v
ފުރަތަމަބައި(16 މާކުސް)
އެންމެ ރަނގަޅު ޖަވާބުގައި ރަނގަޅު
ފާހަގަ (P) ލާށެވެ! (16 މާކްސް)
1. ރިބާއަކީ؛
ހ. އިސްމާމްދީނުގައި ހުއްދަ
މުޢާމަލާތެކެވެ
ށ. އިސްމާމްދީނުގައި ޙަރާމް
މުޢާމަލާތެކެވެ
ނ. އިސްމާމްދީނުގައި މަކްރޫހަ
މުޢާމަލާތެކެވެ 2. އަދާއަށްކުރާ ހަތަރު ރަކްޢަތުގެ ނަމާދަކަށް ވުން، އެއީ:
ހ. އިސްކޮށް ޖަމްޢުކުރުމުގެ ޝަރުޠެކެވެ.
ށ. ފަސްކޮށް ޖަމްޢުކުރުމުގެ ޝަރުޠެކެވެ.
ނ. ނަމާދު ޤަޞްރުކުރުމުގެ ޝަރުޠެކެވެ.
3. ބޮޑެތި
ޖަމާޢަތްތަކަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ؛
ހ. ވާޖިބެކެވެ.
ށ. ސުންނަތެކެވެ.
ނ. މަކްރޫހަކަމެކެވެ. 4. މަންމަގެ
ޙައްޤު، ބައްޕަގެ ޙައްޤަށްވުރެ ތިން ގުނަ އިތުރުވެގެންވާކަން އެނގެނީ؛
ހ. ކީރިތި ޤުރުއާނުންނެވެ.
ށ.ޤުރުއާނާއި ސުންނަތުންނެވެ.
ނ.ކީރިތި ރަސޫލާގެ ބަސްފުޅުންނެވެ.
5. ބޮޑާކަމުގެ
އިދިކޮޅު ސިފަޔަކީ؛
ހ. ތަވާޟުޢުވެރިކަން
ށ. ތެދުވެރިކަން
ނ. އިޚްލާޞްތެރިކަން 6. އެންމެ ފުރަތަމަ
ކީރިތި ރަސޫލާ ކައިވެނިފުޅުބެއްލެވީ؛
ހ. ޚަދީޖަތުގެފާނާއެވެ.
ށ. މައިމޫނާގެފާނާއެވެ.
ނ. ޢާއިޝަތުގެފާނާއެވެ.
7. މުސައިލަމަތުލް
ކައްޒާބަކީ:
ހ. ޙަޟަރަމައުތަށް ނިސްބަތްވާ
ދޮގުވެރިއެކެވެ.
ށ. ޘަޤީފުވަންހައަށް ނިސްބަތްވާ
ދޮގުވެރިއެކެވެ.
ނ. ބަނޫ ޙަނީފާއަށް ނިސްބަތްވާ
ދޮގުވެރިއެކެވެ. 8. ޢާމުލް ވުފޫދަކީ:
ހ- ހިޖުރައިން 10 ވަނަ އަހަރެވެ.
ށ- ހިޖުރައިން 11 ވަނަ އަހަރެވެ.
ނ- ހިޖުރައިން 12 ވަނަ އަހަރެވެ.
9. وَإِنَّكَلَعَلَىخُلُقٍعَظِيمٍމި އާޔަތުން އެނގެނީ:
ހ-ކީރިތި ރަސޫލާގެ ކިބައިގައި ހުރިހާ
ރިވެތި އަޚްލާޤު ވާކަމެވެ.
ށ- ނޫޙުގެފާނަކީ ޝުކުރުވެރިވުންގިނަ
ބޭކަލެއްކަމެވެ.
ނ- ސުލައިމާނުގެފާނުގެ
ޙިކްމަތްތެރިކަމެވެ. 10. "އުއްމުލް މަސާކީން" ގެ ނަމުން
މަޝްހޫރުވެފައިވާ، ކީރިތި ރަސޫލާގެ އަނބިކަނބަލަކީ:
ހ- ޢާއިޝާ ބިންތި އަބީ ބަކުރެވެ.
ށ- ޒައިނަބް ބިންތި ޖަޙްޝެވެ.
ނ- ޒައިނަބު ބިންތި ޚުޒައިމާއެވެ.
11. ﷲ ގެ އަމުރުފުޅަށް ކީރިތި ރަސޫލާ ކައިވެނިފުޅު ބައްލަވައިގަތް އަނބިކަނބަލަކީ:
ހ. ރަމްލާ ބިންތި އަބީސުފްޔާނެވެ.
ށ. ޒައިނަބް ބިންތި ޖަޙްޝެވެ.
ނ. ހިންދު ބިންތި އަބީ އުމައްޔާއެވެ.
12. މަރުވެފައިވާ، ތިމާގެ އަޚާގެ މުޅަމަސް ކެއުމާއި އެއްފަދަކުރައްވާފައިވާ
ކަމަކީ:
ހ. ޙަސަދަވެރިވުމެވެ.
ށ. ބޮޑާވުމެވެ.
ނ. ޣީބަބުނުމެވެ.
13. މުވާލާތުކުރުމަކީ ހިނެއުމުގެ:
ހ. ސުންނަތެކެވެ.
ށ. ވާޖިބެކެވެ.
ނ. ޞައްޙަވުމުގެ ޝަރުޠެކެވެ. 14. ޢަޞްރު
ނަމާދާއެކު ޖަމްޢު ކުރެވޭނީ:
ހ. މަޣްރިބުނަމާދެވެ.
ށ. މެންދުރުނަމާދެވެ.
ނ. ޢިޝާނަމާދެވެ.
15. ޒަކާތުގެ ޙައްޤުވެރިން ނުވަތަ ބެހެނިވެރިންގެ ގޮތުގައި ތައުބާ ސޫރަތުގެ 60
ވަނަ އާޔަތުގައި އަންގަވާފައިވަނީ:
ހ. 6 ފަރާތެކެވެ.
ށ. 7 ފަރާތެކެވެ.
ނ. 8 ފަރާތެކެވެ. 16. އަގެއް ހުރި
އެއްޗެއް ޝަރުޢީ ހަމަތަކުގެ މަތީން، ބަދަލުގައި އަގެއް ލިބޭ ގޮތަށް
މިލްކުކޮށްދިނުމަކީ:
ހ. ޢާރިޔާއެވެ.
ށ. ކުއްޔަށްދިނުމުވެ.
ނ. ވިޔަފާރިއެވެ.
1 2 3 4 5 6 7 8 9 10 11 12 13 14 15 16
ޖަވާބުގެ އަކުރު ށ ނ ށ ނ ހ ހ ނ ހ ހ ނ ށ
ނ ހ ށ ނ ނ
v
ދެވަނަބައި(13މާކުސް)
(ހ).
ތިރީގައިވާ އާޔަތްތަކާއި އޭގެ މާނަ އާޔަތަށް ދީފައިވާ ނަމްބަރު ޖަހައިގެން
ގުޅުވާށެވެ! (5 މާކްސް)
1 ثُمَّ
كَلَّا سَوْفَ تَعْلَمُونَ
2 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقينކަމުގެއެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.
2 كَلَّا
لَوْ تَعْلَمُونَ
عِلْمَ الْيَقِينِ
1 ދެންވެސް، ހަމަހިލާ އެހެންނަކުން
ނުވާނެއެވެ.ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
3 إِنَّ
الْإِنسَانَ
لَفِي خُسْرٍ 3 ހަމަކަށަވަރުން، އިންސާނާ
ވަނީ،ގެއްލުމެއްގައިކަން ކަށަވަރެވެ.
4 وَلَا
يَغْتَب بَّعْضُكُم
بَعْضًا 5 ހަމަކަށަވަރުން ޝުކުރުވެރިވާ އަޅަކު
ކަމުގައި ކަލޭގެފާނު ވިއެވެ.
5 إِنَّهُ
كَانَ عَبْدًاشَكُورًا
4 އެއްބަޔަކު އަނެއް ބަޔަކަށް
ޣީބަނުބުނާށެވެ.
(ށ).
ތިރީގައިވާ ވަޤުފުގެ ޢަލާމާތްތަކުގެ ނަމާއި ޙުކުމް ބަޔާންކުރާށެވެ! (3
މާކްސް)
ވަޤްފުގެ ޢަލާމާތް ވަޤުފުގެ ނަން ޙުކުމް
(ތަފްޞީލުކޮށް)
ޖާއިޒު ހުއްޓުމާއި ނުހުއްޓުން
(ވަޤުފުކުރުމާއި ނުކުރުން) ހަމަހަމަ.
ލާޒިމު ހުއްޓަންޖެހޭ
(ވަޤުފްކުރަންޖެހޭ).
ޖާއިޒު ނުހުއްޓާ ކިޔުން ހުއްދަ ނަމަވެސް
ހުއްޓުން އައުލާކަން ބޮޑު. (ވަޤުފުކުރުން އެދެވިގެންވާ)
(ނ).
ތިރީގައިވާ ﷲ ގެ އިސްމުފުޅުތަކާއި އެ އިސްމުފުޅުތަކުން ދޭހަވާ ސިފަފުޅާއި
ގުޅުވާށެވެ! (5 މާކްސް)
1 السَّمِيْعُ 3
ފެށުމެއްނެތި އިސްވެވޮޑިގެންވުން
2 الْبَصِيْرُ 2 މޮޅަށް
ބައްލަވާވޮޑިގެންވުން
3 الْأَوَّلُ 5
ހެކިތަކުން ފާޅުވެވޮޑިގެންވުން
4 الْحّيُّ 1 މޮޅަށް
އައްސަވާވޮޑިގެންވުން
5 الظَّاهِرُ 4
ދިރިދެމިވޮޑިގެންވުން
v
ތިންވަނަބައި(22މާކުސް)
(ހ).
ތިރީގައިވާ ކަންތައްތަކުގެ ޙުކުމް ބަޔާންކުރާށެވެ!
(6 މާކްސް)
1. ކަށުނަމާދުގައި
ހަތަރު ތަކުބީރު ކިޔުމަކީ ފަރުޟެކެވެ
2. ފަރުޟު
ހިނެއުމަކަށް ހިނައިގަންނަ މީހާ ޢުޒުރަކާ ލައިގެން ނޫނީ އެހެން މީހަކު ލައްވާ
ހިނައިގަތުމަކީ މަކްރޫހަކަމެކެވެ.
3. ފަރުޟު
ހިނެއުމަކަށް ހިނައިގަންނަނަމަ ފެށުމުގެ ކުރިން ވުޟޫކުރުމަކީ ސުންނަތެކެވެ.
4. ބޮޑު
ޙަދަޘް ވެރިވެފައިވާ މީހާ ހިނައިނުގަނެ ނަމާދުކުރުމަކީ ނުވަތަ ޠަވާފުކުރުމަކީ
ޙަރާމްކަމެކެވެ.
5. މުޅި
ހަށިގަނޑުގެ ބޭރުފުށުގައި ފެންޖެއްސުމަކީ ހިނެއުމުގެ ފަރުޟެކެވެ.
6. ހުއްދަ
ދަތުރެއްގެ މަތީގައި ހުންނަ މީހާ ނަމާދުގެ ހަތަރު ރަކްޢަތް ހަމައަށް ކުރުމަކީ ހުއްދަ
ކަމެކެވެ.
(ށ).
ތިރީގައިވާ ދުޢާއާއި، ދުޢާގެ މާނަ އަދި ޖުމުލަތައް ގޮޅީގައިވާ ބަސްތަކުގެ ތެރެއިން
ބަސްތަކެއް ލައިގެން ފުރިހަމަކުރާށެވެ! (10 މާކްސް)
ސާފުތާހިރުވާ
،ތިމާއަކީ މާމޮޅު މީހެއްކަމުގައި
،ގާތްތިމާގެކަމުގެ ގުޅުން
اغْفِرْلَنَا،
بَعْدَهُ ، تَحْرِمْنَا،
ޢަބްދުއް ﷲ
، އިބްރާހީމް
،ދަރަޖަ މަތިވެރި
ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް
،މައްޔިތާގެ މައްޗަށް ،ފާފަ ފުއްސަވާނދޭވެ! ،ސޫރަތުލްފާތިޙާ
1. اللَّهُمَّ لاَ
تَحْرِمْنَا
أَجْرَهُ وَلاَ تَفْتِنَّا
بَعْدَهُوَاغْفِرْلَنَاوَلَهُ
2. އަޅުގެވެރިރަސްކަލާކޮ!މިއަޅާގެމިއަޅާގެ
ފާފަ ފުއްސަވާނދޭވެ!އަދި މިއަޅާއަށް ރަޙްމަތްލައްވާނދޭވެ! އަދި (ހަވާނަފްސުގެ
އެދުންތަކާއި ޝައިޠާނުގެ ވަސްވާހުގެ މައްޗަށް) މިއަޅާއަށް ގަދަކަން
ދެއްވާނދޭވެ!އަދި މިއަޅާގެ އަދި މިއަޅާގެ ދަރަޖަ
މަތިވެރިކޮށްދެއްވާނދޭވެ!ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ރިޒްޤު ތަނަވަސްކޮށްދެއްވާނދޭވެ!
އަދި މިއަޅާ ހިދާޔަތުގެ ތެދުމަގުގައި ޘާބިތުކޮށްދެއްވާނދޭވެ! އަދި މިއަޅާގެ
ކުށްފާފަތައް (މިއަޅާއަށް) ޢަފޫކޮށްދެއްވާނދޭވެ!
3. ކަށުނަމާދުގެ
ފުރަތަމަ ތަކްބީރަށް ފަހު ސޫރަތުލްފާތިޙާ ކިޔަވާނީއެވެ.ކިޔަވާނީއެވެ.އެއަށްފަހު
ދެވަނަ ފަހަރަށް ޙަރަމްބަނދެ ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް
ކިޔަވާނީއެވެ.ކިޔަވާނީއެވެ.ދެން ތިންވަނަ ފަހަރަށް ޙަރަމްބަނދެގެން ހުރެ
މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކުރާނީއެވެ.ހެޔޮ ދުޢާކުރާނީއެވެ.އެންމެ ފަހުން
ހަތަރުވަނަ ފަހަރަށް ޙަރަމް ބަނުމަށްފަހު ސަލާމްދޭނީއެވެ.
4. ކީރިތި
ރަސޫލާގެ ދަރިކަލުން އިބްރާހީމް ގެ މަންމާފުޅަކީ ކީރިތި ރަސޫލާއަށް
މިޞްރުގެ ރަސްގެފާނު މުޤައުޤިސް ވެދުންކުރެއްވި މާރިޔަތުލް ޤިބްޠިއްޔާއެވެ.
5. ތައުބާވާ
މީހުންދެކެ ﷲ ލޯބިވެވޮޑިގެންވާ ފަދައިންސާފުތާހިރުވާ
.މީހުންދެކެވެސް ﷲ ލޯބިވެވޮޑިގެންވެއެވެ.
6. ކިބުރުވެރިކަމަކީތިމާއަކީ
މާ މޮޅު މީހެއްކަމުގައި ދުށުމެވެ. ހީކުރުމެވެ.
(ނ).
ތިރީގައިވާ ޖުމުލަތައް، ތެދު ޖުމުލަތަކަށް ހެދުމަށްޓަކައި ގޮޅިތެރޭގައިވާ
ނަންތަކުގެ ތެރެއިން ނަމެއް ލިޔެގެން ޖުމުލަތައް ފުރިހަމަކުރާށެވެ!(6 މާކްސް)
ޚަދީޖާ ބިންތި ޚުވައިލަދު // މައިމޫނާ ބިންތި އަލްޙާރިސް // ޒައިނަބު ބިންތި ޚުޒައިމާ
ހިންދު ބިންތު އަބީ އުމައްޔާ // ނޫޙް ޢަލައިހިއްސަލާމް // މުޙައްމަދުގެފާނު
1. ކީރިތި
ރަސޫލާގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް
އެހީތެރިވެދެއްވުމުގައި މަޝްހޫރު
އަނބިކަނބަލަކީޒައިނަބު ބިންތި ޚުޒައިމާއެވެ.
2. އެންމެ
ފަހުން ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންނެވި އަނބި ކަނބަލަކީމައިމޫނާ ބިންތި
އަލްޙާރިސްއެވެ.
3. ރަސޫލާގެ
އަނބި ކަނބަލެއްކަމުގައިވާ އުއްމު ސަލްމާގެ އަޞްލުނަންފުޅަކީ ހިންދު ބިންތު އަބީ
އުމައްޔާއެވެ.
4. "ކަލޭގެފާނަކީ ނިކަމެތީންނަށް އެހީވެވަޑައިގަންނަވާ އަދި ގާތްތިމާގެ ކަމުގެ
ގުޅުން ދެމެހެއްޓެވުން ފަދަ ރިވެތި އަޚްލާޤުގެ
ވެރިއެކެވެ. ﷲ ކަލޭގެފާނަށް ދެރަގޮތެއް
މެދުވެރިއެއް ނުކުރައްވާނެއެވެ." މިފަދައިން ކީރިތި ރަސޫލާގެ އަރިހުގައި
ވިދާޅުވީ
ޚަދީޖާ ބިންތި ޚުވައިލަދުއެވެ.
5. "ހަމަކަށަވަރުން ޝުކުރުވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނު ވިއެވެ."
މިފަދައިން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައި
ނޫޙު ޢަލައިހިއްސަލާމްއަށް ތަޢުރީފާއި
މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފައި ވެއެވެ.
6. "އަލްއަމީން" ގެ ލަޤަބު މައްކާގެ މުޝްރިކުން އަރުވާފައިވާ ބޭކަލަކީ މުޙައްމަދުގެފާނު އެވެ.
v
ހަތަރުވަނަބައި(49މާކުސް)
އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!
1. އިޢާދާކުރުމުގެ
އިސްޠިލާޙީ މާނައަކީ ކޮބައިހެއްޔެވެ؟(2މާކްސް)
ޤުރުއާން ކިޔަވާ ހިނދު ނޭވާލުމަށްޓަކައި
ހުއްޓާފައި ފަށާއިރު އެ ހުއްޓި ކަލިމައިގެ ކުރިން ފަށައިގެން ކިޔެވުމެވެ.
2- މާތް ﷲ
އަށް ލިބިވޮޑިގެންވަނީ ކޮންކަހަލަ ސިފަފުޅުތަކެއް ހެއްޔެވެ؟ އަދީ މަޚްލޫޤުންނަށް
ލިބިގެންވަނީ ކޮންކަހަލަ ސިފަތަކެއް ހެއްޔެވެ؟ (2 މާކްސް)
ﷲ އަށް
ލިބިވޮޑިގެންވަނީ ފުރިހަމަ ސިފަފުޅުތަކެކެވެ. އަދި މަޚްލޫޤޫންނަށް ލިބިގެންވަނީ އުނި
ސިފަތަކެކެވެ.
3- ر
ގެ ޙުކުމް ބެހިގެންވާ ބައިތަކަކީ ކޮބާ؟
(2މާކްސް)
ބަރުކޮށް ކިޔުމާއި، ލުއިކޮށް
ކިޔުން
4. އިސްލާމީ
ޢަޤީދާއަކީ ދީނީގޮތުން ކޮންމެހެން ޤަބޫލުކުރަންޖެހޭ ކަންތައްތައް އެއްވެސް
ޝައްކެއްނެތި ޤަބޫލުކުރުމެވެ. މިގޮތުން އިސްލާމީ ޢަޤީދާގެ ތެރޭގައި ހިމެނޭ
ދެކަމެއް ބަޔާންކުރާށެވެ! (3މާކްސް)
ޖ: 1. ﷲ އަށް އީމާންވުން 2.
މަލާއިކަތުންނަށް އީމާންވުން 3. ރަސޫލުބޭކަލުންނަށް އީމާންވުން 4. (ބާވައިލެއްވި)
ފޮތްތަކަށް އީމާންވުން 5. އާޚިރަތްދުވަހަށް އީމާންވުން 6. މިންވަރަށް އީމާންވުން
7. ނަރަކަޔާއި ސުވަރުގެ ވާކަން ޤަބޫލުކުރުން 8. މަރުވުމަށްފަހު އަލުން
ދިރުއްވޭނެކަން ޤަބޫލުކުރުން 9. ހިސާބުބެއްލެވޭނެކަން ޤަބޫލުކުރުން ............
5. ﷲ ގެ ޒާތުފުޅުގައި ހުރުން ލާޒިމު ސިފަފުޅުތަކުގެ ތެރެއިން ތިން ސިފަފުޅެއް
ލިޔާށެވެ! (3މާކްސް)
1. ވޮޑިގެންވުން.
2. އެއްކައުވަންތަކަން، 3. ކުޅަދުންވަންތަކަން، 4. ދެނެވޮޑިގެންވުން، 5. ދިރިދެމިވޮޑިގެންވުން، 6. އައްސަވާވޮޑިގެންވުން، 7. ބައްލަވާވޮޑިގެންވުން .............
6. ބައެއް
އިންސާނުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކާއި އެފަދަ އެހެން ތަކެއްޗަކީ
އަޅުކަންކުރުން ޙައްޤުވެގެންވާ ތަކެތި ނޫންކަމާއި، އަޅުކަންކުރުން ޙައްޤުވެގެންވާ
ފަރާތަކީ ހަމައެކަނި މާތް ﷲ ކަން ބަޔާންކޮށް3 ފޮޅުވަތަށްވުރެން ކުރުނޫން އަދި 5
ފޮޅުވަތަށްވުރެން ދިގުނޫން ބަޔާނެއް ސަބަބާއެކު ލިޔާށެވެ! (4މާކްސް)
ޖަވާބުގައި ހިމެނިދާނެ ބައެއް
ނުކުތާތައް: 1. ﷲ ފިޔަވައި ކޮންމެ އެއްޗަކީ އެހެން ފަރާތްތަކުގެ އެހީއަށް ބޭނުންވާ
އަދި ﷲ ގެ އެހީއާއި ނުލައި އުޅެވޭނެ އެއްޗެއް ނޫންކަން 2. ﷲ ފިޔަވައި އެހެން
ކޮންމެ އެއްޗެއް ނެތި ފަނާވެދާނެކަން 3. ﷲ އީ އަވަހާރަވުމެއްނެތި އަބަދާ އަބަދު
ދިރިދެމިވޮޑިގެންވާ ފަރާތްކަމާއި، އިންސާނުންނާއި އެހެނިހެން މަޚްލޫޤުންނަށް
ރިޒުޤްދެއްވަނީ ﷲ ކަމާއި، ﷲ އިރާދަކުރެއްވި ކަމެއް މެނުވީ އެއްވެސް އެއްވެސް
އެއްޗަކަށް ނުކުރެވޭކަމާއި، (ކޮންމެ ކޮޅަކަށް މިފަދަ ސަބަބެއް ބަޔާންކޮށް ލިޔެފިނަ
5 މާކްސް)
7. ދަތުރެއްގެ
މަތީގައި ހުންނަ މީހާވެސް ފަރުޟު ނަމާދެއް ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ.
މިގޮތުން އެފަދަ ޢުޛުރުވެރީންނަށް ވެސް ނަމާދުކުރެވޭނެ ލުއިފަސޭހަ ގޮތްތަކެއް މާތް
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކަނޑައަޅުއްވާ އަންގަވާފައެވެ. ވީމާ، އެފަދަ
ލުއިފަސޭހަތަކުގެ ތެރެއިން ދެ ކަމެއް ބަޔާންކުރާށެވެ!(3މާކްސް)
1. ނަމާދު
ޤަޞްރުކުރުން، 2. ނަމާދު ޖަމްޢުކުރުން، 3. ޚުއްފުގައި ފެންފުހުން (ތިން ދުވަހުގެ
މުއްދަތަށް)
8. ޙައިޟުވެރިޔާއަށް
ޙަރާމްވާތިން ކަމެއް ލިޔާށެވެ! (3މާކްސް)
. ފޫޅާއި
ކަކުލާއި ދެމެދުން އަރާމެއް ލިބިގަތުން، 2. ރޯދަހިފުން، 3. މިސްކިތަށް ވަނުން. 4.
ނަމާދުކުރުން. 5. ޠަވާފުކުރުން 6. ޤުރުއާން ކިޔެވުން
7. ޤުރުއާނުގައި (ޚަތިމުގައި) ބީހުން /
އަތްލުން / އުފުލުން)
9. މުސްލިމު
މައްޔިތާ ހިނެވުމަކީ ދިރިތިބި މުސްލިމުންގެ މައްޗަށް ކިފާޔަތުގެ ފަރުޟެކެވެ. މީގެ
އިތުރުން ދިރިތިބި މުސްލިމުންނަށް (އެމީހަކު އަމިއްލައަށް) ހިނައިގަތުން ވާޖިބުވާ ކަންތައްތަކެއް
ވެއެވެ. އޭގެތެރެއިން ދެ ކަމެއް ބަޔާންކުރާށެވެ! (2މާކްސް)
1. ޖިމާޢުވުން،
2. މަނިބޭރުވުން، 3. ޙައިޟުވުން، 4. ނިފާސްވުން (ފުރަތަމަ އޮތް ދެކަމަކީ
ޖުނުބުވެރިވުން)
10. ޣީބަބުނުމަކީ ކޮބައިހެއްޔެވެ؟ (2މާކްސް)
އެއީ، މީހުން ނެތް ތަންތަނުގައި މީހުންގެ
ކިބައިގައި ހުންނަ ނޭދެވޭ ސިފަތަކުގެ ވާހަކަދެއްކުމެވެ.
11. ހާޝިމް ހުރީ ޖުނުބުވެރިވެފައެވެ. މިޙާލަތުގައި ހުއްޓާ މެންދުރު ނަމާދަށް
ބަންގި ގޮވައިފިއެވެ. ބަންގީގެ އަޑު އިވުމާއެކު އޭނާ އަވަސްވެގަތީ
ހިނައިގަތުމަށެވެ. ސަބަބަކީ ނަމާދު ވަގުތު ފާއިތުވުމުގެ ކުރިން، ޖުނުބުވެރިޔާ
ހިނައިގަތުމަކީ ވާޖިބެއްކަން އޭނާއަށް އެނގޭތީއެވެ. ނަމަވެސް ހިނައިގަންނާނެ ގޮތް
އެހައި ރަނގަޅަށް އޭނާއަކަށް ނޭނގެއެވެ. އެހެން ކަމުން ހިނައިގަންނާނެ ގޮތް
އޮޅުންފިލުވުމަށް (ދީނީ ކަންތައްތައް ރަނގަޅަށް ދަންނަ) އޭނާގެ ރައްޓެއްސެއް
ކުރެން އެހިއެވެ. ވީމާ، ތިޔަ ދަރިވަރަކީ ހާޝިމުގެ ރައްޓެހިމީހާ ކަމަށް
ހީކޮށްލާށެވެ. އަދި ހިނައިގަންނާނެ އެންމެ ރަނގަޅު ގޮތް ހާޝިމަށް
ބުނެދޭށެވެ!(4މާކްސް)
1- ށ.
(އެންމެ ފުރަތަމަ) ހަށިގަޑުގައި ހުރިނަމަ ހުރި މިލައެއް (ނަޖިހެއް)
ފިލުވާލާނީއެވެ.
2– ނ.
(ދެން) ވުޟޫކުރާނީއެވެ.
3– ހ.
(އެއަށްފަހު) ނިޔަތްގަންނާނީއެވެ.
4– ރ.
(ދެން) (ބޮލުން ފަށައިގެން) މުޅި ގަޔަށް ފެން އަޅައި (މުޅި ހަށިގަނޑުގައި ފެންޖެހޭ
ގޮތަށް) ފެންވަރާލާނީއެވެ.
(މި
ތަރުތީބުން 4 ޕޮއިންޓް ހިމަނައިގެން ތަރުތީބުން ލިޔެފައިވާނަމަ 4 މާކްސް //
ބްރެކެޓް ތެރޭގައި ހިމަނޭ ވާހަކަތައް ނެތަސް ރަނގަޅުކުރާށެވެ. // ވުޟޫކުރުން ނު
ލިޔާނަމަ 1 މާކްސް ކަނޑާށެވެ.
12. ޢާދިލް ވަރަށް ބޮޑަށް ބަލިވެގެން، ހޮސްޕިޓަލްގައި އޮންނަން ޖެހުނެވެ. މި
ގޮތުގައި ތިން ދުވަސް ވަންދެން އޭނާ ހޮސްޕިޓަލްގައި އޮތެވެ. އޭނާ، އެނދުމަތީގައި
އޮވެގެން ކޮންމެ ދުވަހަކުވެސް މެންދުރުނަމާދާއި ޢަޞްރުނަމާދު ކޮށްފައިވަނީ
ޢަޞްރުނަމާދު ވަގުތުގައެވެ. އަދި އެއިން ކޮންމެ ނަމާދެއްގައި ވެސް އޭނާ ކުރީ ދެ
ރަކްޢަތެވެ. ނަމަވެސް މަޣްރިބުނަމާދާއި، ޢިޝާނަމާދާއި، ފަތިސްނަމާދު އޭނާ
ކޮށްފައިވަނީ އެނަމާދެއްގެ ވަގުތުގައެވެ.
ހ. މެންދުރުނަމާދާއި ޢަޞްރުނަމާދު،
ޢަޞްރުނަމާދުގެ ވަގުތުގައި ޖަމްޢުކޮށްގެން ކުރުންޢާދިލަށް ހުއްދަވާނެ
ހެއްޔެވެ؟(1މާކްސް)
އާނއެކެވެ. / ހުއްދަވާނެއެވެ. .
ށ. ޢާދިލް ހޮސްޕިޓަލުގައި އޮތް އިރު
މެންދުރުނަމާދާއި ޢަޞްރުނަމާދު ޤަޞްރުކުރުން އޭނާއަށް ހުއްދަވާނެ ހެއްޔެވެ؟ ސަބަބާއެކު
ބަޔާންކުރާށެވެ! (3މާކްސް)
1. ނުވާނެ.
// ހުއްދަނުވާނެއެވެ. 2. ސަބަބަކީ އޭނާއަކީ ދަތުރުވެރިއަކަށް ނުވާތީއެވެ. // ނަމާދު
ޤަޞްރުކުރުން ހުއްދަވާނީ ހަމައެކަނި ދަތުރުވެރީންނަށެވެ.
(ފުރަތަމަ ބަޔަށް 1 މާކްސް، ސަބަބަށް 2
މާކްސް)
13. އަލްބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި وَأَحَلَّاللَّهُ الْبَيْعَ وَحَرَّمَ الرِّبَاމިފަދައިން އަންގަވާފައި ވެއެވެ. މި ބަސްފުޅުން ދޭހަވާ
ދެކަމެއް ބަޔާންކުރާށެވެ! (2މާކްސް)
1. ވިޔަފާރިއަކީ
ހުއްދަ މުޢާމަލާތެއްކަން 2. ރިބާއަކީ ޙަރާމް މުޢާމަލާތެއްކަން.
14. ފައްޔާޒަކީ ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހެކެވެ. އޭނާ މިމަސައްކަތް ފެށީ
ދަނޑު ހެއްދުމަށް އޭނާއަށް ލިބިފައިވާ ބިމުގެ ރަޖިސްޓްރީ ބޭންކުގައި
ބޭއްވުމަށްފަހު، ބޭންކުން ދިހަ ހާސް (10000) ރުފިޔާގެ
ލޯނެއް ނަގައިގެންނެވެ. އެއީ 5 އަހަރު
ދުވަހުގެ ތެރޭގައި ލޯނުގެ އިތުރަށް 500 ރުފިޔާ ބޭންކަށް ދައްކަން
އެއްބަސްވެގެންނެވެ. ވީމާ، މި ޙާދިޘާ ރަނގަޅަށް ކިޔާލުމަށްފަހު އަންނަނިވި
ސުވާލުތަކަށް ޖަވާބުދޭށެވެ! (4މާކްސް)
ހ. ލޯނު ނެގުމަށްޓަކައި އިތުބާރެއްގެ
ގޮތުން ބޭންކުގައި ބޭއްވި ރަސްޓްރީއަށް ކިޔާ ނަމަކީ ކޮބާ؟ ރަހުނު/ މޯގޭޖް ށ. ނެގި
ލޯނަށް ވުރެން އިތުރަށް ދައްކަންޖެހުނު 500 ރުފިޔާ ވާނީ ކޮންއެއްޗަކަށް ހެއްޔެވެ؟ ރިބާ .
15. ޙަސަންމަނިކު 400 ރުފިޔާއަށް ގަނެފައި އޮތް އޭނާގެ އަތުކުރީގަޑި،ހާރޫނަށް
މިލްކުކޮށް ދިނީ ޙަސަންމަނިކު ބުނެގެން އޭނާގެ ގޭގައި ކުރަންހުރި މަސައްކަތެއް
ހާރޫނު ކޮށްދިނީމައެވެ. އެއީ އެވަގުތު ޙަސަންމަނިކު އަތުގައި ފައިސާ ނެތީމައެވެ.
ވީމާ ހަސަންމަނިކާއި ޙާރޫނާއި ދެމެދު
ކުރެވުނު މުޢާމަލާތަކީ ވިޔަފާރިއެއްނަމަ ވިޔަފާރިއަކަށްވީ ސަބަބު، އަދި އެއީ
ވިޔަފާރިއެއް ނޫންނަމަ ވިޔަފާރިއަކަށް ނުވާ ސަބަބު ބަޔާންކުރާށެވެ!(3މާކްސް)
1. ނޫނެކެވެ.
/ އެއީ ވިޔަފާރިއެއް ނޫނެވެ. 2. ސަބަބަކީ: ވިޔަފާރިއެއް ނަމަ އެއްޗަކާއި
އެއްޗެއް ބަދަލުކުރާނެއެވެ. (ބަދަލުކުރީ އެއްޗަކާއި ޚިދުމަތަކާއެވެ) / އެއީ ކުލި /
އުޖޫރަ / މަސައްކަތުގެ އަގު / ކުއްޔަށް މަސައްކަތްކުރުން (ޚިދުމަތެއްގެ ބަދަލުގައި
އެއްޗެއް ދީފިނަމަ އެވާނީ ކުއްޔަށެވެ. ވިޔަފާރިއަކަށް ނުވާނެއެވެ.) * މިމާނަ
ދޭހަވާގޮތަށް ލިޔެފިނަމަ 4 މާކްސް ދޭށެވެ. (ފުރަތަމަ ބަޔަށް 1 މާކްސް، ސަބަބަށް 2
މާކްސް)
16. މައިންބަފައިންނަށް ހެޔޮކޮށްހިތައި، އިޙްސާންތެރިވުމަށް ކީރިތި ޤުރުއާނުގައި
މާތް ﷲ ވަނީ ވަރަށް ގަދަޔަށް އަމުރުކުރައްވާފައެވެ. މިގޮތުން މައިން ބަފައިންނަށް
ހެޔޮކޮށް ހިތުމުގެ ގޮތުން ކުރެވިދާނެ ދެ ކަމެއް ބަޔާންކުރާށެވެ!(2މާކްސް)
މާތްބަހުން އެމީހުންނާ ވާހަކަދެއްކުން
// އެމީހުންގެ ކުރިމަތީގައި ޒުވާބުނުކުރުން // އެމީހުންނަށް ހެޔޮ ދުޢާކުރުން //
އެމީހުންގެ ބަސްއެހުން (ކިޔަމަންތެރިވުން) .............
17. ޢާޞިމަކީ މީސްމީހުންނާ ވަރަށް ގުޅޭ މީހަކެވެ. ނަމަވެސް އޭނާގެ އަވައްޓެރިއެއް
ކަމުގައިވާ ޒޫނާއާއި އޭނާ މާބޮޑު ގުޅުމެއް ނުބާއްވައެވެ. ސަބަބަކީ ޒޫނާގެ ގާތަށް
ދެވޭ ފަހަރެއްވިއްޔާ ކޮންމެ ވެސް މީހެއްގެ ގޯސް ވާހަކަ ނުދައްކާ ފަހަރެއް
ނުދާތީއެވެ. އެހެންވެ އެކަމާ ޢާޞިމު އެހައި ހިތްހަމައެއް ނުޖެހެއެވެ. އަދި
ޒޫނާއަކީ އޭނާގެ މޮޅުވާހަކަ ދައްކާ ފޮނިކަނޑާ މީހެކެވެ. އެހެންވެ، އެކަންކަމަކީ
ޢާޞިމު އެހައި ރުހޭ ކަމެއް ނޫނެވެ. މިފަދަ ސަބަބުތަކަށްޓަކައި ޒޫނާއާއި ގާތް
ގުޅުމެއް ނުބޭއްވިޔަސް، އޭނާއާއި ގުޅުން ކަނޑައެއްވެސް ނުލައެވެ. ވީމާ،
ބަޔާންވެދިޔަ ވާހަކަކޮޅު ރަނގަޅަށް ކިޔާލުމަށް ފަހު މި އަންނަ ސުވާލުތަކަށް
ޖަވާބުދޭށެވެ.
ހ. ޒޫނާގެ ކިބައިގައި ހުރި އަޚްލާޤީ
ގޯސް ސިފަތަކުގެ ތެރެއިން ދެ ސިފައެއް ބަޔާންކުރާށެވެ! (2މާކްސް)
1. ޣީބަބުން
(ނެތިމޮށުން / ނެތިނުބައިމޮށުން)،2. ބޮޑާވުން (ކިބުރުވެރިވުން / ފަޚުރުވެރިވުން /
ތިމާވަރު މީހަކުނެތިގެންއުޅުން)
ށ. ޢާޞިމަކީ ކޮންކަހަލަ މީހެއްކަމާއި
އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފައެއް ލިޔާށެވެ! (2މާކްސް)
2. މީހުންނާ
ގާތްގުޅުން ބޭއްވުން (އެކުވެރިވުން) / އަވައްޓެރީންނާ ގުޅުން ނުކެނޑުން (މި މާނަ
ދޭހަވާ ގޮތަށް އޮތްނަމަ 2 މާކްސް)
ސުވާލުތަކަށް ޖަވާބުދެވިފައިވަނީ
ރަނގަޅަށްތޯ އަދި އެއްފަހަރު ޗެކްކޮށްލާށެވެ!
ކާމިޔާބު އިމްތިޙާނެއްކަމުގައި ލައްވާށިއެވެ!
No comments:
Post a Comment