިގު ނޫން ޕެރެގްރާފެއް ލިޔޭ!    (3 މާކްސް)
ޖ: ޢަރިޔާއަކީ މީސްތަކުންގެ އަސާސީ ބޭނުންތައް ނުވަތަ އެނޫން ބޭނުންތައް ފުއްދުމަށްޓަކައި ވަރަށް ބޭނުންތެރި މުޢާމަލާތެކެވެ.  އޭގެ ސަބަބުން ނިކަމެތި ފަޤީރުމީހުންނަށް ވެސް އެމީހުންގެ ހުއްދަ ބޭނުންތައް ފުރިހަމަކުރުމަށް ފުރުޞަތުލިބޭ ކަމެކެވެ. ކޮންމެ މީހަކީ ހުރިހާ އެއްޗެއް ގަނެގެން ނުވަތަ ކުއްޔަށް ހޯދައިގެން އުޅުވޭނެ މީހެއް ނޫނެވެ. އެހެންކަމުން މިއީ އިސްލާމްދީނުގައި މީސްތަކުންގެ މަސްލަޙަތަށްޓަކައި ހުއްދަކުރައްވާފައިވާ ކަމެކެވެ. ---------------------------------
* ޢާރިޔާގެ މުހިންމުކަން ބަޔާންކޮށްދީފައިވާނަމަ 2 ފޮޅުވަތް ހަމަނުވިޔަސް 2 މާކްސް ދޭނީއެވެ. * 2 ފޮޅުވަތް ހަމަވާނަމަ 4 ފޮޅުވަތަށް ވުރެ ދިގުވިޔަސް 1 މާކްސް ދޭނީއެވެ. (ދެ ކަކަށް މުޅި ޖުމުލަ 3 މާކްސް)

13. ބާޤިރަކީ، ރާނާ ސިމެންތިޖެހުމުގެ މަސައްކަތްކުރާ މީހެކެވެ. ހޫދު އޭނާގެ ގެ ރޭނުމަށްޓަކައި ބާޤިރު ގެންގޮސް، 1 ދުވަހު، މަސައްކަތް ކުރުވުމަށްފަހު 100 ރުފިޔާ ދިނެވެ. އެހެންނަމަވެސް މި އަގަކީ އޭނާ ރުހޭ އަގަކަށް ނުވުމުން ދެމީހުންގެ މެދުގައި ޒުވާބު އުފެދުނެވެ. އެރަށުގައި ޢާއްމުކޮށް މިބާވަތުގެ މަސައްކަތް ކުރަނީ ދުވާލަކަށް 150 ރުފިޔާގެ ރޭޓުންނެވެ. (ހ). ހޫދު ބާޤިރަށް ދިން 100 ރުފިޔާއަކީ ހިބައެއް ހެއްޔެވެ؟ ނުވަތަ ކުލި ހެއްޔެވެ؟ ނުވަތަ ޢާރިޔާ ހެއްޔެވެ؟                                       (1 މާކްސް)   
ޖ: ކުލި (އުޖޫރަ)  -----------------------------------------------------------------------------------------------------------------------------------------------------------------
* ޖަވާބު ރަގަލޫނަމަ 1 މާކްސް. * ރަގަޅު ޖަވާބާއެކު އިތުރު ޖަވާބެއް ލިޔެފިނަމަ 0 މާކްސް.

(ށ). މި ދެމީހުންގެ ދެމެދުގައި މި ކުރެވުނު މުޢާމަލާތާއި ގުޅިގެން މައްސަލަޖެހެން މެދުވެރިވީ ކޮންކަމެއް ފުރިހަމަނުވެ އޮތީމާހެއްޔެވެ.؟    (2 މާކްސް)
ޖ: (އެއީ) މަސައްކަތް ފެށުމުގެ ކުރިން، މަސައްކަތުގެ އަގު ކަނޑައަޅަންޖެހޭނެއެވެ. ނަމަވެސް އެކަންއޮތީ ފުރިހަމަ ނުވެއެވެ. ------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
* މި މާނަ ދޭހަވާގޮތަށް ލިޔެފައިވާނަމަ 2 މާކްސް ދޭނީ.

14. އަބޫބަކުރުގެފާނުގެ ޚިލާފާކަމުގެ ދުވަސްވަރު ޢުމަރުގެފާނު ދެއްވި ޚިޔާލުފުޅަކާ އެއްގޮތަށް އެކަލޭގެފާނު ކުރެއްވި އެންމެ މުހިންމު ކަމަކީ ކޮބައިހެއްޔެވެ؟                                                            (2 މާކްސް)
ޖ: އެއީ، ކީރިތި ޤުރުއާން އެއް ފޮތަކަށް ޖަމާކުރެއްވުމެވެ.  ---------------------------------------------------------------------------------------------------------------
 * ޖަވާބު ރަގަޅުނަމަ 2 މާކްސް.
15. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި، އަބޫބަކުރުގެފާނު ކުރެއްވި ޚިދުމަތްކަކުގެ މައްޗަށް ފަސް ފޮޅުވަތަށް ވުރެ ދިގުނޫން އަދި މަދުވެގެން ދެ ކަމެއް ހިމަނައިގެން ޕެރެގްރާފެއް ލިޔާށެވެ!                                        (3 މާކްސް)
ޖ: ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އަބޫބަކުރުގެފާނު ވަނީ ދީނަށްޓަކައި ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މިގޮތުން ރަސޫލާގެ އަރިހުގައި ހިޖުރައިގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ. ރަސޫލާ އާލާސްކަންފުޅާ އޮންނަވަނިކޮށް އިމާމުވެ ނަމާދުކުރެއްވިއެވެ. ދީނަށް ގޮވާލެއްވުމުގެ މަސައްކަތުގައި ރަސޫލާގެ އަރިހުގައި ޘާބިތުވެ ހުންނެވިއެވެ. ހިޖުރަކުރެއްވުމަށްފަހު ރަސޫލާ ކުރެއްވި ހުރިހާ ހަނގުރާމައެއްގައި ބައިވެރިވިއެވެ. މަސްޖިދުއްނަބަވީ ބިނާކުރެއްވުމަށް ޚަރަދުކުރެއްވިއެވެ. މުސްލިމު އަޅުން ބައްލަވައިގެން މިނިވަންކުރެއްވިއެވެ. ހިޖްރައިން ނުވަނަ އަހަރު އަމީރުލް ޙައްޖުކަން ކުރެއްވިއެވެ. ހުރިހާ ގޮތަކުން (ޖާނާއި މާލުން) ރަސޫލާއަށް އެހިތެރިކަން ދެއްވިއެވެ.  ---------------------
* ދެ ޚިދުމަތެއް ފާހަގަކޮށްފައި ވާނަމަ ކޮންމެ ނުކުތާއަކަށް 1 މާކްސް.
* ޕެރެގްރާފެއްހެން ގުޅުވައިގެން ލިޔެފައިވާނަމަ 1 މާކްސް.          ޖުމުލަ 2 މާކްސް.

16. ޢުޘްމާނުގެފާނަކީ ދީލަތިކަމުގައި މަޝްހޫރު ބޭކެލެކެވެ. އެކަލޭގެފާނުގެ ދީލަތިކަން ހާމަވާ ދެ މިސާލު ލިޔޭ!(2 މާކްސް)
ޖ: 1. މަދީނާގައި ފެން ދަތިވެފައިވަނިކޮށް ވަޅެއް ބައްލަވައިގެން މުސްލިމުންނަށް ވަޤްފުކުރެއްވުން.  2. މަދީނާގައި ތަދުމަޑުކަމުގެ ދުވަސްވަރެއްގައި ޝާމްކަރައިން އައި އެކަލޭގެފާނުގެ ވިޔަފާރި ޤާފިލާއެއް، (ވިޔަފާރިވެރިން ބޮޑުއަގުގައި ގަންނަން ތިއްބާ) މުސްލިމުންނަށް ބައްސަވާލެއްވުން.  3. ގަނގުރާމަތަކަށް ބޮޑެތި ޚަރަދުތައްކުރެއްވުން  ------------------------
* ކޮންމެ ނުކުތާއަކަށް 1 މާކްސް.   ޖުމުލަ 2 މާކްސް.


17. ޢަލީގެފާނާއި ކީރިރި ރަސޫލާ މުޙައްމަދު އާއި ޢާއިލީގޮތުން ހުރި ގާތްކަން ބަޔާންކުރޭ!         (2 މާކްސް)
ޖ: ދެބޭންގެ ދެދަރި ދެބޭފުޅުން. / ޢަލީގެފާނުގެ ބައްޕާފުޅަކީ ރަސޫލާގެ ބޮޑުބޭބޭފުޅެކެވެ.  / އެ ދެބޭފުޅުންގެ ކާފާފުޅަކީ އެއްބޭފުޅެކެވެ (ޢަބްދުލް މުއްޠަލިބުގެފާނެވެ.)   --------------------------------------------------------------------------------------------------------------------
* ޖަވާބު ރަގަޅުނަމަ 2 މާކްސް

18. އަބޫބަކުރުގެފާނު، މުސްލިމުންގެ އެންމެ އިސް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ވަރަށް އަގުހުރި ޚުޠުބާއެއް (ސްޕީޗެއް) ދެއްވިއެވެ. އެ ޚުޠުބާގައި އެކަލޭގެފާނު ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންތައްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރެއިން 2 ކަމެއް ބަޔާންކުރޭ! 
                                                                      (3 މާކްސް)
ޖ: 1. ވެރިމީހާ ކުރާ ރަގަޅު ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލާންޖެހޭނެކަން.  2. ވެރިމީހާ ކުރާ ރަގަޅު ނޫން ކަންތައްތައް (ގޯސްކޮށް ކަމެއް ކުރާނަމަ / ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާނަމަ) ހުއްޓުވާ ރަގަޅު ގޮތް ދައްކައިދީ އަމަމަގަށް އެޅުވަންޖެހޭކަން.  3. ތެދުވެރިވުމަކީ އަމާނާތެއްކަން   4. ދޮގުހެދުމަކީ ޚިޔާނާތެއްކަން.  5. އެއްވެސް ޤައުމެއްގައި ފާޙިޝް ޢަމަލުތައް (ގޯސް ކަންތައްތައް / ނުބައިކަންތައްތައް) ފެތުރި ޢާއްމުވެއްޖެނަމަ އެބައެއްގެ މައްޗަށް ﷲ މުޞީބާތް ޢާއްމުވެދާނެކަން  ----------------------------------------------------------------------------------------------------------------------------
* އަމިއްލަ ޢިބާރާތުން ވިޔަސް މި 5 ކަންތަކުގެ ތެރެއިން 2 ކަމެއް ލިޔެފިނަމަ ކޮންމެ ކަމަކަށް 1.5 މާކްސް.
ޖުމުލަ 3 މާކްސް.

19. ދުނިޔޭގައިވާ އެންމެ މާތް ފޮތަކީ ކޮބައިކަމާއި، އެ ފޮތަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރަންވީ 2 ކަމެއް ހިމަނައިގެން، (ފަސް ފޮޅުވަތަށް ވުރެން ދިގުނޫން) ޕެރެގްރާފެއް ލިޔޭ!                                      (3 މާކްސް)
ޖ: 1. ދުނިޔޭގައިވާ އެންމެ މާތް ފޮތަކީ ކީރިތި ޤުރުއާނެވެ. 2. އެފޮތަށް ޙުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރަންވީ އެންމެ މުހިންމު އެއްކަމަކީ އެފޮތް އުނގެނި ދަސްކުރުމެވެ. 3. އަދި އެފޮތުގައި އަންގަވާފައިވާ ގޮތަށް ޢަމަލު ކުރުމެވެ. 4. މީގެ އިތުރުން ވެސް ދެ ޙަދަޘުން ތާހިރުވެހުރެ އެފޮތުގައި ބީހުމާއި، 5. ޤުރުއާން ލިޔެފައި ހުންނަ ގަނޑުތައް ބިންމައްޗަށް އުނކާނުލުން  ނުވަތަ ޑަސްބިނަށް ނޭޅުމާއި، 6. ޤުރުއާން ފޮތް (މުޞްޙަފް) ގެ މަތީގައި އެހެން ފޮތްތައް ނުބެހެއްޓުމާއި، 7. ކިޔަވަން ނޫން ގޮތެއްގައި ހުޅުވާފައި ނުބޭއްވުމާއި، 8. (ނަމާއި އެޑްރެސް ފަދަ އެއްޗެއް ފިޔަވައި އެހެން އެއްޗެއް) ޚަތިމުގައި ނުލިޔުން ފަދަ ކަންތައްތައް ހިމެނެއެވެ.
* މި ފަދަ 2 ކަމެއް ހަމަނައިގެން ޕެރެގްރާފެއް ގޮތަށް ލިޔެފައިވާނަ ކޮންމެ ކޮންމެ ކަމަށް 1.5 މާކްސް. (ޖުމުލަ 3 މާކްސް)
* ޕެރެގްރާފަކަށް ނުވާގޮތަށް 2 ކަމެއް (ޕޮއިންޓް ފޯމަށް) ލިޔެފައިވާނަމަ ކަމަކަށް 1 މާކްސް (ޖުމުލަ 2 މާކްސް)


20. ރިވެތި އަޚްލާޤް ކަމަށް ބެލެވޭ ދެ ކަމެއް ލިޔޭ!                                   (2 މާކްސް)
ޖ: 1. ބޮޑެތި މީހުންނާ ވާހަކަދައްކާއިރު މާތްބަހުން، އިޙްތިރާމާއެކު ވާހަކަދެއްވުން، 2. ގާތްތިމާގެ މީހުންނާއި، އަވައްޓެރީންނާއި، ފަޤީރުންނަށް އަޅާލައި އެހީތެރިވުން. 3. ރަގަޅު ކަންކަމުގައި މުރާލިވުން (ހީވާގިވުން) 4. ނިޢުމަތަށް ޝުކުރުވެރިވުން، 5. ކެތްތެރިވުން، 6. އަމާނަތްތެރިވުން،  7. ޢަދުލު އިންސާފުން ކަންތައްކުރުން 8. ތެދުވެރިވުން،  9. ދީލަތިވުން،  10. އަމިއްލަކަންތައްތަކަށްވުރެން އެހެން މީހުންނަށް އިސްކަންދިނުން، 11. ހިތްތިރިވުން،  ------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
* ރިވެތި އަޚްލާޤް ކަމަށް ބެލެވޭ ކޮންމެ ދެ ކަމެއް ލިޔުނަސް ކޮންމެ ކަމަކަށް 1 މާކްސް،  ޖުމުލަ 2 މާކްސް.

21. ހުރިހާ އިންސާނުންނަކީ އެއްގޮތަކުން ހަމަހަމަ ބައެކެވެ. އަނެއް ގޮތަކުން ބަލާއިރު ހަމަހަމަ ބައެއް ނޫނެވެ. ނަޞްލީ ތަފާތުތަކާއި ނިސްބަތްވާ ޤައުމުގެ ތަފާތުތަކާއި، ދޮނާއި ކަޅުގެ ތަފާތުތަކާއި، ޖިންސުގެ ތަފާތުތަކާއި އަދި މިނޫނަސް ވަރަށް ގިނަ ތަފާތުތައް ހުރެއެވެ. އިސްލާމްދީން ދެކޭ ގޮތުގައި މިފަދަ ކަންކަމަކީ އެއްބަޔަކަށް ވުރެ އަނެއްބަޔަކު މަތިވެރިވާ ނުވަތަ ނިކަމެތިވާ ސަބަބުތަކެއް ނޫނެވެ.
(ހ). އިންސާނުންގެ ހަމަހަކަމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރު ހާމަވާ، ކީރިތި ރަސޫލާގެ ބަސްފުޅެއްގެ މާނަ ލިޔާށެވެ!      (2 މާކްސް)
ޖ: 1. "ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވިޔަސް އެކަމަނާގެ އަތްޕުޅުވެސް ކަޑުއްވާހުށީމެވެ."  2. "މީސްތަކުން ފުނަލުގެ ދަތްތައް ފަދައިން ހަމަހަމައެވެ." ------------------------------------------------------------------------
* މިއިން ކޮންމެ މާނައެއް ލިޔުނަސް (ޢިބާރާތް ހަމަޖެހޭނަމަ)  2 މާކްސް.

1.      (ށ). މުޖުތަމައެއްގައި އުޅޭ މީހުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެ ދެ ކަމެއް ބަޔާންކުރާށެވެ!     (2 މާކްސް)
ޖ: 1. އިޖުތިމާޢީ ކަންކަމުގައި ބައިވެރިވުން،  2. ޢިލްމު އުނގެނުން،  3. ވިޔަފާރިކުރުން،  4. އަޅުކަންކުރުން  5. ތިމާގެ އަމިއްލަ ތަކެތި ތިމާއށް މިލްކުކުރުން،  6. ހުއްދަ ވަޞީލަތްތަކުން އާމްދަނީ ހޯދުމަށް މަސައްކަތްކުރުން،  7. (އިސްލާމްދީނާއި ޚިލާފުނުވާ ގޮތަށް) ޚިޔާލު ފާޅުކުރުން.    --------------------------------------------------------------------------------------------------------
* މިއިން ކޮންމެ ދެ ކަމެއް ލިޔުނަސް ކޮންމެ ކަމަކަށް 1 މާކްސް    ޖުމުލަ: 2 މާކްސް.


22. ޠާރިޤަކީ މަދްރަސާއެއްގެ ގްރޭޑް 7 ން ތަޢުލީމު ޙާޞިލްކުރަމުންދާ ކުއްޖެކެވެ. އެއްފަހަރަކު އޭނާ މަގުމަތީން ދަނިކޮށް ހިނގާފައި ދިޔަ އެހެން މީހެއްގެ ޖީބުން 5 ރުފިޔާ ބިންމައްޗަށް ވެއްޓުނު ތަން ފެނުނެވެ. އެމީހާއަކަށް އެކަމެއް ނޭގެއެވެ. އެހެންކަމުން ޠާރިޤް އެ ފައިސާ ނަގައިގެން ގޮސް އެމީހާއަތަށް ދިނެވެ. އެމީހާ މިކަމާ ވަރަށް އުފާކުރިއެވެ. އަދި ޝުކުރުއަދާކުރުމަށްފަހު އެމީހާ ބުންނެވެ. ކޮއްކޮ ހާދަ ރަނގަޅެވެ. އަދި ޠާރިޤަށް ރަޙްމަތްލެއްވުން އެދި ދުޢާކުރިއެވެ. އެއަށްފަހު އެމީހާ ޠާރިޤަށް ހަދިޔާއެއްގެ ގޮތުން 50 ރުފިޔާ ވެސް ދިނެވެ. ހ). ބަޔާންވެދިޔަ ޙާދިޘާގައި ހިނގާފައި ދިޔަ މީހާގެ ކިބައިގައި ހުރި އަޚްލާޤީ ގޮތުން ރަނގަޅު ދެ ކަމެއް ލިޔޭ!
                                                             (2 މާކްސް)
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------





ޠާރިޤް ޢަމަލުކުރި ގޮތް ރަގަޅެވެ. / ޠާރިޤަކީ ވަރަށް އަޚްލާޤް ރަގަޅު ކުއްޖެކެވެ. /
ށ). ޠާރިޤް ޢަމަލުކުރި ގޮތާއިމެދު ތިޔަ ދައިވަރުގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟                     (2 މާކްސް)
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

އިންސާނުންނަށްޓަކައި ﷲ ތަޢާލަ މި ދުނިޔޭގައި ލައްވާފައިވާ، ޢަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން ބައެއް ނިޢުމަތްތައް، އަހަރެމެންގެ ހަށިގަޑަށާއި ވަށައިގެންވާ މާޙައުލަށް ބަލާލުމުން ފެންނާން އެވެ. ވީމާ އޭގެ ތެރެއިން ހަތަރު ނިޢުމަތެއް ފާހަގަކޮށް ލިޔާށެވެ!

އދ. މަޖިލިހުގައި ވީޓޯކުރުމުގެ ބާރު ލިބިގެންވަނީ އެމެރިކާއާއި، އިގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޗައިނާއާއި، ރަޝިޔާއަށެވެ. ކިތައްމެ ރަނގަޅު ކަމަކަށް ދުނިޔޭގެ ހުރިހާ ޤައުމުތަކުން އެއްކޮޅަކަށް ވޯޓް ދީފައިވަނިކޮށް ވެސް ވީޓޯކުރުމުގެ ބާރު ލިބިފައިވާ އެންމެ ޤައުމަކުން އިދިކޮޅަށް ވޯޓް ދީފިނަމަ ވެސް އެހެން ހުރިހާ ޤައުމުތަކުން ބޭނުންވާ ގޮތަކަށް އެކަމެއް ފާހެއް ނުވާނެއެވެ. މި ވާހަކަކޮޅުން ތިޔަ ދަރިވަރަށް ފާހަގަވި އިންސާނުންގެ ހަމަހަމަކަމާއި ޚިލާފު ކަމަކީ ކޮބާ؟ އަދި އިންސާނުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އިސްލާމްދީން ބާރުއަޅާ މިންވަރު ހާމަވާ -----------------
މި ވާހަކަކޮޅުން ކިޔާލުމުން އިންސާނުންގެ މެދުގައި މިހާރުވެސް ތަފާތުކުރުންތައް އެބައޮތްކަން ހާމަވެއެވެ. މިގޮތުން ތިޔަ ދަރިވަރަކީ ދުނިޔޭގެ ލީޑަރަކަށް ވެއްޖެނަމަ، ރަނގަޅުކުރަންޖެހޭ ކަމަށް އިސްވެދިޔަ ވާހަކަކޮޅުން ފާހަގަވި ކަމެއް ބަޔާންކުރާށެވެ!

6. އަހަރެމެން ދައްކާ ކޮންމެ ވާހަކައެއްވެސް ތެދުބަހުން ބުނުމަށާއި، ކުރާ ކޮންމެ ކަމެއްވެސް ރަނގަޅަށް (މަކަރު ނަހަދާ) ކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެއީ ކިތައްމެ ސިއްރުން އެކަންތައް ކުރިކަމުގައި ވިޔަސް އަދި ކިތައްމެ ވަރަކަށް މީހުންނަށް އޮޅުވާލިއަސް އެއްވެސް ކަމެއް ﷲ އަށް ސިއްރެއް ނުވާނެތީއެވެ. އަދި އެކަންކަމުގެ ޙައްޤު ޖަޒާ ޤިޔާމަތްދުވަހުން ﷲ ތަޢާލާ އެމީހަކަށް ދެއްވާނެތީއެވެ. ވީމާ، ﷲ އަށް ލިބިވޮޑިގެންވާ ސިފަފުޅުތަކުގެ ތެރެއިން ކަންތައްތައް ﷲ އަށް ސިއްރުނުވަނީ ކޮން ދެ ސިފަފުޅެއް އެކަލާނގެއަށް ލިބިވޮޑިންވާތީ ހެއްޔެވެ؟      (2 މާކްސް)
ޖ: ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ﷲ އަށް ލިބިވޮޑިގެންވާ ހުރިހާ ސިފަފުޅުތަކަކީ ވެސް ވަރަށް ފުރިހަމަ ސިފަފުޅުތަކެކެވެ. އޭގެ ތެރެއިން ދެ ސިފަފުޅެއް ބަޔާންކުރާށެވެ!     (2 މާކްސް)
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

-
މުސްލިމުން ހީވާގިވެ، މުރާލިވުމަށް ބާރުލިބޭ އެންމެ ޚާއްޞަ އަޅުކަމަކީ ކޮބައިކަން ސަބަބާއެކު ބަޔާންކުރޭ! (2.5 މާކްސް)
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ * لِّلسَّائِلِ وَالْمَحْرُومِ * "އަދި، އެބައިމީހުންނީ ސުވާލުކޮށް، އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެބައިމީހުންގެ މުދަލުގައި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ." މި އާޔަތުން ދޭހަވާ ކަމަކީ ކޮބާ؟ (3 މާކްސް)
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

ޢުމަރުގެފާނަށް "އަލްފާރުޤު" ގެ ލަޤަބު ލިބި ވަޑައިގެންނެވީ ކޮން ކަމަކާ ގުޅިގެންކަން ބަޔާންކުރާށެވެ. (3 މާކްސް)
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

No comments:

Post a Comment